Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެއި 6ގެ ހަމަލާ

މެއި 6ގެ ހަމަލާގެ ޝަރީއަތް ދިގުލައިގެންދިޔުމަކީ މުޅި ޝަރުއީ ނިޒާމަށް އިތުބާރު ގެއްލޭނެ ކަމެއް - އައްބާސް ފާއިޒު

މެއި 6ގެ ހަމަލާ ފަދަ ހަމަލާއެއް އެތެރެއިން ނުވަތަ ބޭރުން ބަޔަކު ފަންޑުކޮށްގެން ނޫންގޮތަކަށް ދީފާނެ ކަމާމެދު ސުވާލު އުފެދޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 6 މެއި 2022 | ހުކުރު 00:45
އައްބާސް ފާއިޒު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހުގައި

އައްބާސް ފާއިޒު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހުގައި

މެއި 6ގެ ހަމަލާގެ ޝަރީއަތް ދިގުލައިގެންދިޔުމަކީ މުޅި ޝަރުއީ ނިޒާމަށް އިތުބާރު ގެއްލޭނެ ކަމެއް ކަމަށް މި ހަމަލާގެ ތަހުގީގު ގާތުން ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އައްޔަން ކުރައްވާފައިވާ ޚާއްޞަ މަންދޫބު އައްބާސް ފާއިޒު ވިދާޅުވެއްޖެއެވެ.

މި ނިރުބަވެރި ހަަމަލާއަށް އެއް އަހަރުވުމާ ގުޅިގެން އައްބާސް ނެރުއްވި ބަޔާނުގައި ވަނީ ހަމަލާގެ ތަހުގީގާއި، ޝަރީއަތުގެ މަރުހަލާގައި ކަން ހިނގަމުން އަންނަ ގޮތާ ގުޅޭގޮތުން އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތް ހިއްސާކުރައްވާފައެވެ.

Advertisement - newsAdvertisement

އައްބާސް ވިދާޅުވީ، މައްސަލައިގެ ޝަރީއަތްތައް އެކަށީގެންވާ ބާރުމިނުގައި ކުރިއަށްނުދާ ކަމަށެެވެ. ތަހުގީގު ކުރިއަށްދިޔަ ސްޕީޑްގައި ޝަރީއަތްވެސް ކުރިއަށްގެންދަން ޖެހޭ ކަމަށާއި، އެހެން ނޫންނަމަ ޝަރުއީ ނިޒާމަށް އިތުބާރު ގެއްލޭނެ ކަމަށެވެ. މި ކަންބޮޑުވުން އުއްތަމަ ފަނޑިޔާރާވެސް ހިއްސާ ކުރައްވާފައިވާ ކަމަށް އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ، ތަހުގީގު މަރުހަލާ ކުރިއަށްދިޔަ ގޮތާމެދު ހިތްހަމަ ޖެހޭ ކަމަށެވެ. ތަހުގީގުގައި ފުލުހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ދެއްވި އެއްބާރުލުން އައްބާސްވަނީ ފާހަގަކުރައްވާފައެވެ. އައްބާސް ވިދާޅުވީ، ދައުވާ ސާބިތުކުރެވޭ މިންވަރަށް ހެކި ހޯދައި އެކަން ކަށަވަރު ކުރެއްވުމަށް ޕީޖީ މަސައްކަތް ކުރެއްވި ކަމަށެވެ.

އައްބާސް ވިދާޅުވީ، މެއި 6ގެ ހަމަލާގައި މައިގަނޑު 2 ކަމަކަށް ފޯކަސް ކުރަން ޖެހޭ ކަމަށެވެ. ފުރަތަމަ ކަމަކީ އެ ހަމަލާއާއި އެކަމަށް ފަންޑު ކުރި ގޮތެވެ. ދެވަނަ ކަމަކީ، އެއާ ގުޅުން ހުރި އިތުރު ލިންކުތަކާއި، ފަންޑުކުރާ ގޮތްތަކެވެ. އައްބާސް ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން ހަމަލާއާ އެއަށް ފަންޑުކުރި ގޮތް ހޯދުމަށް ކުރިއަށް ގެންދިޔަ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށެވެ. އަދި އެ މައްސައލައިގައި ވަރުގަދަ ހެކިތަކާއެކު ދައުވާ އުފުލާފައިވާ ކަމަށް އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ، މެއި 6ގެ ހަމަލާ ފަދަ ހަމަލާއެއް އެތެރެއިން ނުވަތަ ބޭރުން ބަޔަކު ފަންޑުކޮށްގެން ނޫންގޮތަކަށް ދީފާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި މިކަމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، މިއީ މި ތަހުގީގު ފުޅާކުރަން ޖެހޭ ސަބަބެއް ކަމަށެވެ. އަދި މިހާތަނަށް މިކަމުގައި އެއްވެސް ކުރިއެރުމެއް ނުލިބި އޮތުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާއި، މިކަމުގައި ފުރިހަމަ ތަހުގީގެއް ހިންގަން ޖެހޭ ކަމަށް އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ، މިފަދަ ތަހުގީގެއް މުހިންމުވަނީ ހަމައެކަނި މެއި 6ގެ ހަމަލާއަށް އެކަނި ނޫން ކަމަށެވެ. މިއީ، މުޅި މުޖުތަމައާއި، ސިޔާސީ ބޭފުޅުންގެ ރައްކާތެރިކަމަށް މުހިންމު ތަހުގީގެއް ކަމަށް އައްބާސް ވިދާޅުވިއެވެ.

އައްބާސް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި، ކަމާ ގުޅުންހުރި ހުރިހާ އިދާރާއަކުން ލިބުނު އެއްބާރުލުން ފާހަގަ ކުރައްވާފައެވެ. އަދި ރައީސް ނަޝީދުގެ ހަށިކޮޅަށް ލިބުނު ޒަޚަމްތަކަށް ފަރުވާ ކުރުމަށް އޭޑީކޭގެ ޓީމުން ކުރެއްވި މަސައްކަތަށް އައްބާސް ތައުރީފު ކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ނިރުބަވެރި ހަމަލާ ދީފައިވަނީ 2021 މެއި 6ވަނަ ދުވަހުގެރޭ އެމަނިކުފާނު އޭރު ދިރުއުޅުއްވި ކެނެރީގެ ހުންނަ ގޯޅި ކަންމަތީގައި މަޖީދީމަގުގައެވެ. ހަށިކޮޅަށް ލިބުނު އަނިޔާތަކަށް އޭޑީކޭއިން ފަރުވާ ހޯއްދެވުމަށްފަހު ޖަރުމަންވިލާތުންނާއި، އިނގިރޭސިވިލާތުން ފަރުވާ ހޯއްދެވުމަށްފަހު މާލެ ވަޑައިގެންނެވީ 2021 އޮކްޓޯބަރު 11 ވަނަ ދުވަހުއެވެ.

ރައީސް ނަޝީދަށް އަމާޒު ކުރި ހަމަލާކުރީގެ ރައީސް، މުހައްމަދު ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

26 ޖޫން 2024
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

13 މެއި 2024

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު