Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަޔަރ އެންޑް ރެސްކިއު ސަރވިސް

ބާލިދީތަކެއް ބޭނުންކޮށްގެން ވަޅުންނާއި މޫދުން، ފެނާއި ލޮނު ނަގައިގެން ކުރަން ފެށި ޤައުމީ މަސައްކަތް

އަލިފާނުގެ ހިތާމަވެރި ހާދިސާތައް ހިނގުމަށް މެދުވެރިވާ ސަބަބުތައް ދެނެގަނެ އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމަކީ އެންމެ އިސްކަންދޭ ކަންތައް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 3 މެއި 2022 | އަންގާރަ 09:16
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަށް 32 އަހަރު ފުރުނު އިރު، ގިނަ ކާމިޔާބީތަކެއް ވަނީ ހާސިލްކޮށްފައި

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަށް 32 އަހަރު ފުރުނު އިރު، ގިނަ ކާމިޔާބީތަކެއް ވަނީ ހާސިލްކޮށްފައި

ތާރީޚަށް ބަލާއިރު، ދައުލަތުގެ ފަރާތުން އަލިފާން ނިއްވުމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރީ މީރުބަހުރު އިސްމާއިލް ދީދީގެ ބެލުމުގެ ދަށުން 1908 ވަނަ އަހަރު މާލޭ އުތުރު ފަރާތު ފަޅުކޮނުމުގެ މަސައްކަތް ކުރި ޖައްރާފާ މީހުންނެވެ. ޖައްރާފާ މީހުންނަށްފަހު އަލިފާންނިއްވުމުގެ ޚިދުމަތް ވެގެން ދިޔައީ ސިފައިން ދެމުންދާ ޚިދުމަތަކަށެވެ. އެދުވަސްވަރު އަލިފާން ނިއްވުމުގެ މަސައްކަތް ސިފައިންކުރީ އެކަމަށް ޚާއްޞަކޮށްފައި ހުންނަ ބާލިދީތަކެއް ބޭނުންކޮށްގެން ވަޅުންނާއި މޫދުން، ފެނާއި ލޮނު ނަގައިގެންނެވެ. އަލިފާން ނިއްވުމުގެ ޚިދުމަތަކީ އާންމު ރައްޔިތުންނާއެކު އިޖުތިމާޢީ ކަމެއްގެ ގޮތުގައި އަބަދުވެސް އެންމެ ގުޅިގެން ދެމުން އައި ޚިދުމަތެކެވެ.

ދިވެހި އަސްކަރިއްޔާގެ އަލިފާން ނިއްވުމުގެ ޚިދުމަތްދިނުމަށް ވަކި ބަޔަކު ކަނޑައަޅައި، "ފަޔަރ ސެކްޝަން"ގެ ނަމުގައި ވަކި ސެކްޝަނެއް އުފެއްދީ 1990 މެއި 1ވަނަ ދުވަހުއެވެ. އޭގެފަހުން ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ އަހަރީ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ މޭ މަހުގެ 1 ވަނަ ދުވަސް އަންނަނީ ފާހަގަކުރަމުންނެވެ.

އެންމެ ފަސް މީހުންނާއެކު އުފެއްދި ފަޔަރ ސެކްޝަންގެ ޚިދުމަތާއި އިންސާނީ ވަސީލަތް ތަރައްޤީކޮށް 1993 އޮކްޓޯބަރ 01 ވަނަ ދުވަހުން އެ ސެކްޝަންގެ ނަން "އެން.އެސް.އެސް ފަޔަރ ސާރވިސް" ގެ ނަމަށް ބަދަލުކުރިއެވެ. އަދި 2001 ޖަނަވަރީ 01 ވަނަ ދުވަހު "އެން.އެސް.އެސް ފަޔަރ އެންޑް ރެސްކިޔު ސާރވިސް" ގެ ނަމަށް ބަދަލު ކުރިއެވެ. ދިވެހި އަސްކަރިއްޔާގެ ނަން 2006 އެޕްރީލް 21 ވަނަ ދުވަހު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ބަދަލު ކުރުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ ނަމަށް ބަދަލުކުރިއެވެ. ފާއިތުވި ދުވަސްތަކުގައި މާލޭގެ އިތުރުން އަތޮޅުތަކަށް ވެސް އަލިފާން ނިއްވުމުގެ ޚިދުމަތް ވަނީ ފުޅާކޮށްފައެވެ. އާބާދީއާއި ސިނާޢީ މަސައްކަތްތެރިކަމާއި ދައުލަތުގެ މުއައްސަސާތަކާ އަދި އެންމެ ގިނަ ރަށްތަކަކަށް ފަސޭހައިން ޚިދުމަތް ދެވޭނެ ގޮތްތަކަށް ބަލައި ރާއްޖޭގެ އިތުރު ރަށްރަށުގައި އަލިފާން ނިއްވުމުގެ ޚިދުމަތް ދިނުމަށް އަންނަނީ ޕްލޭންކުރެވި ތައްޔާރުވަމުންނެވެ. އަދި މިހާރު ފަޔަރ ސްޓޭޝަންތައް ނެތް ބޮޑެތި ރަށްރަށަށް އަމާޒުކޮށް ވޮލަންޓިއަރ ފަޔަރ ފައިޓަރުން ތަމްރީނުކޮށް އުފެއްދުމުގެ ކާމިޔާބު މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.  

2012 ވަނަ އަހަރު ވިލިމާލެގައި ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލް ގާއިމު ކުރެވުމުން އަލިފާން ނިއްވުމުގެ ޚިދުމަތަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔައެވެ. ފަޔަރ ފައިޓަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދެވޭ ތަފާތު ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތަކުގެ އިތުރުން ޓޫރިސްޓް ރިޒޯޓްތަކާއި އިންޑަސްޓްރިލް ތަފާތު މަސައްކަތް ކުރާ ކުންފުނިތަކަށް އަމާޒުކޮށްގެން އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯސްތައް ދަނީ ހިންގެމުންނެވެ. މީގެއިތުރުން ސަރުކާރާއި އަމިއްލަ ކުންފުނިތަކަށް އަމާޒުކޮށްގެން ހޭލުންތެރި ކަމުގެ ޕްރޮގްރާމްތައް ދަނީ މެދުނުކެނޑި ކުރިއަށް ގެންދަމުންނެވެ.

އަލިފާނުގެ ހާދިސާއެއް ހިނގުމުން އަލިފާން ނިއްވުމަށް ހަރަކާތްތެރިވާ ބައެއްގެ ގޮތުގައި ތިބުމުގެ ބަދަލުގައި އަލިފާނުގެ ހިތާމަވެރި ހާދިސާތައް ހިނގުމަށް މެދުވެރިވާ ސަބަބުތައް ދެނެގަނެ އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމަކީ ފަޔަރ އެންޑް ރެސްކިޔު ސާރވިސްއިން އެންމެ އިސްކަންދީގެން ކުރަމުންދާ އެއް މަސައްކަތެވެ. މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ފަޔަރ އެވެއަރނަސް ޕްރޮގްރާމްތަކުގެ އިތުރުން ޓޫރިސްޓް ރިސޯޓްތަކާއި، ކެމިކަލް އަދި ފިއުލް ސްޓޯރޭޖްތަކާއި ފިއުލް ބައުޒަރުތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އިމާރާތް ތަކުގެ ފަޔަރ ސޭފްޓީ ލޭއައުޓް އެޕްރޫވް ކުރުން ފަދަ އެތައް މަސައްކަތްތަކެއް ވެސް ސިފައިން ދަނީ ކުރަމުންނެވެ.

2019 އެޕްރީލް 21 ވަނަ ދުވަހު ނެރުއްވި އެމްއެންޑީއެފްގެ ކެޕްސްޓޯން ޑޮކްޓްރިންގައި ފަޔަރ އެންޑް ރެސްކިޔު ސާރވިސްއަކީ ކޮމްބެޓް އެންޑް މެނޫވަރ ފޯސްއެއްގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައެވެ. ސިފައިން ދެމުންދާ އަލިފާން ނިއްވުމުގެ ޚިދުމަތަކީ މަދަނީ ޚިދުމަތަކަށް ވިޔަސް އެމްއެންޑީއެފްގެ ކެޕްސްޓޯން ޑޮކްޓްރިންގައި ކަނޑައަޅާފައިވާ ރޭންޖް އޮފް މިލިޓަރީ އޮޕަރޭޝަންސްގެ ތެރޭގައި ގިންތިކުރެވިފައިވާ ކޮންމެ ދާއިރާއެއްގައި ވެސް އަލިފާން ނިއްވުމުގެ ޚިދުމަތަކީ ފަޔަރ އެންޑް ރެސްކިއުއިން ދެމުންދާނެ ޚިދުމަތެކެވެ.

ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ ޚިދުމަތަށް ލިބިފައިވާ އެންމެ ބޮޑު ކުރިއެރުމަކީ ފަންނީގޮތުން އެކަށީގެންވާ އިންސާނީ ވަސީލަތް ބިނާކުރުމާއި، ރާއްޖޭގެ އެކިއެކި ސަރަޙައްދުތަކުގައި ޖުމުލަ 13 ފަޔަރ ސްޓޭޝަނަކުން މިއަދު ޚިދުމަތް ދެމުންދާކަމެވެ. މާލެއާއި ހުޅުމާލެއާއި ވިލިމާލެއާއި ތިލަފުށީގެ އިތުރުން ޅ.ނައިފަރު، ހދ.ކުޅުދުއްފުށި، ލ.ކައްދޫ، ދ.ކުޑަހުވަދޫ ފ.ނިލަންދޫ، ގދ، ތިނަދޫ، ޏ.ފުވައްމުލައް، ސ. ހިތަދޫ އަދި ސ. ހުޅުމީދޫގައި ދަނީ އަލިފާން ނިއްވުމުގެ ޚިދުމަތް ސިފައިން ޤާއިމުވެ ތިބެގެން ފޯރުކޮށްދެމުންނެވެ.

ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ އިންސާނީ އަގުހުރި ޚިދުމަތަށް 32 އަހަރު ފުރިގެން ދާއިރު، މި ޚިދުމަތް މިއަދު ވެފައިވަނީ ރައްޔިތުން ހެޔޮހިތުން ބަލައިގަންނަ އަދި ރައްޔިތުން އިތުބާރުކުރާ ޚިދުމަތަކަށެވެ. ސިފައިންގެ އަލިފާން ނިއްވާ ހިތްވަރުގަދަ ފަޔަރ ފައިޓަރުންގެ ހިތްވަރާއި ހިންމަތާއި މިންނަތުން އެތައް ދިވެހި ރައްޔިތުންނެއްގެ ފުރާނައާއި މުދާ ސަލާތްކުރެވިފައިވެއެވެ. އަލިފާނުގެ ގަދަ ހޫނާއި ވިހަ ދުމުގެ ތެރޭގައި އެއްވެސް ޖެހިލުމެއްނެތި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސް ހިތްވަރުގަދަ ސިފައިން ކޮށްފައިވާނީ އިޚްލާޞްތެރި ޤައުމީ ޚިދުމަތްތަކެވެ. ޝުކުރާއި ތަޢުރީފު ހައްގު ބުރަ މަސައްކަތްތަކެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 މި ސަރުކާރުން މަޖިލީހުގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ހިތުހުރިހާގޮތެއް ހަދަން ރައްޔިތުން ފުރުސަތު ނުދޭނެއެވެ!؟

މި ސަރުކާރުން މަޖިލީހުގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ހިތުހުރިހާގޮތެއް ހަދަން ރައްޔިތުން ފުރުސަތު ނުދޭނެއެވެ!؟

20 ފެބުރުއަރީ 2025
ރޯދަމަހު ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ލިބޭނެކަން އިއުލާން ކުރި ނަމަވެސް ރައްޔިތުން މާޔޫސްކަމުގައި!

ރޯދަމަހު ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ލިބޭނެކަން އިއުލާން ކުރި ނަމަވެސް ރައްޔިތުން މާޔޫސްކަމުގައި!

09 ޑިސެމްބަރު 2024
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟

ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟

24 އެޕްރީލު 2024
އޭއައި ބޭނުންކޮށްގެން ހަދާފައިވާ، ފުރާވަރު އުމުރުގެ އަންހެން ކުދިންތަކެއްގެ ބަރަހަނާ މަންޒަރުތަކެއް ދައުރު ކުރަނީ، ހޭލާކަށް ނުވޭތަ؟

އޭއައި ބޭނުންކޮށްގެން ހަދާފައިވާ، ފުރާވަރު އުމުރުގެ އަންހެން ކުދިންތަކެއްގެ ބަރަހަނާ މަންޒަރުތަކެއް ދައުރު ކުރަނީ، ހޭލާކަށް ނުވޭތަ؟

27 ސެޕްޓެމްބަރު 2023
"އޭއައި ޗެޓް-ބޮޓްސް" ބޭނުންކޮށްގެން ސައިބަރ ޖަރީމާ ހިންގަމުންދާކަމަށް ބުނެ ކަމާބެހޭ މާހިރުން އިންޒާރު ނެރެފި

"އޭއައި ޗެޓް-ބޮޓްސް" ބޭނުންކޮށްގެން ސައިބަރ ޖަރީމާ ހިންގަމުންދާކަމަށް ބުނެ ކަމާބެހޭ މާހިރުން އިންޒާރު ނެރެފި

31 މާރިޗު 2023

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު