Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ލީގު

ރެއާލް ފައިނަލަށް، ސިޓީގެ އުންމީދުތައް ފެނަށް!

5 މެއި 2022 | ބުރާސްފަތި 02:05

ބެންޒެމާ ވަނީ މި ސީޒަންގައި 43 މެޗު ކުޅެގެން 43 ލަނޑު ޖަހާފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 5 މެއި 2022 | ބުރާސްފަތި 02:05
ޗެމްޕިއަންސް ލީގުގައި ރެއާލް އާއި ސިޓީ ބައްދަލުކުރި ސެމީގެ ދެވަނަ މެޗުގެ ތެރެއިން

ޗެމްޕިއަންސް ލީގުގައި ރެއާލް އާއި ސިޓީ ބައްދަލުކުރި ސެމީގެ ދެވަނަ މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މެންޗެސްޓަރ ސިޓީ ބަލިކޮށް ރެއާލް މެޑްރިޑް މުބާރާތުގެ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ބުދަ ދުވަހުގެރޭ ރެއާލްގެ ބެރްނާބެއު ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 3-1 ންނެވެ. މި މެޗުން ރެއާލް މޮޅުވިއިރު ސެމީ ފައިނަލުގެ ފުރަތަމަ މެޗުން އެޓީމު ބަލިވީ 4-3 ންނެވެ. ރޭގެ ނަތީޖާއާއެކު ރެއާލް ފައިނަލަށް ދަތުރުކުރީ 6-5 ން އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.

މުބާރާތުން ކެޓުމާއެކު ސިޓީން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދުމަށް ކުރަމުން އައި މަސައްކަތް ނާކާމިޔާބުވީއެވެ. ސިޓީއަށް މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ސިޓީންނެވެ. މެޗުގެ 73 ވަނަ މިނެޓުގައި ގޯލުގެ ކައިރި ކަނަށް ބޯޅަ ވައްދާލައިގެން ސިޓީއަށް ލީޑު ނަގައިދިނީ ރިޔާދް މާރޭޒްއެވެ. އޭގެ ފަހުންވެސް ލީޑު ފުޅާކުރުމަށް ސިޓީއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޖެކް ގްރީލިޝް ފޮނުވާލި ފުރަތަމަ ހަމަލާ ރެއާލްގެ ޑިފެންޑަރު ފާލަންޑް މެންޑީ ގޯލު ރޮނގުމަތިން ދިފާއުކުރިއިރު، ދެވަނަ ހަމަލާ މަތަކުރީ ކީޕަރު ތީބޯ ކޯޓުއާއެވެ.

ރެއާލްގެ ދެލަނޑުވެސް ފެނުނީ މެޗުގެ ފަހު ވަގުތުގައެވެ. ބެންޒެމާގެ ޕާހަކުން މެޗުގެ 89 ވަނަ މިނެޓުގައި ލަނޑުޖަހާ ރެއާލްއަށް އުންމީދު އައުކޮށްދިނީ ރޮޑްރިގޯއެވެ. އިތުރު ވަަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓުގެ ތެރެއިން ދެވަނަ މިނެޓުގައި ރެއާލްގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ރޮޑްރިގޯއެވެ. މިއީ ކަވާހާލް ނެގި ހުރަހަކުން އޭނާ ޖެހި ލަނޑެކެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު އެގްރިގޭޓުގެ ގޮތުން އެއްވަރުވީ 5-5 ންނެވެ.

ރެއާލް ފަައިނަލުގެ ޖާގަ ކަށަވަރުކުރީ އިތުރު ވަގުތުގެ ދެހާފު ކުޅެގެން ނަތީޖާ ނެރެގެންނެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ރެއާލް ފައިނަލަށް ގެންގޮސްދިން ލަނޑު ކާމިޔާބު ކޮށްދިނީ ޓީމުގެ ކެޕްޓަން ކަރިމް ބެންޒެމާއެވެ. މިއީ ސިޓީގެ އޭރިއާ ތެރެއިން އެޓީމުގެ ކެޕްޓަން ރުބެން ޑިއާސް ބެންޒެމާއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ.

މި ލަނޑާއެކު ބެންޒެމާ ވަނީ މި ސީޒަންގައި 43 މެޗު ކުޅެގެން 43 ލަނޑު ޖަހާފައެވެ. އަދި ޗެމްޕިއަންސް ލީގުގެ އެއް ސީޒަނެއްގެ ނޮކްއައުޓް ސްޓޭޖުގައި 10 ލަނޑު ޖަހާ އޭނާ ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ރެކޯޑާއި ހަމަކޮށްފައެވެ.

ރެއާލް މެޑްރިޑްޗެމްޕިއަންސް ލީގު

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
28 އޮކްޓޯބަރު 2025

އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ

28 އޮކްޓޯބަރު 2025
އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް