Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ލޯނުތައް ރީސްޓްރަކްޗަރކުރުން

އައިއެމްއެފްއާ މަޝްވަރާކޮށް، ލަންކާ ލޯނުތައް ރީސްޓްރަކްޗަރ ކުރަން ޗައިނާއިން ތާއީދު

3 މެއި 2022 | އަންގާރަ 15:01

ލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއިން އަރައިގަތުމަށް ޗައިނާގެ އެހީތެރިކަން ލިބޭނެކަމަށް ސަފީރު ވިދާޅުވި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 3 މެއި 2022 | އަންގާރަ 15:01
ޗައިނާއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޗީ ޖެންހޮންގް، ލަންކާގެ ފިނޭންސް މިނިސްޓަރު އަލީ ސަބްރީއާ ބައްދަލުކުރެއްވުން

ޗައިނާއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޗީ ޖެންހޮންގް، ލަންކާގެ ފިނޭންސް މިނިސްޓަރު އަލީ ސަބްރީއާ ބައްދަލުކުރެއްވުން

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އާއެކު ކުރާ މަޝްވަރާތަކުގެ ދަށުން, ސްރީލަންކާގެ ލޯނުތައް ރީސްޓްރަކްޗަރކުރަން ތާއީދުކުރާކަމަށް ޗައިނާއިން ބުނެފިއެވެ.

ލަންކާގެ ނޫހެއް ކަމަށްވާ ނިއުސް ފަސްޓްގައި ރިޕޯޓުކޮށްފައިވާގޮތުން، ޗައިނާއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޗީ ޖެންހޮންގް ވަނީ ލަންކާގެ ފިނޭންސް މިނިސްޓަރު އަލީ ސަބްރީއާ ހޯމަ ދުވަހު ބައްދަލުކުރައްވާފައެވެ.

އެނޫހުން ރިޕޯޓުކޮށްފައިވާގޮތުން، މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެގައުމުން ގުޅިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ މަޝްވަރާތައް ކުރައްވާފައެވެ. އަދި މިހާރު ލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއިން އަރައިގަނެވޭނެ ގޮތްތަކާ ގުޅޭ މަޝްވަރާތައްވެސް ވަނީ ކުރިއަށް ގެންދަވާފައެވެ.

ނިއުސް ފަސްޓްގައި ރިޕޯޓުކޮށްފައިވާގޮތުން ޗައިނާގެ ސަފީރު ވަނީ ލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއިން އަރައިގަތުމަށް ޗައިނާގެ އެހީތެރިކަން ލިބޭނެ ކަމަށް އެގައުމުން ބުނެފައިވާ ބުނުން ތަކުރާރު ކުރައްވާފައެވެ. އަދި އައިއެމްއެފްގެ އެހީއާއެކު ލަންކާއިން އެގައުމުގެ ދަރަނިތައް ރީސްޓަރްކްޗަރ ކުރުމަށް ކުރާ މަސައްކަތައްވެސް ޗައިނާގެ ތާއީދު އޮތްކަމަށާއި، އެކަމަށް އެއްބާރުލުން ލިބޭނެކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.

ލަންކާއިން ދައްކަންޖެހޭ ލޯނުތައް ރީސްޓްރަކްޗަރކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަފީރު ވަނީ، ލަންކާއިން އެދިފައިވާ ގޮތާ ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ޗައިނާއަކީ އައިއެމްއެފްގެ އެންމެ ބޮޑު އެއް ހިއްސާދާރުކަމުން، ލަންކާއިން އައިއެމްއެފްއާއެކު ކުރަމުންދާ މަޝްވަރާތަކުގައިވެސް ޗައިނާގެ އެއްބާރުލުން ލިބޭނެ ކަމަށާއި، ލަންކާގެ ހުށަހެޅުތަކަށް ވީހާވެސް އަވަހަކަށް އެއިދާރާއިން އާއެކޭ ބުނެ، އެއްބަސްވުމަކަށް އައުމަށް ޗައިނާއިން ބާރު އަޅާނެކަމަށްވެސް ސަފީރު ވިދާޅުވެފައިވާކަމަށް ނިއުސް ފަސްޓްއިން ރިޕޯޓުކޮށްފައިވެއެވެ.

ޗައިނާގެ ސަފީރު ވަނީ ލަންކާގެ ބޮޑުވަޒީރާ ޗައިނާގެ ޕްރިމިއަރ އާދެމެދު އެންމެ ފަހުން ދެކެވުނު ވާހަކަތަކަށް އިޝާރާތްކުރައްވާ ވާހަކަދައްކަވާފައެވެ.

ޗައިނާއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިހެން ވިދާޅުވެފައިވާއިރު، ލަންކާ ކެބިނެޓްގެ ތަރުޖަމާނު އަދި މިނިސްޓަރު ނަލަކަ ގޮޑަހެވާ ވަނީ، ލަންކާއިން ޗައިނާއިން ދައްކަންޖެހޭ ލޯނުތައް ރީސްޓްރަކްޗަރކުރުމާ ގުޅޭ މަޝްވަރާތައް އަދިވެސް ކުރިއަށްދާކަމަށް ވިދާޅުވެފައެވެ.

މީގެ ކުރިން ލަންކާއިން ވަނީ ޗައިނާއިން އެގައުމުގެ ލޯނުތައް ރީސްޓްރަކްޗަރކުރަން ބޭނުންނުވާކަމަށް ބުނެފައެވެ. އަދި ޗައިނާއިން ވަނީ ލޯނުތައް ރީސްޓްރަކްޗަރ ނުކުރެވުނު ނަމަވެސް ލޯނުތައް އަނބުރާ ދެއްކުމަށް އިތުރު ލޯނެއް ދެވިދާނެ ކަމަށް ބުނެފައިކަމަށް ލަންކާއިން ވަނީ ބުނެފައެވެ.

އެކަމާގުޅޭގޮތުން ވާހަކަދައްކަވަމުން ނަލަކަ ވިދާޅުވީ، ޗައިނާއިން ނަގާފައިވާ ލޯނުތައް ދެއްކުމަށް ޗައިނާއަތުން ލޯނު ނެގުމާމެދު ސްރީލަންކާގެ މައްސަލައެއް ނެތްކަމަށާއި، އެހެންނަމަވެސް އެކަމާ ގުޅިގެން ޗައިނާއިން އެކި ނަންނަމުގައި އެކިކަންކަމުގައި ލޯނުނަގަމުން ނުދެވޭނެކަމަށް ހުޅަނގުން ބުނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ލަންކާގެ މުޅި ޖުމްލަ ދަރަނީގެ 10 އިންސައްތަ ހިއްސާކުރަނީ ޗައިނާގެ ލޯނުތަކެވެ.

މީގެ ކުރިން ލަންކާގެ ސެންޓްރަލް ބޭންކުން ވަނީ އެގައުމުން ލޯނުތައް އަނބުރާ ދެއްކުމުގައި ހުރިހާ ގައުމުތަކަކާއެކު ވެސް ގެންގުޅޭނީ އެއް އުސޫލެއް ކަމަށް ބުނެފައެވެ. އެގޮތުން ސެންޓްރަލް ބޭންކްގެ ގަވަރުނަރު ނަންދަލަލް ވީރަސިންގް ވަނީ އެގައުމުން ގައުމުތަކަށް ދައްކަންޖެހޭ ދަރަނި އަނބުރާ ދެއްކުމުގައި ގެންގުޅޭނީ އެއް އުސޫލެއް ކަމަށް ވިދާޅުވެ ސޮވްރިން ބޮންޑް ހޯލްޑަރުން ވިޔަސް ޗައިނާ ނުވަތަ ޖަޕާން ވިޔަސް އެގައުމުން އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށް ވިދާޅުވެފައެވެ.

އޭނާ ވަނީ ދަރަނިތައް އަނބުރާ ދެއްކޭނެ ގޮތެއް ފަހިކުރުމަށް މަޝްވަރާތައް ކުރުމަށް، ދަރަނި ދައްކަންޖެހޭ ގައުމުގެ އެއްބާރުލުން ބޭނުންވާކަމަށާއި، އެއްބާރުުލުން ނުލިބި މިކަން ދިގުދެމިގެން ހިނގައްޖެނަމަ އެގައުމަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވެގެންދާނެކަން ފާހަގަކުރައްވާފައެވެ.

ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި، އައިއެމްއެފްއާއެކު ކުރެވެމުންދާ މަޝްވަރާތަކުގެ ކުރިއެރުންތައް ފެންނާނެކަމަށް ލަފާކުރެވޭކަމަށް ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

22 މެއި 2017

ލަންކާގެ ރައީސް ކެބިނެޓަށް ބަދަލުގެންނަވައިފި

22 މެއި 2017
ލަންކާގެ ރައީސް ކެބިނެޓަށް ބަދަލުގެންނަވައިފި
18 މެއި 2017

ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި

18 މެއި 2017
ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި
11 މެއި 2017

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

11 މެއި 2017
މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި
01 މެއި 2017

ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

01 މެއި 2017
ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި
30 އެޕްރީލު 2017

މޯދީ ލަންކާ އަށް ވަޑައިގަންނަވަނީ

30 އެޕްރީލު 2017
މޯދީ ލަންކާ އަށް ވަޑައިގަންނަވަނީ
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
06 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި

06 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި
28 ފެބުރުއަރީ 2017

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

28 ފެބުރުއަރީ 2017
ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް