Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމަކީ ޓީޗަރުންގެ ދުވަސްވީ އުންމީދެއް

މި ވަގުތު 9،119 މުދައްރިސުން އަންނަނީ މަސައްކަތްކުރަމުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 30 އެޕްރީލު 2022 | ހޮނިހިރު 14:42
ޓީޗަރުންގެ މުސާރައަށް ބަދަލު ގެނެސްފައިވަނީ 2015 ވަނަ އަހަރު

ޓީޗަރުންގެ މުސާރައަށް ބަދަލު ގެނެސްފައިވަނީ 2015 ވަނަ އަހަރު

ޓީޗަރުންނަކީ ގައުމު ބިނާ ކުރުމުގެ މުހިންމު ދައުރެއް އަދާ ކުރާ ބައެއްކަން އަހަރެމެން އެންމެންވެސް ގަބޫލްކުރެއެވެ. ޅަދަރިންނަށް ތައުލީމު އުގަންނައިދީ އެ ކުދިން މުޖުތަމައުއަށް ބޭނުން ހިފޭ ބަޔަކަށް ހެދުމުގައި އިސްދައުރެއް އަދާ ކުރަނީ ޓީޗަރުންނެވެ. އެކި މިޒާޖުގެ އެތައް ކުދިންނަކާ ކުރިމަތިލައި, އެ ހުރިހާ ކުދިންނަށް އެނގޭ ގޮތަށް ފިލާވަޅުތައް ބުނެދިނުމަށް ކޮންމެ ދުވަހަކުވެސް އެމީހުން ބުރަ މަސައްކަތްތަކެއް ކުރެއެވެ.

ނަމަވެސް ޓީޗަރުންނަށް މިބުރަ މަސްއޫލިއްޔަތާ އެކަށީގެންވާ އުޖޫރައެއް ދެވޭބާވައެވެ؟ މުސާރައިގެ ކުރިއެރުމާއި މަގާމުގެ ކުރިއެރުން ނުލިބިގެން އެވާހަކަ ޓީޗަރުން ދައްކަމުން އަންނަތާ އެތައް ޒަމާންތަކެއް ވެއްޖެއެވެ. ކުރާ މަސައްކަތާ އެއްވަރުގެ އުޖޫރައެއް އެމީހުންނަށް ނުލިބޭ ކަމުގެ ޝަކުވާއަކީ އެމީހުންގެ އެންމެ ބޮޑު ޝަކުވާއެވެ. އެވާހަކަތައް ކަމާބެހޭ ފަރާތްތަކަށް އަޑު އިއްވުމަށް ޓީޗަރުން އެތައް ގޮތަކަށް މިހާތަނަށް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އެހެންނަމަވެސް އެމީހުން ބޭނުންވާ ހެޔޮ ބަދަލެއް މިހާތަނަށް އޮތީ ނުލިބިފައެވެ.

ޓީޗަރުންނަށް މުސާރައިގެ ކުރިއެރުމާއި މަގާމުގެ ކުރިއެރުން ނުލިބޭ މައްސަލައިގައި ޓީޗަރސް އެސޯސިއޭޝަނުން ކޯޓަށްވެސް ދާން ނިންމިއެވެ. އެމީހުން ބުނަމުުން އަންނަނީ ކޮވިޑްގެ ސަބަބުން މުސާރައިގެ ކުރިއެރުން މަޑުޖައްސާލާފައި އޮތް އެހެން ދާއިރާތަކަށްވެސް މުސާރައިގެ ކުރިއެރުން ދޭން ފެށިއިރު ޓީޗަރުންނަށް އެކަން އޮގަތަށް ނުހިނގާ ކަމަށެވެެ. ޕްރޮމޯޝަން ނުލިބުމުގެ ޝަކުވާ ގިނަ ޓީޗަރުން ކުރަމުން އަންނަކަމަށް އެއެސޯސިއޭޝަނުން ބުނެއެވެ.

އެހެންނަމަވެސް މި ހުރިހާ ކަމަކަށް ހައްލު ލިބިގެންދާނެކަމުގެ އުފާވެރި ޚަބަރު ސަރުކާރުން މިވަނީ ދީފައެވެ. ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ އާދީއްތަ ދުވަހުން ފެށިގެން ބޮޑުކުރައްވާ، މުސާރައިގެ އޮނިގަނޑު އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއުލާންކުރައްވަން މިވަނީ ނިންމަވާފައެވެ. އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، އެކަމާއި ގުޅޭ މައުލޫމާތުތައް ގައުމާއި މުޚާތަބުކުރައްވާ ރައީސް ހާމަކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ވަނީ ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ އެންމެ ދުވަސްވީ ޝަކުވާއަށް ހައްލެއް ގެނެސްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވާ ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ގައުމު ބިނާކޮށްދެއްވުމުގެ އެންމެ ބުރަ މަސައްކަތްކުރައްވާ ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރެއްވުމުގެ ވައުދު ފުއްދަވާއިރު، މުސާރަތައް 50 އިންސައްތައަށްވުރެ ބޮޑުކޮށްދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މި ވަގުތު 9،119 މުދައްރިސުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި 6،498 ދާއިމީ ދިވެހި މުދައްރިސުންނާއި، 1،730 ބިދޭސީ މުވައްޒަފުންނާއި ވަގުތީ 891 މުދައްރިސުންނެވެ.

ސަރުކާރުގެ ސްކޫލްތަކުގައި މަސައްކަތްކުރާ ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް، ޕޭ ކޮމިޝަނަށް ފޮނުވާފައިވާކަމަށް 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހު އެޑިޔުކޭޝަން މިނިސްޓަރ ޑރ އާއިޝަތު އަލީ ވަނީ ވިދާޅުވެފައެވެ. އެންމެފަހުން ޓީޗަރުންގެ މުސާރައަށް ބަދަލު ގެނެސްފައިވަނީ 2015 ވަނަ އަހަރުއެވެ. އެއޮނިގަނޑަށް އަމަލުކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުއެވެ.

ވުމާއެކު، ތައުލީމީ ދާއިރާގެ މުސާރަ ބޮޑު ކުރެއްވުމަށް ނިންމެވި ނިންމެވުމަކީ ގިނަ ބަޔަކަށް އުއްމީދުތަކެއް ލިބިގެން ދިޔަ ނިންމުމަކަށް މިވަނީ ވެފައެވެ. މިއީ ޓީޗަރުންގެ އެތައް ދުވަހެއްވީ ދިގު އިންތިޒާރެއްގެ ނިމުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެލާނީ: މޮޑެލްގެ ދުނިޔެ ބަދަލުކޮށްލި މޮޑެލެއް

މެލާނީ: މޮޑެލްގެ ދުނިޔެ ބަދަލުކޮށްލި މޮޑެލެއް

07 ޖޫން 2017
ވެރިކަން ބަދަލުވާ މަންޒަރު އެބަ ފެނޭތަ؟

ވެރިކަން ބަދަލުވާ މަންޒަރު އެބަ ފެނޭތަ؟

30 މެއި 2017
ކަރާގެ އަގަށް ރަމަޟާން މަހު މާބޮޑު ބަދަލުތަކެއް ނާންނާނެ: ވިޔަފާރިވެރިން

ކަރާގެ އަގަށް ރަމަޟާން މަހު މާބޮޑު ބަދަލުތަކެއް ނާންނާނެ: ވިޔަފާރިވެރިން

25 މެއި 2017
ޓްރަމްޕްގެ "ހޭޓް ސްޕީޗް" ގެ ބަދަލު: ސައުދީގެ އެންމެ މަތީ ޝަރަފު

ޓްރަމްޕްގެ "ހޭޓް ސްޕީޗް" ގެ ބަދަލު: ސައުދީގެ އެންމެ މަތީ ޝަރަފު

21 މެއި 2017
"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު