Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާ ޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިނުގެ ހަަމަލާތައް އާންމުންނަށް އަމާޒުވެފައިވާ ކަމަށް ރަޝިއާއިން ބުނެފި

ޚަރސަންގެ ދެ ސަހަރެއްގެ ސްކޫލަކާއި ކިންޑަރގަރޓެންއެއް އަދި ސަހަރާއަކަށް ޔޫކްރެއިން އަސްކަރިއްޔާގެ ހަމަލާތައް އަމާޒުވެފައިވާކަމަށް ރަޝިއާއިން ބުނޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 1 މެއި 2022 | އާދީއްތަ 05:16
ޔޫކްރެއިންގެ ދެކުނުގައި އޮންނަ ޚަރސަންގައި އެޤައުމުގެ އަސްކަރިއްޔާއިން ދިން ހަމަލާތަކެއް އާންމުންނަށް އަމާޒުވެފައިވާކަމަށް ރަޝިއާއިން ބުނެފައިވާއިރު މިކަމުގެ އިތުރު ތަފުސީލެއް ރަޝިއާއިން ދީފައެއް ނުވޭ

ޔޫކްރެއިންގެ އަސްކަރިއްޔާގެ ހަމަލާތައް އެޤައުމުގެ އާންމު ރައްޔިތުންނަށް އަމާޒުވެފައިވާކަމަށް ރަޝިއާއިން ބުނެފިއެވެ.

އާދިއްތަ ދުވަހު ރަޝިއާއިން ވަނީ ޔޫކްރެއިންގެ ދެކުނުގައި އޮންނަ ޚަރސަންގައި އެޤައުމުގެ އަސްކަރިއްޔާއިން ދިން ހަމަލާތަކެއް އާންމުންނަށް އަމާޒުވެފައިވާކަމަށް ބުނެފައެވެ. މިހަމަލާތަކުގެ ސަބަބުން މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، މިހަމާލާތަކުގައި އާންމު ރައްޔިތުން މަރުވެފައިވާކަމަށްވެސް ރަޝިއާއިން ވަނީ ބުނެފައެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވަނީ ޚަރސަންގެ ދެ ސަހަރެއްގެ ސްކޫލަކާއި ކިންޑަރގަރޓެންއެއް އަދި ސަހަރާއަކަށް ޔޫކްރެއިން އަސްކަރިއްޔާގެ ހަމަލާތައް އަމާޒުވެފައިވާކަމަށް ބުނެފައެވެ. މިކަމުގެ އިތުރު ތަފުސީލެއް ރަޝިއާއިން ދީފައި ނުވާއިރު، ޔޫކްރެއިނުންވެސް މިކަމާ ގުޅޭ މައުލޫމާތެއް ހިއްސަކޮށްފައިނުވާ ކަމަށް ރޮއިޓަރސްއިން ވަނީ ރިޕޯޓުކޮށްފައެވެ.

ރަޝިއާއިން މިހެން ބުނަމުންދާއިރު، އެޤައުމުގެ އަސްކަރިއްޔާއިންވެސް ޔޫކްރެއިންގެ ދެކުނުގެ ސަރަހައްދުތަކަށާއި އިރުމަތީ ސަރަހައްދުތަކަށް އަމާޒުކޮށް ވަރުގަދަ މިސައިލް ހަމަލާތައް ދީފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ފެބްރުއަރީ 24 ވަނަ ދުވަހު އަސްކަރީ އޮޕަރޭޝަނެއްގެ ނަމުގައި ޔޫކްރެއިނަށް ހަމަލާދީ ރަޝިއާއިން ފެށި ހަނގުރާމައަށް ނުވަ ހަފުތާވެގެން ދިޔައިރުވެސް ޔޫކްރެއިންގެ ވެރިރަށް ހިފުމަށް ރަޝިއާއިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުކުރެވިފައެއް ނުވެއެވެ. މިހާރު ރަޝިއާއިން ބޮޑަށް ހަމަލާތައް ދެމުންދަނީ ޔޫކްރެއިންގެ ދެކުނު އަދި އިރުމަތީ ސަރަހައްދުތަކަކަށެވެ.

ރިޕޯޓުތައް ބުނާގޮތުން ރަޝިއާގެ އަސްކަރިއްޔާއިން ވަނީ ޚަރސަން އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. މިއީ ރަޝިއާގެ ބާރުގެ ދަށުގައި އޮތް ކްރިމިއާ އާއި 60 މޭލު އުތުރުން އޮންނަ ސަރަހައްދެކެވެ.

މީގެއިތުރުން މެރިއަޕޯލްގެ ސިޓީގެ ބޮޑުބައެއްވެސް މިހާރު ރަޝިއާއިން ހިފާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މެރިއަޕޯލް ސިޓީގައި ކާމިޔާބު ލިބިއްޖެކަން ރަޝިއާއިން އިއުލާނުކޮށްފައި ވަނީ އޭޕްރިލް 21 ވަނަ ދުވަހުއެވެ.

އެސިޓީގައި ހުންނަ ދަގަނޑު އުފައްދާ ފެކްޓްރީއެއްގައި ޔޫކްރެއިންގެ އެތައް ސަތޭކަ ސިފައިންނެއް އަދި އާންމު ރައްޔިތުންނެއް ތާށިވެފައިވާއިރު، އިވެކުއޭޝަން ޑީލެއް ހެދުމަށް އދ އިން ވަނީ ގޮވާލާފައެވެ.

އެފެކްޓްރީގައި ހަރަކާތްތެރިވާ ޔޫކްރެއިންގެ ސިފައިންގެ އޮފިސަރަކާ ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން ހޮނިހިރު ދުވަހު އެފެކްޓްރީގައި ތިބި 20 އަންހެނުންނާއި ކުޑަކުދިން ވަނީ އެތަނުން ނެރެ، ރައްކާތެރި ހިސާބަކަށް ގެންގޮސްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލަންކާގައި ޓެރަރިސްޓުންގެ މައުލޫމާތު ދިން ފުލުހުންނަށާއި އާންމުންނަށް ބޮޑެތި ފައިސާގެ އިނާމް!

ލަންކާގައި ޓެރަރިސްޓުންގެ މައުލޫމާތު ދިން ފުލުހުންނަށާއި އާންމުންނަށް ބޮޑެތި ފައިސާގެ އިނާމް!

03 މެއި 2019
ވެނެޒުއޭލާގެ މައްސަލައިގެ ތެރެެއަށް އެމެރިކާއިން ވަނުން ތުރުކީ، ޗައިނާ، އަދި ރަޝިއާއިން ކުށްވެރިކޮށްފި

ވެނެޒުއޭލާގެ މައްސަލައިގެ ތެރެެއަށް އެމެރިކާއިން ވަނުން ތުރުކީ، ޗައިނާ، އަދި ރަޝިއާއިން ކުށްވެރިކޮށްފި

24 ޖެނުއަރީ 2019
ރަޝިއާއިން ހައްޔަރު ކޮށްފައިވާ އެމެރިކާ މީހާއާއި ބައްދަލުކުރުމަށް އެމެރިކާއިން އެދިއްޖެ

ރަޝިއާއިން ހައްޔަރު ކޮށްފައިވާ އެމެރިކާ މީހާއާއި ބައްދަލުކުރުމަށް އެމެރިކާއިން އެދިއްޖެ

02 ޖެނުއަރީ 2019
ކިއުބާއިން ފުރަތަމަ ފަހަރަށް އާންމުންނަށް 3ޖީ އިންޓަނެޓްގެ ހިދުމަތް ތައާރަފް ކުރަނީ

ކިއުބާއިން ފުރަތަމަ ފަހަރަށް އާންމުންނަށް 3ޖީ އިންޓަނެޓްގެ ހިދުމަތް ތައާރަފް ކުރަނީ

06 ޑިސެމްބަރު 2018
ރަޝިއާއިން އެސް-400 ގެ މިސައިލް އަންނަ އަހަރު ތުރުކީއަށް ފޮނުވައިދޭނެ

ރަޝިއާއިން އެސް-400 ގެ މިސައިލް އަންނަ އަހަރު ތުރުކީއަށް ފޮނުވައިދޭނެ

22 އޯގަސްޓު 2018

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު