Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޯލްޑް ކަޕް

ސެނެގާލްގެ ބޫނާ ސަރއަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެ

ސަރއަށް ނުކުޅެވެނީ އަނިޔާއިން ސަލާމަތްވުމަށް އޮޕަރޭޝަނެއް ކުރުމުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2022 | ބުދަ 02:01
ސެނެގާލްގެ ޑިފެންޑަރު ބޫނާ ސަރ

ސެނެގާލްގެ ޑިފެންޑަރު ބޫނާ ސަރ

ސެނެގާލްގެ ޑިފެންޑަރު ބޫނާ ސަރއަށް މިފަހަރުގެ ވޯލްޑް ކަޕްގައި ނުކުޅެވޭނެ ކަމަށް އޭނާ ބުނެފިއެވެ.

ސަރއަށް ނުކުޅެވޭނެކަން އޭނާ ހާމަކުރީ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައެވެ. އެޕޯސްޓުގައި އޭނާ ވަނީ ކަކުލަށް ލިބުނު އަނިޔާއިން ސަލާމަތްވުމަށް އޮޕަރޭޝަން ކުރުމުގެ ސަބަބުން ވޯލްޑް ކަޕްގައި ނުކުޅެވޭނެ ކަމަށް ބުނެފައެވެ.

އުމުރުން 30 އަހަރުގެ ޑިފެންޑަރަށް ވަނީ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ފާއިތުވި ދެއަހަރެއްހާ ދުވަހު ކުޅުމުގެ ބޮޑު ބައެއް ގެއްލިފައެވެ. ވާއަތު ފައިގެ ކަކުލަށް އަނިޔާވުމާއެކު މިދިޔަ ސީޒަންގައި އޭނާއަށް ކުޅެވުނީ ބަޔާން މިއުނިކްގެ އެންމެ 12 މެޗުގައެވެ. މި ސީޒަންގެ އެއްވެސް މެޗެއްގައި ސަރއަށް ނުކުޅެވެއެވެ. މިއަހަރުގެ ކުރީކޮޅު އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ސެނެގާލް ކުޅުނު ހަތް މެޗުގެ ފުރަތަމަ 11 ގައިވެސް ސަރ ވަނީ ކުޅެފައެވެ.

އޮޕަރޭޝަން ކުރުމަށްފަހު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމުގައި ހިއްސާކޮށް ސަރ ބުނީ ވޯލްޑް ކަޕްގައި ނުކުޅެވުމަކީ އޭނާއަށް ލިބުނު ބަޔާން ކުރަން ދަތި ހިތްދަތިކަމެއް ކަމަށެވެ. އަދި މިއީ ވަރަށް އުނދަގޫ ނިންމުމެއްކަން ފާހަގަކޮށް ސަރ ބުނީ މިހާރު އޮޕަރޭޝަން ކުރަން ނިންމީ އޭނާގެ ކެރިއަރުގެ ކުރިމަގަށް ވިސްނާފައި ކަމަށެވެ.

ފްރާންސްގެ މާސޭއަށް ކުޅުމަށްފަހު ސަރ, ބަޔާންއަށް ބަދަލުވީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އޭގެ ފަހުން އޭނާ ވަނީ ބަޔާންއަށް 27 މެޗު ކުޅެދީފައެވެ. ސެނެގާލްގެ ޤައުމީ ޓީމަށް ސަރ ވަނީ މިހާތަނަށް 12 މެޗު ކުޅެދީފައެވެ.

ސެނެގާލް ފީފާ ވޯލްޑް ކަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު