Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާ ޔޫކްރެއިން ހަނގުރާމަ

ޖަރުމަނުން ޔޫކްރެއިނަށް ހަނގުރާމައިގެ ބަރު ހަތިޔާރު ފޯރުކޮށްދެނީ

ޖަރުމަނުން ވަނީ އެގައުމުގެ ނާޒީ ތާރީހުގެ ސަބަބުން އެއްވެސް ހަނގުރާމައަކަށް ބަރުހަތިޔާރު ނުފޮނުމުގެ ސިޔާސަތެއް އެކުލަވާލާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 6 މެއި 2022 | ހުކުރު 15:40
ޖަރުމަނުން ވަނީ އެގައުމުގެ ނާޒީ ތާރީހުގެ ސަބަބުން އެއްވެސް ހަނގުރާމައަކަށް ބަރުހަތިޔާރު ނުފޮނުމުގެ ސިޔާސަތެއް އެކުލަވާލާފައި

ޖަރުމަނުން ވަނީ އެގައުމުގެ ނާޒީ ތާރީހުގެ ސަބަބުން އެއްވެސް ހަނގުރާމައަކަށް ބަރުހަތިޔާރު ނުފޮނުމުގެ ސިޔާސަތެއް އެކުލަވާލާފައި

ރަޝިއާ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ޔޫކްރެއިނަށް އެހީވުމަށް ޖަރުމަނުން އެގައުމަށް ބަރު ހަތިޔާރު ފޯރުކޮށްދޭން ނިންމައިފިއެވެ.

ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާ ގޮތުން ޖަރުމަނުން ވަނީ ޔޫކްރެއިނަށް ހަތް ސެލްފް-ޕްރޮޕެލްޑް ހޮވިޓްޒަރ ފޯރުކޮށްދޭން ނިންމާފައެވެ. އެގޮތުން އެގައުމުގެ ޑިފެންސް މިނިސްޓަރު ކްރިސްޓީން ވަނީ ހުކުރު ދުވަހު އެކަން ކަށަވަރުކޮށްދެއްވާފައެވެ.

ޖަރުމަނުން ވަނީ އެގައުމުގެ ނާޒީ ތާރީހުގެ ސަބަބުން އެއްވެސް ހަނގުރާމައަކަށް ބަރުހަތިޔާރު ނުފޮނުމުގެ ސިޔާސަތެއް އެކުލަވާލާފައެވެ. ޖަރުމަނުން މިސިޔާސަތާ އިދިކޮޅަށް ޔޫކްރެއިނަށް ބަރު ހަތިޔާރު ފޯރުކޮށްދޭން ނިންމާފައި މިވަނީ މިހަނގުރާމައާއި ގުޅިގެން ބޭރުގެ ގައުމުތަކުންނާ އާންމުންގެ ފަރާތުން ކުރަމުންދިޔަ ޕްރެޝަރާއެކު ކަމަށް ރިޕޯޓުތަކުން ފާހަގަކުރެއެވެ.

ޖަރުމަނުން ހަތް ސެލްފް-ޕްރޮޕެލްޑް ހޮވިޓްޒަރ ފޯރުކޮށްދޭން ނިންމާފައި މިވަނީ ނެދަރލޭންޑްވެސް ޔޫކްރެއިނަށް ފަސް އަރޓިލަރީ ސިސްޓަމް ފޯރުކޮށްދޭން ނިންމާފައިވަނިކޮށެވެ.

ޖަރުމަނުގެ ޑިފެންސް މިނިސްޓަރާ އޭނާގެ ޗީފް އޮފް ޑިފެންސް އާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާގޮތުން މި މިބަރު ހަތިޔާރުތަކުގެ މެއިންޓަނަންސް މަސައްކަތް ނިމުނުހާ އަވަހަކަށް އެހަތިޔާރުތައް ޔޫކްރެއިނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެއެވެ.

ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާގޮތުން ހޮވިޓްޒަރއަށް ބޭނުންވާ ވަޒަން އެގައުމުން ފޯރުކޮށްދޭނެއެވެ. ނަމަވެސް ސަރުކާރުން ފޯރުކޮށްދޭން ވަޒަންތައް ހުސްވުމުން އެވަޒަން ހޯދުމުގެ ކަންތައްތައް ދެން ކުރަންޖެހޭނީ ޔޫކްރެއިންގެ ސަރުކާރާ ޖަރުމަނުގެ ވަޒަން އުފައްދާ ކުންފުންޏާ ގުޅިގެންނެވެ.

ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމާ ގުޅޭގޮތުން ނެދަރލޭންޑްސްގެ ޑިފެންސް މިނިސްޓަރު ވަނީ ޔޫކްރެއިނުން ރަޝިއާ އާ ދެކޮޅަށް ކުރާ މަސައްކަތުގައި ވާގިވެރިވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ޔޫކްރެއިން އިން ވަނީ އެގައުމަށް 12 ހޮވިޓްޒަރ ފޯރުކޮށްދޭން އެދިފައެވެ. އަދި މިބަރު ހަތިޔާރުތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދީ އެހަތިޔާރުތައް ބޭނުންކުރާނެ ގޮތުގެ އަވަސް ޓްރެއިނިންގ އެގައުމުގެ އަސްކަރިއްޔާއަށް ދިނުމަށް އެގައުމުން ވަނީ އެދިފައެވެ.

ރަޝިއާއިން ޔޫކްރެއިންގެ އިރުމައްޗާ ދެކުނުގައި ދޭން ފެށި ހަމަލާތައް ވަރުގަދަވާން ފެށުމާއެކު ހަނގުރާމައިގެ ބަރު ހަތިޔާރު ހޯދުމަށް ޔޫކްރެއިނަށް ވާގިވެރިވާ ގައުމުތަކުގައި އެގައުމުން ދަނީ އެދެމުންނެވެ.

މިހާތަނަށް ނޭޓޯގެ ގައުމުތަކުން ޔޫކްރެއިނަށް ފޯރުކޮށްދީފައިވާ ގިނަ ބަރު ހަތިޔާރަކީ ސޯވިއެޓްގެ އުފެއްދުންތަކެވެ. ނަމަވެސް އެމެރިކާ އާއި ބައެއް ހުޅަނގުގެ ގައުމުތަކުން މިހާރު ދަނީ ހުޅަނގުން އުފައްދާފައިވާ ބަރު ހަތިޔާރު ޔޫކްރެއިނަށް ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންނެވެ.

ޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަޖަރުމަނު

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު