Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ސަލާހްގެ އިންޒާރެއް ރެއާލްއަށް!

24 މެއި 2022 | އަންގާރަ 13:54

2018 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލުގައިވެސް ބައްދަލުކުރީ ރެއާލްއާއި ލިވަޕޫލް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 24 މެއި 2022 | އަންގާރަ 13:54
2018 ވަނަ އަހަރުގެ ފައިނަލުގައި ސަލާހްއަށް ރާމޯސްކުރި ފައުލް

2018 ވަނަ އަހަރުގެ ފައިނަލުގައި ސަލާހްއަށް ރާމޯސްކުރި ފައުލް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅެން ދެތިންދުވަހަށް ވެފައި ވަނިކޮށް ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހް، ރެއާލް މެޑްރިޑަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.

މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ ލިވަޕޫލާއި ރެއާލް މެޑްރިޑެވެ. 2018 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވެސް ބައްދަލުކުރީ ރެއާލްއާއި ލިވަޕޫލްއެވެ. އެމެޗުގައި ރެއާލްއަށް އޭރު ކުޅެމުން އައި ސާޖިއޯ ރާމޯސް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ސަލާހްއަށް އަނިޔާވެ، އޭނާ ވަނީ ބަދަލުކޮށްފައެވެ. އެފަހަރުގެ މުބާރާތުގައި ލިވަޕޫލް ބަލިކޮށް ތަށި ކާމިޔާބުކުރީ ރެއާލްއެވެ.

ޕްރިމިއަރ ލީގު މި ސީޒަންގެ ރަން ބޫޓު، އަދި އެންމެ ގިނަ ލަނޑު ޖެހުމަށް އެހީތެރިވި ކުޅުންތެރިޔާގެ މަގާމު މިފަހަރު ހޯދީ ސަލާހްއެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމަށް ޓޮޓެންހަމްގެ ސޮންވެސް ހޮވުނެވެ. މި ދެކުޅުންތެރިންވެސް މުބާރާތުގައި 23 ލަނޑު ޖަހާފައިވެއެވެ. މި ޓްރޮފީ ހިފައިގެން ސަލާހް ނަގާފައިވާ ފޮޓޯއެއް ޓްވީޓް ކުރުމަށްފަހު އޭނާ ވަނީ "ވީ އާރ ނޮޓް ޑަން ޔެޓް" ކަމަށް ބުނެފައެވެ. މިއީ ކުރިއަށް އޮތް ޗެމްޕިއަންސް ލީގުގެ ފައިނަލަށް އަމާޒުކޮށް އޭނާ ބުނެފައިވާ ބުނުމެކެވެ.

2018 ވަނަ އަހަރު މި ދެޓީމު ކުޅުނު ފައިނަލްގައި ރެއާލްގެ ސާޖިއޯ ރާމޯސް ސަލާހްއަށް ފައުލްކުރީ ގަސްތުގައި ކަމަށް ލިވަޕޫލްގެ ގިނަ ސަޕޯޓަރުން ބުނެއެވެ. އެއީ ސަލާހްއަކީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއަށް ވާތީ ރާމޯސް ކުރި ފައުލެއް ކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ.

މިއަހަރުގެ ޕްރިމިއަރ ލީގު ލިވަޕޫލްއަށް ނާކާމިޔާބުވީ މުބާރާތުގެ ފަހު މެޗުގައެވެ. ފަހު މެޗުގައި ވުލްވްސް އަތުން ލިވަޕޫލް މޮޅުވި ނަމަވެސް، މެންޗެސްޓަރ ސިޓީ ވަނީ އެސްޓަން ވިލާ ބަލިކޮށް ޕޮއިންޓެއްގެ ފަރަގުން މުބާރާތް ކާމިޔާބުކޮށްފައެވެ. އެހެންކަމުން މިހާރު ލިވަޕޫލްގެ އަމާޒު އޮތީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށެވެ.

މިއަހަރުގެ އެފްއޭ ކަޕްވެސް ކާމިޔާބުކުރީ ލިވަޕޫލްއެވެ. މުބާރާތުގެ ފައިނަލުގައި ސަލާހްއަށް އަނިޔާވެގެން ދަނޑުން ބޭލި ނަމަވެސް ޗެމްޕިއަންސް ލީގުގެ ފައިނަލަށް އޭނާ ފިޓްވާނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2018

ރެއާލްއަށް ބަދަލެއް ނުވާނަން، ޕީއެސްޖީގައި ހުރީ ހިތްހަމަޖެހިގެން: ނޭމާ

28 ޖެނުއަރީ 2018
ރެއާލްއަށް ބަދަލެއް ނުވާނަން، ޕީއެސްޖީގައި ހުރީ ހިތްހަމަޖެހިގެން: ނޭމާ
28 ޖެނުއަރީ 2018

ސްޕެނިޝް ލަލީގާ: ވެލެންސިއާ ބަލިކޮށް ރެއާލްއަށް މުހިންމު މޮޅެއް

28 ޖެނުއަރީ 2018
ސްޕެނިޝް ލަލީގާ: ވެލެންސިއާ ބަލިކޮށް ރެއާލްއަށް މުހިންމު މޮޅެއް
27 ޖެނުއަރީ 2018

ނޭމާ ރެއާލްއަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް: ރޮބީނިއޯ

27 ޖެނުއަރީ 2018
ނޭމާ ރެއާލްއަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް: ރޮބީނިއޯ
22 ޖެނުއަރީ 2018

ސްޕެނިޝް ލަލީގާ: ރެއާލްއަށް ތަފާތު ބޮޑު މޮޅެއް

22 ޖެނުއަރީ 2018
ސްޕެނިޝް ލަލީގާ: ރެއާލްއަށް ތަފާތު ބޮޑު މޮޅެއް
19 ޑިސެމްބަރު 2017

ރެއާލްއަށް ބަދަލުވާން އުޅޭ ވާހަކަ ސަލާހު ދޮގުކޮށްފި

19 ޑިސެމްބަރު 2017
ރެއާލްއަށް ބަދަލުވާން އުޅޭ ވާހަކަ ސަލާހު ދޮގުކޮށްފި
25 ނޮވެމްބަރު 2017

ސްޕެނިޝް ލަލީގާ: ރޮނާލްޑޯގެ ލަނޑުން ރެއާލްއަށް މޮޅެއް

25 ނޮވެމްބަރު 2017
ސްޕެނިޝް ލަލީގާ: ރޮނާލްޑޯގެ ލަނޑުން ރެއާލްއަށް މޮޅެއް
31 އޮކްޓޯބަރު 2017

ރެއާލްއަށް އިންޖަރީގެ ބޮޑެތި މައްސަލަތަކެއް

31 އޮކްޓޯބަރު 2017
ރެއާލްއަށް އިންޖަރީގެ ބޮޑެތި މައްސަލަތަކެއް
30 އޮކްޓޯބަރު 2017

އަދިވެސް ރެއާލްއަށް ބާސާ އަތުލެވޭނެ: ޒިދާން

30 އޮކްޓޯބަރު 2017
އަދިވެސް ރެއާލްއަށް ބާސާ އަތުލެވޭނެ: ޒިދާން
04 އޮކްޓޯބަރު 2017

ބަޔާން ދޫކޮށް ރެއާލްއަށް ބަދަލުވެވުނީތީ އުފާކުރަން: ކްރޫސް

04 އޮކްޓޯބަރު 2017
ބަޔާން ދޫކޮށް ރެއާލްއަށް ބަދަލުވެވުނީތީ އުފާކުރަން: ކްރޫސް
14 ޖޫން 2017

މޮނާކޯގެ އެމްބަޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލްއަށް ބަދަލުވަނީ!

14 ޖޫން 2017
މޮނާކޯގެ އެމްބަޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލްއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް