Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއަރ ލީގު

ވެސްޓް ހޭމް ބަލިކޮށް އާސެނަލްއިން ތިންވަނައާއި ގާތަށް

2 މެއި 2022 | ހޯމަ 03:59

އާސެނަލްއިން މެޗު ކާމިޔާބުކުރީ 2-1 ން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 2 މެއި 2022 | ހޯމަ 03:59
ޕްރިމިއަރ ލީގުގައި އާސެނަލް އާއި ވެސްޓް ހޭމް ބައްދަލުކުރި މެޗުގެ ތެރެއިން

ޕްރިމިއަރ ލީގުގައި އާސެނަލް އާއި ވެސްޓް ހޭމް ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސްޓް ހޭމް ބަލިކޮށް އާސެނަލްއިން ތާވަލުގެ ތިންވަނައާއި ގާތަށް ޖެހިލައިފިއެވެ.

ވެސްޓް ހޭމްގެ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މި މެޗު އާސެނަލްއިން ކާމިޔާބުކުރީ 2-1 ންނެވެ. މި ނަތީޖާއާއެކު އާސެނަލްއިން ވަނީ ތާވަލުގެ ތިންވަނާގައި އޮތް ޗެލްސީއާއި ތިން ޕޮއިންޓަށް ގާތް ކޮށްފައެވެ. ލީގުގައި 34 މެޗު ކުޅެގެން ލިބުނު 63 ޕޮއިންޓާއެކު އާސެނަލް އޮތީ ތާވަލުގެ ހަތަރު ވަނާގައެވެ. ޗެލްސީއިން ތިންވަނާގައި އޮތީ މިއަދަދަށް މެޗު ކުޅެގެން 66 ޕޮއިންޓު ހޯދައިގެންނެވެ. ތާވަލުގެ ހަތް ވަނާގައި ވެސްޓް ހޭމް އޮތީ 52 ޕޮއިންޓާއެކުއެވެ.

ވެސްޓް ހޭމް އާއި ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީދު ނެގީ އާސެނަލްއިންނެވެ. ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި އެޓީމަށް ލީދު ނަގައިދިނީ ރޮބް ހޯލްޑިންގއެވެ. ނަމަވެސް ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ވެސްޓް ހޭމްގެ ޖެރަޑް ބޯވެން ވަނީ ލަނޑެއްޖަހާ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އާސެނަލް މޮޅުވީ މެޗުގެ 54 ވަނަ މިނެޓުގައި ގަބްރިއެލް ޖެހި ލަނޑުންނެވެ.

ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އެވަޓަންއިން ޗެލްސީ ބަލިކުރީ 1-0 ންނެވެ. މި މެޗުން މޮޅުވެގެން ތާވަލުގެ ތިންވަނާގައި ހަމަޖެހިލުމުގެ ފުރުސަތު ޗެލްސީއަށް އޮތެވެ. ލެސްޓަރ ސިޓީގެ މައްޗަށް ޓޮޓެންހަމް ކުރިހޯދީ 3-1 ންނެވެ.

ލީގުގައި ހޯމަ ދުވަހުގެރޭ ބައްދަލުކުރާނީ މެންޗެސްޓަރ ޔުނައިޓެޑާއި ބްރެންޓްފޯދެވެ. މި މެޗު ކުޅޭނީ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރުއެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް