Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާ ޔޫކްރެއިން ހަނގުރާމަ

ރަޝިއާއިން ޑޮންބަސްގައި ވަރުގަދަ ހަމަލާތައް ދެމުންދިޔަ ނަމަވެސް އެއްވެސް ސަރަހައްދެއް ނުހިފޭ: ޔޫކްރެއިން

ޑޮންބަސް ސަރަހައްދުގައި ހަމަލާ ބަދަލުކުރުންތައް ދަނީ ހުއްޓުމެއް ނެތި ކުރިއަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 30 އެޕްރީލު 2022 | ހޮނިހިރު 14:06
ރަޝިއާއިން ވަނީ ހުޅަނގުން ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދެމުންދާ ދިއުމަކީ ހަނގުރާމަ ދިގުދެމިގެންދާން މެދުވެރިވާ އެއް ސަބަބުކަމަށާއި މިކަމުގެ ސަބަބުން ސުލްހައިގެ މަޝްްވަރާތަކަށްވެސް ހުރަސްއެޅޭކަމަށް ބު

ރަޝިއާއިން ޑޮންބަސްގައި ވަރުގަދަ ހަމަލާތަކެއް ދެމުންދާ ކަމަށާއި އެހެން ނަމަވެސް އެގައުމުން ހިފަން އަމާޒުކުރި އެއްވެސް ތަނެއް ނުހިފޭ ކަމަށް ޔޫކްރެއިނުން ބުނެފިއެވެ.

ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޔޫކްރެއިންގެ ޑޮންބަސް ސަރަހައްދަށް އަމާޒުކޮށް ރަޝިއާއިން ދެމުންދާ ހަމަލާތަކުގައި އެސަރަހައްދުގެ ތިން ތަނެއް ހިފުމަށް ރަޝިއާއިން ވަނީ އަމާޒު ހިފާފައެވެ. އެއީ ޑޮނެސްކްގެ ލީމަން ގެ އިތުރުން ލުހާންސްގެ ސިއެވިއެރޮޑޮނެސްކް އަދި ޕޮޕަސްނާ ކަމަށް ޔޫކްރެއިންގެ އަސްކަރިއްޔާއާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.

ޔޫކްރެއިން އަސްކަރިއްޔާއާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާގޮތުގައި އެސަރަހައްދުގައި ހަމަލާ ބަދަލުކުރުންތައް ދަނީ ހުއްޓުމެއް ނެތި ކުރިއަށެވެ.

ރަޝިއާއިން ވަނީ ހުޅަނގުން ޔޫކްރެއިންއަށް ހަތިޔާރު ފޯރުކޮށްދެމުންދާ ދިއުމަކީ ހަނގުރާމަ ދިގުދެމިގެންދާން މެދުވެރިވާ އެއް ސަބަބުކަމަށާއި މިކަމުގެ ސަބަބުން ސުލްހައިގެ މަޝްްވަރާތަކަށްވެސް ހުރަސްއެޅޭކަމަށް ބުނެފައެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގެއި ލަވްރޯވް ވަނީ ހުޅަނގުން ރަޝިއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަކީ ސުލްހައިގެ މަޝްވަރާތުގެ ބައެއްކަމަށް ވިދާޅުވެފައެވެ. ލަވްރޯވް ވަނީ މި މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި އެހެން ނަމަވެސް ކޮންމެ ދުވަހަކުވެސް އޮންލައިންކޮށް މަޝްވަރާތައް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.

ލަވްރޯވް ވަނީ ނޭޓޯގެ ގައުމުތަކާ އެމެރިކާއިން ހަގީގަތުގައިވެސް މި ހަނގުރާމަ ހުއްޓާލަން އެދޭކަމަށް ވާނަމަ ޔޫކްރެއިނަށް ހަތިޔާރު ފޮނުވުން ހުއްޓާލަން ޖެހޭކަމަށް ވިދާޅުވެފައެވެ.

ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކްރެއިނަށް ހަމަލާދޭން ފެށުމާއެކު ރަޝިއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ދަނީ ތަކުރާރުކޮށް ގޮވާލައްވަމުންނެވެ. އަދި މި ފިޔަވަޅުތައް ވަރުގަދަވާން ޖެހޭ ކަމަށާއި މިފިޔަވަޅުތައް އުވާލުމަކީ ސުލްހައިގެ މަޝްވަރާތަކުގައި ހިމެނިގެންވާނެ ކަމެއް ނޫންކަމަށްވެސް ރައީސް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

މިހުކުރު ދުވަހު ޒެލެންސްކީ ވަނީ ރަޝިއާއިން މިގެންގުޅެމުންދާ އުސޫލުތަކުގެ ސަބަބުން ކުރިއެރުމެއް ނުލިބި ސުލްހައިގެ މަޝްވަރާތައް ނިމުމަކަށް އައުން ވަރަށް ގާތްކަމަށް ވިދާޅުވެފައެވެ.

ޔޫކްރެއިންގެ ރައީސް މިހެން ވިދާޅުވެފައިވާއިރު، ރަޝިއާއިން ވަނީ ސުލްހައިގެ މަޝްވަރާތަކުގައި ޔޫކްރެއިނުން ދެފަހަރު އެކައްޗެއް ނުކިޔާ ކަމަށާއި މީގެ ސަބަބުން ސުލްހައިގެ މަޝްވަރާތަކުން އެއްވެސް ކުރިއެރުމެއް ނުފެންނަަކަމަށް ބުނެފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ޔޫކްރެއިނަށް އެހީވުމަށް 33 ބިލިއަން އެމެރިކާ ޑޮލަރުގެ ޕެކޭޖެއް ހުށަހަޅުއްވާފައެވެ، މީގެ ތެރެއިން 20 ބިލިއަން ޑޮލަރު ހަރަދުކުރެވިގެންދާނީ ހަތިޔާރު ހޯދުމަށްކަމަށް ރިޕޯޓުތައް ބުނެއެވެ. އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސް ގެ ރައީސް ނޭންސީ ޕެލޯސީ ވަނީ އެގައުމުގެ ކޮންގްރެސް އިން ވާހާވެސް އަވަހަކަށް މިޕެކޭޖް ފާސްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ރަޝިއާއިން ބުނަނީ އެގައުމުން ޔޫކްރެއިންގައި ކުރިއަށް ގެންދަނީ އަސްކަރީ އޮޕަރޭޝަނެއް ކަމަށެވެ. ނަމަވެސް ޔޫކްރެއިން އަދި ހުޅަނގުގެ ގައުމުތަކުން ބުނަމުންދަނީ މިއީ އެއްވެސް ސަބަބެއް ނެތި ރަޝިއާއިން ފެށި ހަނގުރާމައެއް ކަމަށެވެ.

ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ ސިޓީތައް ބިމާ ހަމަވެގެންދާއިރު، އެތައް މިލިއަން ބައެއްގެ ގެދޮރު ގެއްލި ފަސް މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ ރެފިއުޖީންގެ ގޮތުގައި އެހެން ގައުމުތަކަށް ހިޖުރަކުރަން މަޖުބޫރުވެފައެވެ.

ޔޫކްރެއިންގެ ވެރިރަށަށް އަމާޒުކޮށް ހަމަލާތައް ދިނުމަށްފަހު މިހާރު ރަޝިއާއިން ހަމަލާތައް ވަރުގަދަކޮށްފައި ވަނީ ޑޮންބަސް ސަރަހައްދުގައެވެ. ރަޝިއާއިން ބުނަމުންދަނީ ޑޮންބަސް ސަރަހައްދުގައި ކުރާ ހަމަލާ ބަދަލުކުރުން ތަކަކީ ލުހާންސް އަދި ޑޮނެސްކްގެ މިނިވަންކަން ކަށަވަރުކުރުމަށް ކުރާ ކަމެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުތުރު ކޮރެއާގެ ނިއުކްލިއަރ ޓެސްޓް:ވަރުގަދަ އަސްކަރީ ރައްދެއްގެ އިންޒާރު އެމެރިކާއިން ދީފި

އުތުރު ކޮރެއާގެ ނިއުކްލިއަރ ޓެސްޓް:ވަރުގަދަ އަސްކަރީ ރައްދެއްގެ އިންޒާރު އެމެރިކާއިން ދީފި

04 ސެޕްޓެމްބަރު 2017
އަފްޣާނުގައި ހަަރަކާތްތެރިވާ ގުޅިފައިވާ ސިފައިންގެ ކޯލިޝަނަށް ވަރުގަދަ ހަމަލާތަކެއް ދީފި

އަފްޣާނުގައި ހަަރަކާތްތެރިވާ ގުޅިފައިވާ ސިފައިންގެ ކޯލިޝަނަށް ވަރުގަދަ ހަމަލާތަކެއް ދީފި

04 އޯގަސްޓު 2017
ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ

ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ

18 ޖޫން 2017
އައިއެސްގެ ޚިލާފަތު އިއުލާން ކުރި މިސްކިތް ވަށާލާ އައިއެސް އިން އިރާގު ސިފައިންނާ ވަރުގަދަ ކުރިމަތިލުމަކަަށް!

އައިއެސްގެ ޚިލާފަތު އިއުލާން ކުރި މިސްކިތް ވަށާލާ އައިއެސް އިން އިރާގު ސިފައިންނާ ވަރުގަދަ ކުރިމަތިލުމަކަަށް!

01 ޖޫން 2017
ހަތްދިހަ ހަތަރު ޤައުމަކަށް ވަރުގަދަ ސައިބަރ އެޓޭކެއް!

ހަތްދިހަ ހަތަރު ޤައުމަކަށް ވަރުގަދަ ސައިބަރ އެޓޭކެއް!

13 މެއި 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު