Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕާކިސްތާނު ސަރުކާރުން ތެލުގެ ސަބްސިޑީ ކަނޑާނުލުން

އައިއެމްއެފްއިން އެދުމުންވެސް ޕާކިސްތާނު ސަރުކާރުން ތެލުގެ ސަބްސިޑީ ކަނޑާނުލި

2019 ވަނަ އަހަރު ސޮއިކޮށްފައިވާ އެކްސްޓެންޑެޑް ފައިނޭންޝަލް ފެސިލިޓީ އަލުން ފެށުމުގެ ކުރިން ސަރުކާރުގައި ނެތް ފައިސާއިން ފޯރުކޮށްދެމުންދާ ސަބްސިޑީތައް ކަނޑާލުމަށް އައިއެމްއެފްއިން ވަނީ ބުނެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 1 މެއި 2022 | އާދީއްތަ 06:07
ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް

ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް

ޕާކިސްތަނުގައި ތެޔޮ އަދި ގޭހަށް އެޤައުމުގެ ސަރުކާރުން ފޯރުކޮށްދެމުންދާ ސަބްސިޑީ ކަނޑާނުލާނެ ކަމަށް އެޤައުމުގެ ސަރުކާރުން ބުނެފިއެވެ.

ޕާކިސްތާނުގެ އިޤްތިސާދީ ހާލާތު ގޯސްވަމުން އަންނައިރު، ތެލާއި ގޭހުގެ ސަބްސިޑީއަކީ އެޤައުމުގެ ސަރުކާރަށް މިވަގުތު އުފުލޭނެ ބުރައެއް ނޫންކަމަށް ސަރުކާރުގެ އޮފިޝަލުންނާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވަނީ ފާހަގަކޮށްފައެވެ.

އިޤްތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި އައިއެމްއެފް އާއެކު މަޝްވަރާތައް ކުރަމުންދާއިރު، އެއިދާރާއިން ވަނީ ސަރުކާރަށް ބުރަ ބޮޑުވާހެން ތެޔޮ އަދި ގޭހަށް ދެމުން އަންނަ ސަބްސީޑީ ކަނޑާލުމަށް ބުނެފައެވެ.

އެގޮތުން މިދިޔަ ހޯމަ ދުވަހު އައިއެމްއެއެފް އިން ވަނީ އެއިދާރާ އާއެކު ޕާކިސްތާނުން 2019 ވަނަ އަހަރު ސޮއިކޮށްފައިވާ އެކްސްޓެންޑެޑް ފައިނޭންޝަލް ފެސިލިޓީ އަލުން ފެށުމުގެ ކުރިން ސަރުކާރުގަ ނެތް ފައިސާއިން ފޯރުކޮށްދެމުންދާ ސަބްސިޑީތައް ކަނޑާލުމަށް އެޤައުމުގެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް ހޮނިހިރު ދުވަހު ޕާކިސްތާންގެ ސަރުކާރުން ވަނީ ތެލާއި ގޭހުގެ އަގު އުފުލުނަ ނުދީ އެއްވަރެއްގައި ހިފެއްޓުމަށް، ތެޔޮ އަދި ގޭހަށް ދެމުން އަންނަ ސަބްސިޑީ ކަނޑާނުލާނެ ކަމަށް ބުނެފައެވެ.

ޕާކިސްތާންގެ ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕެޓްރޯލްގެ އަގު އުފުލުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވާނެ ގޮންޖެހުންތަކަށް ވިސްނާ، ސަބްސިޑީ ކަނޑާނުލާން ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވެފައިވާކަމަށެވެ.

ޕާކިސްތާންގައި ތެލާއި ގޭހަށް ސަބްސިޑީ ދޭން ނިންމާފައި ވަނީ އެޤައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ވެރިކަމުގައެވެ. އެގޮތުން މިނިންމުމާއެކު އޭޕްރިލްއިން ޖޫން މަހަށް ތެޔޮ އަދި ގޭހުގެ ސަބްސިޑީގެ ގޮތުގައި ސަރުކާރުން ދެ ބިލިއަން ޑޮލަރު ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

2019 ވަނަ އަހަރު ޖުލައި މަހުން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އައިއެމްއެފް އިން ޕާކިސްތާނަށް އެކްސްޓެންޑެޑް ފައިނޭންސް ފެސިލިޓީގެ ދަށުން ހަ ބިލިއަން ޑޮލަރު ފޯރުކޮށްދޭން ވަނީ އެއްބަސްވެފައެވެ. ނަމަވެސް އިމްރާން ޚާންގެ ބައެއް ނިންމުންތަކާއެކު ތިން ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް ފަހު މި ޕްރޮގްރާމް ވަނީ ހުއްޓިފައެވެ.

މި ޕްރޮގްރާމް އަލުން ފެށުމުގެ އުންމީދުގައި, ޕާކިސްތާންގެ މިހާރުގެ ސަރުކާރުން ވަނީ ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް, ފަންޑު އިތުރުކުރުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން ޕަބްލިކް ސަރވިސް ޑިވެލޮޕްމެންޓް ފަންޑްސް ހިފަހައްޓައި, ސަރުކާރުގެ ޚަރަދުކުޑަކޮށް, އައިއެމްއެފާއެކު މަޝްވަރާތައްކޮށް ހުއްޓިފައިވާ ޕްރޮގްރާމް އަލުން ފެށުމުގެ މަސައްކަތް ކުރައްވާނެކަމަށް ފިނޭންސް މިނިސްޓަރު މިފްތާހް އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

ޕާކިސްތާންގެ އައު ފިނޭންސް މިނިސްޓަރު މިފްތާހް އިސްމާއިލް އާއި އައިއެމްއެފްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އެންޓޮއިނެޓް ސަޔެހް އާއި ދެމެދު ކުރިއަށް ގެންދެވުނު މަޝްވަރާތަކަށް ފަހު އެއިދާރާއިން ވަނީ ޕްރޮގްރާމް އަލުން ފެށުމަށް ނިންމާ، އެއް އަހަރު ދުވަހަށް ޕްރޮގްރާމް އެކްސްޓެންޑް ކޮށްދޭން ބުނެފައެވެ.

އައިއެމްއެފް އިން ވަނީ ސެޕްޓެމްބަރު މަހަށް ނިމޭ ޕްރޮގްރާމަށް އިތުރު ނުވަ މަސް ދުވަސް އިތުރުކޮށް އެއް އަހަރަށް ޕްރޮގްރާމް ދިގުދައްމާލާފައެވެ. އަދި ޕްރޮގްރާމްގެ ދަށުން ދޫކުރާ ހަ ބިލިއަން ޑޮލަރުގެ ލޯން އިތުރުކުރަން ނިންމާފައެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން ޕްރޮގްރާމް އަލުން ފެށުމުގެ ކުރިން ޕާކިސްތާންގެ ހާލަތު ބަލައި ރިވިއު ކުރުމަށް އައިއެމްއެފްގެ ޓީމެއް މި މެއި މަހު އެޤައުމަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ. އައިއެމްއެފްގެ ރިވިއު ކާމިޔާބުކަމާއެކު ނިންމާލެވިއްޖެ ނަމަ ޕާކިސްތާނަށް 900 މިލިއަން ޑޮލަރުގެ އެހީ ލިބިގެންދާނެ ކަމަށް އެނޫހުން ވަނީ ފާހަގަކޮށްފައެވެ.

އެޤައުމުގެ އިޤްތިސާދު އަނޑިއަޅާލަމުންދާ މިދަނޑިވަޅުގައި ޕާކިސްތާނަށް ބޭރުގެ އެހީ ވަނީ ވަރަށް މުހިންމުވެފައެވެ. ރިޕޯޓުތައް ބުނާގޮތުން ޕާކިސްތާންގެ ފޮރިން ރިޒަރވް މިހާރު ވަނީ 10.5 ބިލިއަން ޑޮަލަރަށް ވެއްޓިފައެވެ.

އައިއެމްއެފްގެ ފެސިލިޓީ އަލުން ފެށުމާއެކު ޕާކިސްތާނަށް އެހެން އެކްސްޓަރނަލް ފަންޑުތައްވެސް ހުޅުވިގެންދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

11 މެއި 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
އިރާގު ސަރުކާރުން އައިއެސްގެ 100 ހަނގުރާމަވެރިން މަރާލައިފި

އިރާގު ސަރުކާރުން އައިއެސްގެ 100 ހަނގުރާމަވެރިން މަރާލައިފި

08 އެޕްރީލު 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު