Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްދީނުގެ މަގު

ކޮންމެ ހެޔޮ ބަދަލެއް ދަމަހައްޓަން ޖެހޭނެއެވެ.

30 އެޕްރީލު 2022 | ހޮނިހިރު 06:09

ތިމާގެ އުޅުމާއި އަޚްލާގާއި އަމަލުތަކަށް އަންނަ ހެޔޮ ބަދަލަކީ ދަމަހައްޓަންޖެހޭނެ ކަމެއް

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 30 އެޕްރީލު 2022 | ހޮނިހިރު 06:09
މިސްކިތެއްގައި ބަޔަކު ނަމާދުކުރަނީ

މިސްކިތެއްގައި ބަޔަކު ނަމާދުކުރަނީ

ރަމަޟާން މަހަކީ މުސްލިމުންގެ ދިރިއުޅުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސްދޭ މަހެކެވެ. ރަމަޟާން މަހުގައި މުސްލިމުން ކައިބޮއެ އުޅެނީ އެހެން މަސްމަހާ ތަފާތު ވަގުތުތަކެއްގައެވެ. ދުވާލުގެ ވަގުތުތަކުގައި ތިބޭނީ، އެއްވެސް އެއްޗެއް ނުކައިނުބޮއެވެ. ރަމަޟާން މަހުގައި މަސައްކަތުގެ ވަގުތަށާއި އަރާމު ކުރުމުގެ ވަގުތަށް ވެސް ބަދަލުތަކެއް އާދެއެވެ. މި ހުރިހާ ކަމެއްގެ އިތުރަށް، މުސްލިމުންގެ ވިސްނުމާއި ސުލޫކަށް ހެޔޮ ބަދަލުތަކެއް އާދެއެވެ. ނުވަތަ އަންނަންޖެހެއެވެ.

ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް ފާއިތުވެ ދިޔުމުން އަޅުގަނޑުމެން އެނބުރި ދަނީ، ރަމަޟާން މަސް އައުމުގެ ކުރިން ދިރިއުޅުމުގެ ކަންތައްތައް ހަމަޖެހިފައި އޮންނަ ނިޒާމަށެވެ. ކައިބޮއި އުޅުމާއި މަސައްކަތާއި އަރާމުގެ ކަންތައްތަކުގައި ވެސް އެނބުރި ދަނީ ކުރީގެ ގޮތަށެވެ.

މިކަން އޮތީ މިހެން ކަމުގައި ވިޔަސް، ރަމަޟާން މަސް ދިޔުމުން އަޅުގަނޑުމެންގެ ވިސްނުމާއި ސުލޫކަށް ބަދަލު އަންނަން ޖެހޭނެތޯއެވެ؟ އެ މަހުގެ ތެރޭގައި ދަސްވި ހެޔޮ ގޮތްތައް ދޫކޮށް، ކުރީގެ ގޮތްތަކަށް އެނބުރިދާންވީތޯއެވެ؟ މި ސުވާލު ހިތަށްއަރާ ސަބަބަކީ، އަޅުގަނޑުމެންގެ އަމަލުތައް ހުންނަ ގޮތެވެ. ހެޔޮކަންތައް ކުރުމުގައި ރަމަޟާން މަހަކީ އިސްތިސްނާއެއް ކަމުގައި ގިނަ މީހުންނަށް ބެލޭކަމެވެ. ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކަށް ވެސް ގަބޫލު ކުރެވޭނޭ ފަދައިން، ތިމާގެ އުޅުމާއި އަޚްލާގާއި އަމަލުތަކަށް އަންނަ ހެޔޮ ބަދަލަކީ ދަމަހައްޓަންޖެހޭނެ ކަމެކެވެ. ތިމާ އިސްލާހުވުމަށްފަހު ފާސިދު ކަމުގެ ތެރެއަށް އެނބުރި ދާންވީ ސަބަބެއް ނެތެވެ.

ކަން އޮތީ މިހެން ކަމުގައި ވަނީނަމަ، ރަމަޟާން މަހު މުސްލިމުން އަދާކުރަންޖެހޭ މުހިއްމު އަޅުކަން އަދާކުރުންމަތީ ދެމިތިބުމުގެ ސަބަބުން، އެބައި މީހުންގެ ނަފްސުތަކަށް އަންނަ އިސްލާހާއި އެބައިމީހުންގެ އީމާން ކަމަށާއި، ތަގުވާވެރިކަމަށް އަންނަ ބަދަހިކަމަށް އެމަސް ދިއުމަށްފަހުވެސް އެއްވެސް އުނިކަމެއް އަޔަދީގެން ނުވާނެވެ.

އާދޭހެވެ. ތަގުވާވެރިވުމަކީ ވަކި ދުވަސްވަރަކަށް އޮތް ކަމެއް ނޫނެވެ. ތައުބާވުމާއި، ހެޔޮ އަމަލުތައް ކުރުމާއި، ދީލަތި ވުމާއި، ފަގީރުންނާއި ނިކަމެތީންނަށް އެހީ ފޯރުވުމާއި، ރުޅިމަޑުކުރުމާއި، ބަހާއި އަމަލުގައި އަނެކުންނަށް އޯގާވެރިވުމަކީވެސް، އަހަރުގެ ތެރޭގައި އަންނަ ވަކި ދުވަސްވަރަކަށް އޮތްކަމެއް ނޫނެވެ. ރަމަޟާން މަސް ދިއުމާއެކު، އަޅުގަނޑުމެން ހަނދާންކުރަންވީ ކަމަކީ މިއީއެވެ.

ނޯޓް: "ދީނުގެމަގު" މި ނޫހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1986ން 2008ށް ނެރުނު ނޫހެކެވެ. މި ނޫސް ނެރުމުގެ ބޭނުމަކީ، އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމީ އުޚުއްވަތްތެރިކަމުގެ ރޫހު ފެތުރުމެވެ. މި ނޫސް އޭރު ނެރެފައިވަނީ ހަފުތާއަކު އެއްފަހަރުއެވެ. މި ލިޔުމަކީ ދީނުގެމަގުގައި ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

25 މާރިޗު 2023

ނަބިއްޔާގެ ސީރަތުން، ތަރުބަވީގޮތުން އަޅުގަނޑުމެންގެ ޙަޔާތަަށް އެތައް ބަދަލެއް ގެނުވާނެ: ޑރ. ޢަލީ ޒާހިރު

25 މާރިޗު 2023
ނަބިއްޔާގެ ސީރަތުން، ތަރުބަވީގޮތުން އަޅުގަނޑުމެންގެ ޙަޔާތަަށް އެތައް ބަދަލެއް ގެނުވާނެ: ޑރ. ޢަލީ ޒާހިރު
26 އެޕްރީލު 2022

ތެދު ބުނުމަކީ ހެޔޮކަންތަކަށް މަގު ދައްކާ ކަމެކެވެ.

26 އެޕްރީލު 2022
ތެދު ބުނުމަކީ ހެޔޮކަންތަކަށް މަގު ދައްކާ ކަމެކެވެ.
25 އެޕްރީލު 2022

ހެޔޮކަންތަކަށް ވާގިވެރިވުން

25 އެޕްރީލު 2022
ހެޔޮކަންތަކަށް ވާގިވެރިވުން
24 އެޕްރީލު 2022

މުސްލިމުންގެ ގޮތަކީ އެކަކު އަނެކަކާމެދު ހެޔޮކޮށް ހީކުރުމެވެ

24 އެޕްރީލު 2022
މުސްލިމުންގެ ގޮތަކީ އެކަކު އަނެކަކާމެދު ހެޔޮކޮށް ހީކުރުމެވެ
23 އެޕްރީލު 2022

ހެޔޮކަންތައް ކުރަންވީ ހެޔޮކަމަކަށްވީތީއެވެ.

23 އެޕްރީލު 2022
ހެޔޮކަންތައް ކުރަންވީ ހެޔޮކަމަކަށްވީތީއެވެ.
18 އެޕްރީލު 2021

ކޮންމެ ރެއަކު ﷲގެ ހަޟުރަތުން ރަޙްމަތް ބާވައިލެއްވޭހިނދު އެކަމަށް ރޯދަމަހު ޣާފިލު ނުވަމާ!

18 އެޕްރީލު 2021
ކޮންމެ ރެއަކު ﷲގެ ހަޟުރަތުން ރަޙްމަތް ބާވައިލެއްވޭހިނދު އެކަމަށް ރޯދަމަހު ޣާފިލު ނުވަމާ!
05 އޯގަސްޓު 2020

ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން ދާއިރު ވެސް ގައިދުރު ކުރުމާއި މާސްކު އެޅުމާމެދު ރާއްޖޭގެ ދީނީ ފަތުވާ ބަދަލެއް ނުވޭ

05 އޯގަސްޓު 2020
ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން ދާއިރު ވެސް ގައިދުރު ކުރުމާއި މާސްކު އެޅުމާމެދު ރާއްޖޭގެ ދީނީ ފަތުވާ ބަދަލެއް ނުވޭ
11 އޮކްޓޯބަރު 2019

ކޮންމެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީން ދިފާއުކުރަންޖެހޭ: ޚުތުބާ

11 އޮކްޓޯބަރު 2019
ކޮންމެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީން ދިފާއުކުރަންޖެހޭ: ޚުތުބާ
14 ޖޫން 2018

ހެޔޮކަންތަކަށް އަމުރުކުރުން: މަށާ ބެހޭކަމެއް ނޫން؟

14 ޖޫން 2018
ހެޔޮކަންތަކަށް އަމުރުކުރުން: މަށާ ބެހޭކަމެއް ނޫން؟
15 މެއި 2018

ކޮންމެހެން ކިޔާލަންޖެހޭ، ރޯދައާ ގުޅޭ މުހިންމު ސުވާލުތަކެއް ޖަވާބާއެކު

15 މެއި 2018
ކޮންމެހެން ކިޔާލަންޖެހޭ، ރޯދައާ ގުޅޭ މުހިންމު ސުވާލުތަކެއް ޖަވާބާއެކު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް