Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2018

އަނިޔާގައި ހުރި މާނޭ ސެނެގާލްގެ ގައުމީ ސްކޮޑުގައި ހިމަނައިފި

ދެކުނު އެފްރިކާ މެޗަށް މާނޭ ފިޓުވާނެ ކަމާއިމެދު ޝައްކެއްނެތް: ސެނެގާލް ކޯޗު

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 18 އޮކްޓޯބަރު 2017 | ބުދަ 20:34
ލިވަޕޫލަށް ކުޅޭ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ: އަނިޔާގެ ސަބަބުން އޭނާ ހަ ހަފްތާއަށް ކުޅުމާއި ދުރަށް ދާން ޖެހޭ ކަމަށް ލިވަޕޫލް އިން ވަނީ ބުނެފައި

ލިވަޕޫލަށް ކުޅޭ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ: އަނިޔާގެ ސަބަބުން އޭނާ ހަ ހަފްތާއަށް ކުޅުމާއި ދުރަށް ދާން ޖެހޭ ކަމަށް ލިވަޕޫލް އިން ވަނީ ބުނެފައި

އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ، ފީފާ ވޯލްޑް ކަޕް ކޮލިފައިންގއަށް ނެގި ސެނެގާލްގެ ޤައުމީ ސްކޮޑުގައި ހިމަނައިފިއެވެ.

އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހާއި 14 ވަނަ ދުވަހު ދެކުނު އެފްރިކާ އާދެކޮޅަށް ސެނެގާލް ކުޅެން ޖެހޭ ދެމެޗަށް ނެގި ސެނެގާލްގެ ޤައުމީ ސްކޮޑުގައި މާނޭގެ ނަން ހިމަނާފައިވީނަމަވެސް، ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް އެދެމެދުގައި ނުކުޅެވޭނެ ކަމަށް އޮތީ ބެލެވިފައެވެ.

އެހެންނަމަވެސް ސެނެގާލްގެ ކޯޗު އަލިއޫ ސިސޭ ބުނީ، އޭނާ އެދެމެޗަށް ސައްތައިން ސައްތަ ފިޓުވާނެ ކަމުގެ ޝައްކެއް ނެތް ކަމަށާއި، އެދެމެޗަށް އޭނާއަށް ނިކުމެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މާނޭގެ ކްލަބް ލިވަޕޫލްއިން މިމަހުގެ 10 ވަނަ ދުވަހު ވަނީ، އަނިޔާގެ ސަބަބުން އިތުބާރު ފޯވާޑް ހަ ހަފްތާއަށް ކުޅުމާއި ދުރަށް ދާން ޖެހޭ ކަން ހާމަކޮށްފައެވެ.

މާނޭއަށް އަނިޔާވީ އޭގެ ތިން ދުވަސް ކުރިން ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ކޭޕް ވާޑޭގެ މައްޗަށް ދެލަނޑު ސުން ލަނޑުން ސެނެގާލް ކުރިހޯދި މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައެވެ.

މާނޭގެ ހާލަތާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސެނެގާލްގެ ކޯޗު ސިސޭ ބުނީ، އޭނާ އަންނަނީ ޓީމާއި ވަކިން ދުވުން ފަދަ ތަމްރީންތައް ހަދަމުން ކަމަށާއި، އަންނަ ހަފްތާއިން ފެށިގެން ބޯޅަ އާއެކު ފަރިތަކުރުންތަކަށް މާނޭ ނިކުންނާނެ ކަމަށެވެ.

އަނިޔާގެ ސަބަބުން އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ލިވަޕޫލް ކުޅެ އެއްވަރުވި މެޗާއި، ޔުއޭފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ސްލޮވީނިއާގެ ޗެމްޕިއަން މަރިބޯ އަތުން ހަތް ލަނޑު ސުން ލަނޑުން ލިވަޕޫލް މޮޅުވި މެޗުގައި މާނޭ ނުކުޅެއެވެ.

2002 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕްގެ ޖާގައެއް ހޯދުމަށް ދެކުނު އެފްރިކާ އާއި ދެކޮޅަށް ކުޅޭ ކޮލިފައިންގ މެޗަކީ މުހިންމު މެޗެކެވެ. އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ހޯދުމަށް ސެނެގާލް ބޭނުން ވަނީ ދެ ޕޮއިންޓެވެ.

މިހާތަނަށް ފީފާ ވޯލްޑް ކަޕްގައި ސެނެގާލް ވާދަކޮށްފައިވަނީ އެންމެ ފަހަރަކު އެވެ. 2002 ވަނަ އަހަރު ޖަޕާނާއި ދެކުނު ކޮރެއާގައި ބޭއްވި އެމުބާރާތުގައި ވާދަކޮށް، ސެނެގާލް ވަނީ މުބާރާތުގެ ކުއާޓަރ ފައިނަލާއި ހަމައަށް ދަތުރުކޮށްފައެވެ.

ފީފާ ވޯލްޑް ކަޕްގެ އެފްރިކާ ބައްރުގެ ކޮލިފައިންގައި ސެނެގާލް އާއި ދެކުނު އެފްރިކާ މީގެ ކުރިން ބައްދަލުކުރިއެވެ. މިދިޔަ އަހަރު ކުޅުނު އެމެޗު، ދެ ލަނޑު އެއް ލަނޑުން ދެކުނު އެފްރިކާ ކާމިޔާބުކުރި ނަމަވެސް، އެމެޗުގައި ރެފްރީކަން ކުރި ގާނާގެ ޖޯސެފް ލަމްޕްޓޭ މެޗު އޮޅުވާލިކަން ސާބިތުވުމާއި ގުޅިގެން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ވަނީ ލަމްޕްޓޭ އުމުރަށް ސަސްޕެންޑްކޮށް، އެމެޗު ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އަލުން ކުޅުމަށް ނިންމާފައެވެ.

ސެނެގާލް އޮތީ އަށް ޕޮއިންޓާއެކު ފީފާ ވޯލްޑް ކަޕްގެ އެފްރިކާ ބައްރުގެ ކޮލިފައިންގ ގްރޫޕް ޑީގެ އެއްވަނާގައެވެ. ގްރޫޕްގެ ދެވަނާގައިވާ ބުރްކީނާ ފާސޯ އަދި ތިންވަނާގައިވާ ކޭޕް ވާޑޭ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ޕޮއިންޓް ލިބިގެން ގްރޫޕްގެ ފުލުގައި އޮތީ ދެކުނު އެފްރިކާއެވެ.

މިގްރޫޕްގައި ސެނެގާލް އަދި ދެކުނު އެފްރިކާ ފިޔަވައި ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ އެންމެ މެޗެކެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު