Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސެނެގާލްގެ އެފްއޭ ޖޫރިމަނާކުރުން

ސަލާހްގެ މޫނަށް ލޭޒަރ އެޅުވުމުން ސެނެގާލްގެ އެފްއޭ ޖޫރިމަނާކޮށްފި!

2 މެއި 2022 | ހޯމަ 15:00

މިފަދަ ހާދިސާތަކަށް ބަލައި، ބައެއް ގައުމުތަކުގެ ފުޓްބޯޅަ ފެޑެރޭޝަން ޖޫރިމަނާ ކުރުމާއި ސްޓޭޑިއަމް ބަންދުކުރުންފަދަ ފިޔަވަޅުތައް ފީފާއިން އަޅާފައިވޭ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 2 މެއި 2022 | ހޯމަ 15:00
ސެނެގާލްގެ ސަޕޯޓަރުން ސަލާހްގެ މޫނަށް ލޭޒަރ ލައިޓް އެޅުވުން

ސެނެގާލްގެ ސަޕޯޓަރުން ސަލާހްގެ މޫނަށް ލޭޒަރ ލައިޓް އެޅުވުން

މިއަހަރުގެ ނޮވެމްބަރު މަހު ފަށާ ފީފާ ވޯލްޑް ކަޕްގެ ކޮލިފިކޭޝަންގައި މިސްރާއި ސެނެގާލް ބައްދަލުކުރި މެޗުގައި، މުހައްމަދު ސަލާހްގެ މޫނަށް ސެނެގާލްގެ ސަޕޯޓަރުން ލޭޒަރ ލައިޓް އެޅުވުމުން، ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ސެނެގާލްގެ ފުޓްބޯޅަ ފެޑެރޭޝަން ޖޫރިމަނާ ކޮށްފިއެވެ.

ކުޅިވަރުގެ ރޫހާ ޚިލާފަށް ސެނެގާލްގެ ސަޕޯޓަރުން ކުރި އަމަލުތަކަށް ބަލައި ފީފާއިން ވަނީ އެގައުމުގެ އެފްއޭ 180،000 ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށްފައެވެ. ކޮލިފިކޭޝަންގެ ފަހު މެޗުގައި ޕެނަލްޓީ ޖަހައިގެން މޮޅުވެގެން ސެނެގާލް ވަނީ ވޯރލްޑް ކަޕުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. މި މެޗުގައި ސަލާހް ޕެނަލްޓީ ޖެހިއިރު ސެނެގާލްގެ ސަޕޯޓަރުން ވަނީ އޭނާގެ މޫނަށް ފެހި ކުލައިގެ ލޭޒަރ ލައިޓެއް އަޅުވާފައެވެ. ސަލާހް ޖެހި ޕެންލަޓީ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މި މައްސަލަ ބެލި ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ބުނީ، ސެނެގާލްއިން ވަނީ ސްޓޭޑިއަމްގެ ގަވައިދުތައް ތަންފީޒު ކުރުމުގައި ފެއިލްވެފައި ކަމަށެވެ. ޖޫރިމަނާކުރުމުގެ އިތުރުން ފީފާއިން ވަނީ، ސެނެގާލްގެ ކުރިއަށް އޮތް ވާދަވެރި މެޗެއް ސަޕޯޓަރުން ސްޓޭޑިއަމްއަށް ނުވައްދައި ކުޅޭގޮތަށް ނިންމާފައެވެ.

ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ވޯރލްޑް ކަޕް ކޮލިފިކޭޝަންގައި ހިނގި މިފަދަ އެތައް މައްސަލައެއް ބަލާފައެވެ. އެގޮތުން ޖެނުއަރީ މަހުން ފެށިގެން ކުޅުނު ކޮލިފިކޭޝަން މެޗުތަކުގައި ދިމާވި މިފަދަ ހާދިސާތަކަށް ބަލައި، ބައެއް ގައުމުތަކުގެ ފުޓްބޯޅަ ފެޑެރޭޝަން ޖޫރިމަނާކުރުމާއި ސްޓޭޑިއަމް ބަންދު ކުރުންފަދަ ފިޔަވަޅުތައް ފީފާއިން އަޅާފައިވެއެވެ.

މީގެ ތެރޭގައި ނައިޖީރިއާގެ ސަޕޯޓަރުން ސްޓޭޑިއަމްގައި ހަމަނުޖެހުން ހިންގުމުގެ ސަބަބުން 154،000 ޑޮލަރުން ޖޫރިމަނާކުރުން ހިމެނެއެވެ. އަދި މިފަދަ އަމަލުތައް ކޮށްގެން 128،000 ޑޮލަރުން ކޮންގޯ ޖޫރިމަނާ ކޮށްފައި ވާއިރު، ލެބަނަން ވަނީ 103،000 ޑޮލަރުން ޖޫރިމަނާ ކޮޮށްފައެވެ. އަދި ސަޕޯޓަރުންގެ މެދުގައި ނަސްލީ ތަފާތުކުރުން ގެންގުޅުމުގެ ސަބަބުން 98،000 ޑޮލަރުން ޗިލީ ޖޫރިމަނާކޮށް 56،500 ޑޮލަރުން ކޮލޮމްބިއާވެސް ޖޫރިމަނާކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

01 ޖުލައި 2023

ވިޔަރެއާލްއަށް ކުޅެމުން އައި ސެނެގާލްގެ ޒުވާން ފޯވާޑެއް ޗެލްސީއަށް

01 ޖުލައި 2023
ވިޔަރެއާލްއަށް ކުޅެމުން އައި ސެނެގާލްގެ ޒުވާން ފޯވާޑެއް ޗެލްސީއަށް
28 ސެޕްޓެމްބަރު 2022

ސެނެގާލްގެ ބޫނާ ސަރއަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެ

28 ސެޕްޓެމްބަރު 2022
ސެނެގާލްގެ ބޫނާ ސަރއަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެ
24 މެއި 2022

ސަލާހްގެ އިންޒާރެއް ރެއާލްއަށް!

24 މެއި 2022
ސަލާހްގެ އިންޒާރެއް ރެއާލްއަށް!
10 ޖުލައި 2021

ޑެންމާކުގެ ކީޕަރުގެ މޫނަށް އަލިއެޅުވި މައްސަލާގައި އިންގްލެންޑަށް ބޮޑު އަދަބެއް

10 ޖުލައި 2021
ޑެންމާކުގެ ކީޕަރުގެ މޫނަށް އަލިއެޅުވި މައްސަލާގައި އިންގްލެންޑަށް ބޮޑު އަދަބެއް
08 ޖުލައި 2021

ޝްމައިކަލްގެ މޫނަށް ލޭޒާ އެޅުވި މައްސަލަ ބަލަނީ

08 ޖުލައި 2021
ޝްމައިކަލްގެ މޫނަށް ލޭޒާ އެޅުވި މައްސަލަ ބަލަނީ
08 ޑިސެމްބަރު 2018

ޕްރިމިއާ ލީގު: ސަލާހްގެ ހެޓްރިކާއެކު ބޯންމައުތް އަތުން ލިވަޕޫލަށް ބޮޑު މޮޅެއް

08 ޑިސެމްބަރު 2018
ޕްރިމިއާ ލީގު: ސަލާހްގެ ހެޓްރިކާއެކު ބޯންމައުތް އަތުން ލިވަޕޫލަށް ބޮޑު މޮޅެއް
24 ޖޫން 2018

ވާރލްޑް ކަޕް: ޖަޕާން އަދި ސެނެގާލްގެ މެޗު ހަމަހަމަ

24 ޖޫން 2018
ވާރލްޑް ކަޕް: ޖަޕާން އަދި ސެނެގާލްގެ މެޗު ހަމަހަމަ
19 ޖޫން 2018

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި މާނޭ ހިމެނޭ: ސެނެގާލްގެ ކޯޗު

19 ޖޫން 2018
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި މާނޭ ހިމެނޭ: ސެނެގާލްގެ ކޯޗު
18 އޮކްޓޯބަރު 2017

އަނިޔާގައި ހުރި މާނޭ ސެނެގާލްގެ ގައުމީ ސްކޮޑުގައި ހިމަނައިފި

18 އޮކްޓޯބަރު 2017
އަނިޔާގައި ހުރި މާނޭ ސެނެގާލްގެ ގައުމީ ސްކޮޑުގައި ހިމަނައިފި
04 ޖުލައި 2017

ހަނީމޫނަށްފަހު މެސީ ބާސާއާއެކު އާ އެއްބަސްވުމެއްގައި ސޮއިކުރަނީ!

04 ޖުލައި 2017
ހަނީމޫނަށްފަހު މެސީ ބާސާއާއެކު އާ އެއްބަސްވުމެއްގައި ސޮއިކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް