Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕްލާސްޓިކް ކުނި

ކުނީގެ ގޮތުގައި އުކާލާ ޕްލާސްޓިކް ފަނާކޮށްލާ އެންޒައިމެއް ސައިންޓިސްޓުން އުފައްދައިފި

30 އެޕްރީލު 2022 | ހޮނިހިރު 05:59

ދުނިޔޭގައި އަހަރަކު 400 މިލިއަން ޓަނުގެ ޕްލާސްޓިކް ކުނި އުފެދޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 30 އެޕްރީލު 2022 | ހޮނިހިރު 05:59
ޕްލާސްޓިކް ކުނި

ޕްލާސްޓިކް ކުނި

ކުނީގެ ގޮތުގައި އުކާލާ ޕްލާސްޓިކް 24 ގަޑިއިރުވެސް ނުވަނީސް ކުދިކުދި ކޮށްލާ އެންޒައިމެއްގެ ވޭރިއަންޓެއް ސައިންޓިސްޓުން އުފައްދައިފިއެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ ޕްލާސްޓިކް ކުނީގެ ބޮޑު މައްސަލައަށް މި ވޭރިއަންޓް ބޭނުން ކޮށްގެން ކޮންމެވެސް ވަރަކަށް ނަމަވެސް ހައްލު ހޯދިދާނެކަމުގެ އުންމީދު ވަނީ އާވެފައެވެ.

ފޯބްސް މެގަޒިން ބުނާގޮތުން، އޮސްޓިންގައި ހުންނަ ޔުނިވަރސިޓީ އޮފް ޓެކްސަސްގެ ރިސަރޗް ގްރޫޕަކުން ބުރާސްފަތި ދުވަހު އިއުލާންކޮށްފައިވާ ގޮތުގައި، އެމީހުން ވަނީ އާޓިފިޝަލް އިންޓެލިޖަންސް ބޭނުންކޮށްގެން ހައިޑްރޯލޭސް ކިޔާ ބާވަތުގެ އެންޒައިމެއް އުފައްދާފައެވެ. އަދި މިއެންޒައިމް ބޭނުން ކޮށްގެން ޕީއީޓީ ޕްލާސްޓިކް ކުދި ކޮށްލައި، އެންމެ ކުދި މޮލިކިއުލް ސްޓޭޖާ ހަމައަށް ކުދިކޮށްލައެވެ. އަދި މިގޮތުން ދެން އުފެދޭ ބާވަތް ބޭނުން ކޮށްގެން އައު ޕްރޮޑަކްޓްތައް ހެދޭނެކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ. މިއީ ރިސައިކްލް ކުރުމުގެ އައު ވައްތަރެއް ކަމަށާއި، މިގޮތުން މުގުރާލެވޭ ޕްލާސްޓިކް ބޭނުން ކޮށްގެން ވަރަށް ބައިވަރު ކަންތައް ކުރެވިދާނެކަމަށް އެގްރޫޕްގެ ލީޑް ރިސަރޗަރއާ ހަވާލާދީ ފޯބްސްގައި ރިޕޯޓް ކޮށްފައި ވެއެވެ. މިގޮތުން ވޭސްޓް މެނޭޖްމަންޓްގެ ބޭރުންވެސް އެކި ކުންފުނި ތަކުން އަމިއްލަ ޕްރޮޑަކްޓްތައް ރިސައިކަލްކުރުމުގެ ފުރުސަތު ފުޅާވެގެން ދާނެކަމަށް ރިސަރޗަރުން ބުނެފައިވެއެވެ.

ޕީއީޓީ ޕްލާސްޓިކްއަކީ އާންމުކޮން އެންމެ ގިނައިން ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކެވެ. މިގޮތުން ދުނިޔޭގައި އިންސާނުން އުފައްދާ ކުނީގެ 12 އިންސައްތަ މިބާވަތުގެ ޕްލާސްޓިކް ހިއްސާކުރެއެވެ. އޭގެ ތެރޭގައި، އެކި ބުއިންތައް ބަންދު ކޮށްފައި ހުންނަ ފުޅިއާއި އަދި ކާތަކެތި އެޅުމަށް އެއްފަހަރު ބޭނުންކޮށްފައި އެއްލާލާގޮތަށް ހަދާފައި ހުންނަ ޓްރޭފަދަ ތަކެތި ހިމެނެއެވެ.  

އަލަށް އުފެއްޒި އެންޒައިމް ބޭނުންކޮށްގެން، ކުލަކުލައިގައި ހުންނަ ޕީއީޓީ ފުޅިއާއި އެހެންވެސް ބާވަތްތައް ހަމަ އެއްވަރަކަށް ވީރާނާ ކޮށްލާކަމަށް ވެއެވެ.

މިފަދަ އެންޒައިމްތައް ބޭނުންކޮށްގެން ޕީއީޓީ ޕްލާސްޓިކް ނައްތާލުމަށް ކުރިން ކުރެވެމުން އައި މަސައްކަތް ވަނީ މުޅިން ކާމިޔާބުވާގޮތް ނުވެފައެވެ. ސަބަބަކީ އޭރުގެ ޕްރޯސެސްތަކަށް ބޭނުންވާ ހޫނުމިން މާމަތިވުންފަދަ ސަބަބުތަކާ ހުރެއެވެ. ނަމަވެސް އައު އެންޒައިމް ތަފާތުކަމަށް ރިސަރޗަރުން ބުނެފައިވެއެވެ.

ދުނިޔޭގައި އަހަރަކު 400 މިލިއަން ޓަނުގެ ޕްލާސްޓިކް ނައްތާލަން ޖެހިފައިވާއިރު، ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރުމަށް އައު އީޖާދުތަކަށް ވަނީ ވަރަށް ބޮޑަށް ބޭނުންވެފައެވެ. އުފެދޭ ޕްލާސްޓިކް ކުނީގެ ތެރެއިން ރިސައިކަލް ކުރެވެނީ އެންމެ 10 އިންސައްތައެވެ. އަނެއްބައި ތިމާވެށީގެ ތެރެޔަށް ދޫކޮށްލެވި، އެތަންތަނުގައި ހުރެ ހަލާކުވެދެއެވެ. މިކަމުގެ ސަބަބުން ކަނޑުތަކާއި ކޯރުތަކުގެ އިތުރުން ޖަނާވާރުތަކަށާ ކަނޑުގެ ދިރުންތަކަށްވެސް ދަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ. ޕްލާސްޓިކް އާންމުވެގެންގޮސް މިހާރު މިވަނީ ދުނިޔޭގެ ކޮންމެ ތާކަށް ބެލިއަސް ޕްލާސްޓިކް ފެންނަ ހިސާބަށް ގޮސްފައެވެ. ދާދި ފަހުން ވަނީ އިންސާނުންގެ ލެއިންވެސް މައިކްރޯ ޕްލާސްޓިކް ފެނިފައެވެ.

ޕްލާސްޓިކް ދުނިޔޭގެ ވެށި ތަޣައްޔަރުކުރާ މައްސަލައަށް ހައްލު ހޯދުމަށް އދ ގެ 175 މެމްބަރު ގައުމު ގުޅިގެން މިދިޔަ މާޗް މަހުވަނީ ޚާއްސަ މުއާހަދާއެއްވެސް އެކުލަވާލާފައެވެ. މިފަދަ މުއާހަދާއެއްގެ އެއް ބޭނުމަކަށް ވާނީ ޕްލާސްޓިކް އުފެއްދުން ކޮންޓްރޯލްކޮށް، އޯވަރސަޕްލައިކުރުން ހުއްޓުވުމެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

06 އޯގަސްޓު 2020

މައިކްރޯ-ޕްލާސްޓިކް އެންމެ ގިނަ ޤައުމަކަށް ރާއްޖެ - އެއް ސަބަބަކީ ރައްކާތެެރިކަމާއެކު ކުނި ނައްތާ ނުލެވުން!

06 އޯގަސްޓު 2020
މައިކްރޯ-ޕްލާސްޓިކް އެންމެ ގިނަ ޤައުމަކަށް ރާއްޖެ - އެއް ސަބަބަކީ ރައްކާތެެރިކަމާއެކު ކުނި ނައްތާ ނުލެވުން!
31 ޖުލައި 2020

ޔޫނިއަން ޓެރިޓަރީއެއްގެ ގޮތުގައި ކަޝްމީރަށް އެއް އަހަރު، އޭރު ދެއްކި ވާހަކަތަކުގެ ހަގީގަތަކީ ކޮބާ؟

31 ޖުލައި 2020
ޔޫނިއަން ޓެރިޓަރީއެއްގެ ގޮތުގައި ކަޝްމީރަށް އެއް އަހަރު، އޭރު ދެއްކި ވާހަކަތަކުގެ ހަގީގަތަކީ ކޮބާ؟
02 ޑިސެމްބަރު 2019

މާފަރު އެއަރޕޯޓް: ރައްޔިތުން ސިފަ ކުރަނީ "ރަން ބިސް އަޅާ" ކުކުޅެއްގެ ގޮތުގައި!

02 ޑިސެމްބަރު 2019
މާފަރު އެއަރޕޯޓް: ރައްޔިތުން ސިފަ ކުރަނީ "ރަން ބިސް އަޅާ" ކުކުޅެއްގެ ގޮތުގައި!
12 އޮކްޓޯބަރު 2019

ރައީސް ޔާމީން : ސިޔާސީ މަންފާއަށް ދީން އައްޑަނައެއްގެ ގޮތުގައި ނެގުން ހުއްޓާނީ ކޮން އިރަކުންތޯ؟

12 އޮކްޓޯބަރު 2019
ރައީސް ޔާމީން : ސިޔާސީ މަންފާއަށް ދީން އައްޑަނައެއްގެ ގޮތުގައި ނެގުން ހުއްޓާނީ ކޮން އިރަކުންތޯ؟
01 އެޕްރީލު 2019

ސަރުކާރު ބާއްވަންވީ ދަތްނެތް ސިންގާއެއްގެ ގޮތުގައި ހެއްޔެވެ؟

01 އެޕްރީލު 2019
ސަރުކާރު ބާއްވަންވީ ދަތްނެތް ސިންގާއެއްގެ ގޮތުގައި ހެއްޔެވެ؟
07 ޖެނުއަރީ 2019

ކުދި ޕާޓީތައް ކޯލިޝަނެއްގެ ގޮތުގައި މަޖިލީހަށް ނުކުމެއްޖެ ނަމަ!؟

07 ޖެނުއަރީ 2019
ކުދި ޕާޓީތައް ކޯލިޝަނެއްގެ ގޮތުގައި މަޖިލީހަށް ނުކުމެއްޖެ ނަމަ!؟
23 އޮކްޓޯބަރު 2018

ކަނޑުގެ ދިރުންތައް ޕްލާސްޓިކްގެ ޝިކާރައަކަށް!

23 އޮކްޓޯބަރު 2018
ކަނޑުގެ ދިރުންތައް ޕްލާސްޓިކްގެ ޝިކާރައަކަށް!
26 ޖޫން 2018

އެމްޑީޕީގެ އަހަރީ ދުވަހުގެ އަޒުމު: އިދިކޮޅު ޕާޓީގެ ގޮތުގައި އަހަރީ ދުވަސް ފާހަގަކުރާ މިއީ ފަހު އަހަރު

26 ޖޫން 2018
އެމްޑީޕީގެ އަހަރީ ދުވަހުގެ އަޒުމު: އިދިކޮޅު ޕާޓީގެ ގޮތުގައި އަހަރީ ދުވަސް ފާހަގަކުރާ މިއީ ފަހު އަހަރު
09 އޮކްޓޯބަރު 2017

ރައީސް ޔާމީން މޮޅު ގޮނޑީގައި، އިސްރަށްވެހިން ޕްލާސްޓިކް ގޮނޑީގައި

09 އޮކްޓޯބަރު 2017
ރައީސް ޔާމީން މޮޅު ގޮނޑީގައި، އިސްރަށްވެހިން ޕްލާސްޓިކް ގޮނޑީގައި
02 ސެޕްޓެމްބަރު 2017

މިއީ ހަމަ ރަނގަޅަށްވެސް "ޕްލާސްޓިކް" ސަރުކާރެއް!؟

02 ސެޕްޓެމްބަރު 2017
މިއީ ހަމަ ރަނގަޅަށްވެސް "ޕްލާސްޓިކް" ސަރުކާރެއް!؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް