Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަލްމާން މިސްކިތް

ސަލްމާން މިސްކިތަށް ބައެއް ސާމާނު ގަތުމަށް ބަޖެޓުން 2.6 މިލިއަން ރުފިޔާ ހަމަޖައްސާފައިވޭ: އިސްލާމިކް މިނިސްޓަރު

މިސްކިތަށް ބޭނުންވާ އިތުރު ފަރުނީޗަރު ގަތުމަށްޓަކައި ސައުދީ ސަރުކާރުން ދެ މިލިއަން ޑޮލަރު ދޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 މާރިޗު 2022 | ބުދަ 06:03
ކިންގް ސަލްމާން މިސްކިތް

ކިންގް ސަލްމާން މިސްކިތް

ކިންގް ސަލްމާން މިސްކިތަށް ބޭނުންވާ ބައެއް ސާމާނު ގަތުމަށްޓަކައި ސަރުކާރުގެ ބަޖެޓުން 2.6 މިލިއަން ރުފިޔާ ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ދިނުމަށް ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ބަޖެޓުން 2.6 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު މިސްކިތަށް ބޭނުންވާ އިތުރު ފަރުނީޗަރު ގަތުމަށްޓަކައި ސައުދީ ސަރުކާރުން ދެ މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށާއި ވަރަށް އަވަހަށް އެ ފައިސާ ދޭނެ ކަމަށް ބުނެފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

1 އޭޕްރީލްވާ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން ސަލްމާން މިސްކިތުގައި ނަމާދު ކުރެވޭނެކަމަށް ވެސް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.

ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުން ފަސްކޮށްފައިވީނަމަވެސް، 1 އޭޕްރީލްވާ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން އެ މިސްކިތުގައި ނަމާދުކުރަން ފެށޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިސްކިތް ރަސްމީކޮށް ހުޅުވާނީ ސައޫދީ އަރަބިއްޔާގެ ވަފުދެއް ރާއްޖެ އައުމުން ކަމަށް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.

ކިންގް ސަލްމާން މިސްކިތަކީ ސައޫދީ ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން ބިނާކޮށްފައިވާ މިސްކިތަކަށްވާއިރު, އެ މިސްކިތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ސައޫދީ ސަރުކާރުން ވަނީ ފާޅުކޮށްފައެވެ. ސަލްމާން މިސްކިތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި ޖުމުލަ 4000 މީހުންނަށް ނަމާދު ކުރެވޭއިރު, ތިންވަނަ ފަންގިފިލާގައި 40 ޖާގައިގެ 4 ކްލާސްރޫމާއި، 5 ސެމިނަރ ރޫމް ހުންނާނެއެވެ. ހަތަރު ވަނަ ފަންގިފިލާގައި ލައިބްރަރީއަކާއި، 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއް ހުންނާނެކަމަށް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީކިންގް ސަލްމާން މިސްކިތް

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
16 ޖުލައި 2025

އިސްލާމީ ކުތުބުޚާނާއަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި

16 ޖުލައި 2025
އިސްލާމީ ކުތުބުޚާނާއަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި
10 ޖޫން 2024

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވިއިރު މިނިސްޓްރީ 27 މިލިއަން ރުފިޔާގެ ދަރަނިވެފައި ނޯންނާނެ: ކުރީގެ އިސްލާމިކް މިނިސްޓަރު

10 ޖޫން 2024
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވިއިރު މިނިސްޓްރީ 27 މިލިއަން ރުފިޔާގެ ދަރަނިވެފައި ނޯންނާނެ: ކުރީގެ އިސްލާމިކް މިނިސްޓަރު
10 ޖޫން 2024

ވަކި ވަގުތެއްގައި ސަލްމާން މިސްކިތް ބަންދުކުރުން، އާންމުންގެ ކަންބޮޑުވުން އިންތިހާއަށް، ސަރުކާރުގެ ބަހެއް ނެތް

10 ޖޫން 2024
ވަކި ވަގުތެއްގައި ސަލްމާން މިސްކިތް ބަންދުކުރުން، އާންމުންގެ ކަންބޮޑުވުން އިންތިހާއަށް، ސަރުކާރުގެ ބަހެއް ނެތް
09 ޖޫން 2024

ހައްޖު ކޯޓާއަށް 150 މީހުންގެ ޖާގަ އިތުރުކުރީ މިސަރުކާރުގެ ބުރަ މަސައްކަތުން ކަމަށް ބުނެ ހަދަނީ ދޮގު

09 ޖޫން 2024
ހައްޖު ކޯޓާއަށް 150 މީހުންގެ ޖާގަ އިތުރުކުރީ މިސަރުކާރުގެ ބުރަ މަސައްކަތުން ކަމަށް ބުނެ ހަދަނީ ދޮގު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު