Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޕެރޫގައި ކުރިއަށްދިޔަ ޖަނާޒާ

ޖަނާޒާގައިތިބި މީހުން ސިއްސުވާލީ ސަންދޯކުގެ ތެރެއިން މީހަކު ތަޅާ އަޑު އިވިގެން

މަރުވިކަމަށް ވަޅުލަން ގެންދިޔައީ 36 އަހަރު ރޯސާ ނަމަކަށް ކިޔާ އަންހެނެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 މެއި 2022 | ބުދަ 14:30
ޖަނާޒާ ކުރިއަށްދަނިކޮށް ސަންދޯކުގެ ފިލާގައި ތަޅަމުންދިޔަ މީހާއަށް ހޮސްޕިޓަލުގައި ފަރުވާދީފައިވޭ

ޖަނާޒާ ކުރިއަށްދަނިކޮށް ސަންދޯކުގެ ފިލާގައި ތަޅަމުންދިޔަ މީހާއަށް ހޮސްޕިޓަލުގައި ފަރުވާދީފައިވޭ

ދެކުނު އެމެރިކާ ގެ ގައުމެއް ކަމަށްވާ ޕެރޫގައި ހިނގައި ދިޔަ ހާދިސާއެކެވެ. އަންހެނަކު މަރުވެގެން އޭނާގެ ޖަނާޒާގެ ކަންކަން ދިޔައީ ކުރަމުންނެވެ. ނަމަވެސް ޖަނާޒާގެ ކަންކަން ހުއްޓާލަން ޖެހުނީ ވަޅުލުމަށް ތައްޔާރުކުރަމުންދިޔަ އަންހެން މީހާ ސަންދޯކުގެ މަތީ ފިލާގައި ތަޅާ އަޑު އިވިގެންނެވެ.

ރޯސާ އިސަބެލް ނަމަކަށް ކިޔާ 36 އަހަރުގެ މި އަންހެން މީހާ ސަންދޯކުގެ މަތީ ފިލައިގައި ބާރަށް ތަޅަމުން ދިޔައީ އޭނާ ދިރިހުރިކަން އެތަނުގައި ތިބި މީހުންނަށް އަންގައިދެމުންނެވެ. އެގަޑީގައި އޭނާގެ ގާތް ތިމާގެ މީހުން ދިޔައީ އޭނާގެ ސަންދޯއް ހިފައިގެން ވަޅުލުމަށެވެ. ނަމަވެސް ސަންދޯކުގައި ތަޅާ އަޑު އިވިގެން މަތި ހުޅުވި އިރު، 36 އަހަރު ރޯސާ އޮތީ ލޯ ހުޅުވައިގެން މީހުންނާ ދިމާލަށް ބަލަހައްޓައިގެންނެވެ.

ވަގުތުން ސަންދޯކާ އެކީގައި ޕިކަޕެއްގެ ފަހަތަށް ލައިގެން ރޯސާ ގެންދިޔައީ އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަށެވެ. އަދި ވަގުތުން ލައިފްސަޕޯޓް މެޝިނަކަށް ލާފައިވެއެވެ.

ޑޮކްޓަރުން ބުނެފައިވަނީ އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު އޭނާގެ ވިންދު ހުރި ކަމަށާއި، ނޭވާލުމާއި، ހަށިގަނޑުގައި ހޫނުކަން ވެސް ހުރި ކަމަށެވެ. ނަމަވެސް ހުރީ ވަރަށް ދަށުގައި ކަމަށެވެ. ރޯސާގެ ހާލަތު ލައިފް ސަޕޯޓުގެ އެހީގައި ރަނގަޅުވަމުން ދިޔަ ކަމަށް ވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ނަމަވެސް ރޯސާގެ ހާލު ކުއްލިގޮތަކަށް ދަށްވެ، ގަޑިއިރުތަކެއް ފަހުން ވަނީ މަރުވެފައެވެ.

ސަހަރާގެ ކަންކަން ބަލަހައްޓާ މީހާ ބުނެފައިވަނި ސަންދޯކުގެ މަތީ ފިލާ ނެގި އިރު، އޭނާ އޮތީ ލޯ ހުޅުވައިގެން ކަމަށާއި، ވަރަށް ބޮޑަށް ދާހިއްލާފައި ހުރި ކަމަށެވެ. އަދި ވަގުތުން އޮފީހަށް ވަދެ ފުލުހުންނަށް ގުޅާފައިވާ ކަމަށެވެ.

ޕެރޫ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަގުބޫލުކަން އިންތިހާ އަށް ވެއްޓިފައި ވަނިކޮށް ޕެރޫގެ ރައީސް ޑީނާ ބޮލުއާޓޭ އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމު ގެއްލުވާލައިފި

މަގުބޫލުކަން އިންތިހާ އަށް ވެއްޓިފައި ވަނިކޮށް ޕެރޫގެ ރައީސް ޑީނާ ބޮލުއާޓޭ އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމު ގެއްލުވާލައިފި

10 އޮކްޓޯބަރު 2025
ޕެރޫ ބަލިކޮށް އާޖެންޓީނާ އެއް ވަނައިގައި

ޕެރޫ ބަލިކޮށް އާޖެންޓީނާ އެއް ވަނައިގައި

20 ނޮވެމްބަރު 2024
ކޮރަޕްޝަންގެ ދައުވާ ސާބިތުވެ، ޕެރޫގެ ކުރީގެ ރައީސް 20 އަހަރަށް ޖަލަށް

ކޮރަޕްޝަންގެ ދައުވާ ސާބިތުވެ، ޕެރޫގެ ކުރީގެ ރައީސް 20 އަހަރަށް ޖަލަށް

22 އޮކްޓޯބަރު 2024
ޕެރޫ އާއި ޗިލީގެ ކުރިމަތިލުން ހަމަހަމަ

ޕެރޫ އާއި ޗިލީގެ ކުރިމަތިލުން ހަމަހަމަ

22 ޖޫން 2024
ޖިނާޢީ ކުށުގެ ވެއްޓަކުން ކުޑަކުދިންގެ ޕާކެއް؟

ޖިނާޢީ ކުށުގެ ވެއްޓަކުން ކުޑަކުދިންގެ ޕާކެއް؟

22 އެޕްރީލު 2024

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު