Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ ޔޫކްރެއިން ހަނގުރާމަ

ރަޝިއާއިން ޔޫކްރެއިން ހަނގުރާމާގައި ނިއުކްލިއަރ ހަތިޔާރު ބޭނުން ނުކުރާނެ ކަމަށް ބުނެފި

ޔޫކްރެއިން އާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުން ނުކުރާނެ ކަމަށް ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 6 މެއި 2022 | ހުކުރު 16:55
ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރުމަކީ ރަޝިއާއިން ޔޫކްރެއިންގައި ކުރިއަށް ގެންދާ ހާއްސަ އަސްކަރީ އޮޕަރޭޝަނެއް އެކަށޭނަ ކަމެއް ނޫންކަމަށް ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނޭ

ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރުމަކީ ރަޝިއާއިން ޔޫކްރެއިންގައި ކުރިއަށް ގެންދާ ހާއްސަ އަސްކަރީ އޮޕަރޭޝަނެއް އެކަށޭނަ ކަމެއް ނޫންކަމަށް ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނޭ

ޔޫކްރެއިންގައި މިހާރު ކުރިއަށްދާ ހަނގުރާމާގައި ނިއުކްލިއަރ ހަތިޔާރު ބޭނުން ނުކުރާނެ ކަމަށް ރަޝިއާއިން ބުނެފިއެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން އެލްކްސީ ޒެއިޓްސެވް ވަނީ ހުކުރު ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އެގައުމުން ޔޫކްރެއިން އާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުން ނުކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެގައުމުން ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރާނެ ކަމަށްބުނެ ގައުމުތަކުން ދައްކަމުންދާ ވާހަކައަކީ ދޮގު ވާހަކަތަކެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެލްސްކީ ވަނީ ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރުމަކީ ރަޝިއާއިން ޔޫކްރެއިންގައި ކުރިއަށް ގެންދާ ހާއްސަ އަސްކަރީ އޮޕަރޭޝަން އާއި އެކަށޭނަ ކަމެއް ނޫންކަމަށެވެ. އޭނާ ވަނީ ނިއުކްލަރ ހަތިޔާރު ބޭނުން ކޮށްފި ނަމަ އެއްވެސް ބަޔަކު މޮޅު ނުވާނެ ކަމަށާއި އެއީ ބޭނުން ކުރަން ރަނގަޅު ހަތިޔާރު ނޫން ކަމަށް ރަޝިއާއިން ގަބޫލުކުރާ ކަމަށް ވިދާޅުވެފައެވެ.

ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްފި ނަމަ ދިމާވެދާނެ ކަންތައްތައް އެގައުމަށް ރަނގަޅަށް އެނގޭ ކަމަށްވެސް ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވަނީ ވިދާޅުވެފައެވެ.

ޔޫކްރެއިންގައި އަސްކަރީ އޮޕަރޭޝަނެއްގެ ނަމުގައި ހިންގާ ކަންތައްތައް ހުޅަނގުން ހަރުކަށިކޮށް ކުށްވެރިކޮށްފައިވާއިރު، އެގައުމުތަކުން ވަނީ ރަޝިއާއިން ޔޫކްރެއިންގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާކަމުގެ ތުހުމުތަތުތައް ކޮށްފައެވެ. އަދި ރަޝިއާއިން ޔޫކްރެއިންގައި ކެމިކަލް ހަތިޔާރާއި ބަޔޮލޮޖިކަލް ހަތިޔާރު ބޭނުންކުރާ ކަމުގެ ތުހުމަތުތަކާ ނިއުކްލަރ ހަތިޔާރު ބޭނުންކޮށްފާނެ ކަމުގެ ތުހުމަތުތައްވެސް ހުޅަނގުން ވަނީ ކޮށްފައެވެ.

ނަމަވެސް މިހުރިހާ ކަމަކަށް ރަޝިއާއިން ބުނަނީ ނޫނެކޭ އެވެ.

ރަޝިއާރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް