Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕާކިން މައްސަލަ

ސަލްމާން މިސްކިތް ނިންމަން ދިން ފައިސާއަށް ކުރީ ސަރުކާރުން ހެދި ގޮތެއް ނޭނގޭ: ޕްލޭނިން މިނިސްޓްރީ

ސޯމިލް ބިމަކީ މީގެ ކުރިން ޕާކިން ޒޯން ހަދަން ކަނޑައަޅާފައިވާ ބިމެއް ނޫން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 3 އެޕްރީލު 2022 | އާދީއްތަ 07:45
ސަލްމާން މިސްކިތް ކައިރީގައި ގިނަ އަދަދެއްގެ ސައިކަލު ޕާކުކޮށްފައި

ސަލްމާން މިސްކިތް ކައިރީގައި ގިނަ އަދަދެއްގެ ސައިކަލު ޕާކުކޮށްފައި

ސަލްމާން މިސްކިތަށް ޚާއްސަ ޕާކިން ޒޯނެއް ހެދުމަށް، މިސްކިތް ކުރިމަތީގައި އޮންނަ ސޯމިލް ބިން ދިނުމަށް މާލެ ސިޓީ ކައުންސިލުން އެދިފައިނުވާކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެއެވެ.

ސަލްމާން މިސްކިތަށް ޚާއްސަ ޕާކިން ޒޯނެއް އެ ސަރަހައްދުގައި ނެތުމުން އުޅަނދު ޕާކު ނުކުރެވުމުގެ ގިނަ ޝަކުވާތަކެއް ރައްޔިތުން އަންނަކީ ކުރަމުންނެވެ. ރައޔްިތުންގެ ޝަކުވާތައް މިހެން ހުރިއިރު މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ސިޓީ ކައުންސިލްގެ ރަސްމީ ވައިބަރ ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ސަލްމާން މިސްކިތަށް ޚާއްސަ ޕާކިން ޒޯނެއް ހަދަން، އެމްޓީސީސީގެ ބިމެއް ކަމުގައިވާ ސޯމިލް ބިން ދިނުމަށް ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ. އެ ބިމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރުވެސް ސަލްމާން މިސްކިތަށް ޚާއްސަ ޕާކިން ޒޯން އެޅުމަށް ކަނޑައަޅާފައި އޮތް ބިން ކަމުގައި މުއިއްޒު ވިދާޅުވިއެވެ. އަދި މިކަމުގައި ސަރުކާރުން އެއްބާރުލުން ނުދޭކަމަށް މުއިއްޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ރާއްޖެ އެމްވީއަށް ދެއްވި އިންޓަރވިއުއެއްގައި ހައުސިން އެންޑް ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އެ ބިން ހޯދުމަށް ސިޓީ ކައުންސިލުން ޕްލޭނިން މިނިސްޓްރީގައި އެދިފައިނުވާކަމަށެވެ. އަކްރަމް ވިދާޅުވީ ސޯމިލް ބިމުގައި އެކި ކަންކަން ކުރުމަށް މިހާރުވެސް ޕްލޭން ކުރެވިފައިވާކަމަށެވެ. އެހެންކަމުން ކޮންމެ ކޮންމެ ބިމެއް ދޫކުރުމަކީވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ސަލްމާން މިސްކިތް ހަދަން ހެދި ޕްލޭންގައި އެތަނުގައި އަންޑަރގްރައުންޑް ޕާކިންއެއް ހެދުމަށް ހިމަނާފައިވާކަމަށެވެ. އެހެންނަމަވެސް މަސައްކަތް ނިމުނުއިރު އެ ޕާކިން ޒޯންވެސް ވުޖޫދުގައި ނެތް ކަމަށާއި، މިސްކިތް ބިނާކުރުމަށްފަހު ޕާކިންއެއް ގާއިމްކުރުމަށް ވިސްނައިގެން އެކަން އެގޮތަށް ފަސޭހައިން ނުވާނެކަން މޭޔަރަށް އެނގިލައްވަން ވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ސޯމިލް އަކީ މީގެ ކުރިން ޕާކިންއަށް ކަނޑައަޅާފައިވާ ތަން ނޫން ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް އިތުރަށް ވިދާޅުވީ މިސްކިތް ބިނާކުރުމަށް ސައުދީ ސަރުކާރުން 14 މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފައިވާކަމަށާއި، އެހެންނަމަވެސް ސަރުކާރަށް ލިބުނީ 8 މިލިއަން ޑޮލަރު ކަމަށެވެ. ބާކީ 6 މިލިއަން ޑޮލަރު ކޭޝްކޮށް ދިންކަން އެނގިފައިވާކަމަށްވެސް އަކްރަމް ވިދާޅުވިއެވެ. މި ފައިސާ އެއްކޮށް ސަރުކާރަށް ލިބިފައި ނެތުމުން މިސްކިތް ނިންމުމަށް ސަރުކާރުން 13 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާކަމަށް އަކްރަމް ވިދާޅުވިއެވެ.

މިމަހުގެ 1 ވަނަ ދުވަހު ހުކުރު ނަމާދަށް ސަލްމާން މިސްކިތް ވަނީ ރަސްމީކޮށް ހުޅުވާފައެވެ. އަދި ނަމާދު ވަގުތުތަކުގައި ސަލްމާން މިސްކިތް ކައިރީގައި ގާއިމްކޮށްފައިވާ ޕާކިން ޒޯންތައް ފުރި، މިސްކިތް ކުރިމަތީގައިވެސް ސައިކަލުތައް ޕާކު ކޮށްފައި ހުރެއެވެ. މި މައްސަލައަށް އަވަސް ހައްލެއް ބޭނުންވާކަމަށް ރައްޔިތުން ދަނީ ގޮވާލަމުންނެވެ.

ޕަރކިންކިންގް ސަލްމާން މިސްކިތްމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
02 އޯގަސްޓު 2025

މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް
16 ޖުލައި 2025

އިސްލާމީ ކުތުބުޚާނާއަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި

16 ޖުލައި 2025
އިސްލާމީ ކުތުބުޚާނާއަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި
07 އޮކްޓޯބަރު 2024

މަގު ބޭނުންކުރާ މީހުންނަށް ދަތިވާ ގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމަށް އިސްކަންދޭ: ފުލުހުން

07 އޮކްޓޯބަރު 2024
މަގު ބޭނުންކުރާ މީހުންނަށް ދަތިވާ ގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމަށް އިސްކަންދޭ: ފުލުހުން
03 އޮކްޓޯބަރު 2024

ހުޅުމާލޭގައި 15 ޕާކިން ބިލްޑިންތައް އިމާރާތް ކުރުމަށް އެއްބަސްވުން: ޕާކިން ސްލޮޓްތައް ދާއިމީކޮށް ނެގޭނެ

03 އޮކްޓޯބަރު 2024
ހުޅުމާލޭގައި 15 ޕާކިން ބިލްޑިންތައް އިމާރާތް ކުރުމަށް އެއްބަސްވުން: ޕާކިން ސްލޮޓްތައް ދާއިމީކޮށް ނެގޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު