Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެމްޓީސީސީގެ އަހަރީ ރިޕޯޓު

2021 ވަނަ އަހަރު އެމްޓީސީސީއަށް 271.8 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

30 އެޕްރީލު 2022 | ހޮނިހިރު 06:46

މިއީ އެމްޓީސީސީގެ ދިގު ތާރީޚުގައި ލިބިފައިނުވާވަރުގެ ބޮޑު ފައިދާއެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 30 އެޕްރީލު 2022 | ހޮނިހިރު 06:46
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

2021 ވަނަ އަހަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް 232 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މިއީ އެ ކުންފުނީގެ 41 އަހަރުވީ ދިގު ތާރީޚުގައި އެކުންފުންޏަށް ލިބިފައިނުވާވަރުގެ ބޮޑު ފައިދާއެކެވެ. އެމްޓީސީސީގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އެކުންފުނިން ވަނީ އާންމުކޮށްފައެވެ.

މި ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރު އެކުންފުންޏަށް ވަނީ ރެކޯޑު އަދަދެއްގެ ބޮޑު އާމްދަނީއެއް ލިބިފައެވެ. މިދިޔަ އަހަރު އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނިން ހާމަކުރެއެވެ. މިއީ 2020 ވަނަ އަހަރު އެކުންފުންޏަށް ލިބުނު އާމްދަނީއަށްވުރެ 43 އިންސައްތަ ބޮޑު އަދަދެއް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. 2020 ވަނަ އަހަރު އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.3 ބިލިއަން ރުފިޔާއެވެ.

އެމްޓީސީސީން ބުނީ 2021 ވަނަ އަހަރު އެކުންފުންޏަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިމާރާތްކުރުމާއި ބިން ހިއްކުމުގެ މަސައްކަތުން ކަމަށެވެ. 2021 ވަނަ އަހަރު ލިބުނު ފައިދާގެ 83.20 އިންސައްތަ މި ދެ މަސައްކަތުން ހިއްސާކުރާކަމަށާއި، އެއީ 1.6 ބިލިއަން ރުފިޔާ ކަމަށް އެކުންފުނިން ހާމަކުރެއެވެ. 12.20 އިންސައްތަ ވިޔަފާރިން ލިބުނު އާމްދަނީ ހިއްސާކުރާއިރު، އެއީ 240 މިލިއަން ރުފިޔާއެވެ. ދަތުރުފަތުރުން 58 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، އެހެނިހެން މަސައްކަތްތަކުން 17 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

2021 ވަނަ އަހަރު، ޓެކްސްއަށް ކެނޑުމުގެ ކުރިން އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 271.82 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނިން ހާމަކުރެއެވެ. މިއީ އެކުންފުނީގެ 41 އަހަރުގެ ދިގު ތާރީޚުގައިވެސް މިހާ ބޮޑު ފައިދާއެއް ލިބުނު ފުރަތަމަ ފަހަރެވެ. ޓެކްސްއަށް ކެނޑުމަށްފަހު، 2021 ވަނަ އަހަރުގެ ފައިދާގެ ގޮތުގައި އެމްޓީސީސީއަށް 232 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

2021 ވަނަ އަހަރު އެމްޓީސީސީން ވަނީ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ހިންގާފައެވެ. އެގޮތުން އަހަރުތެރޭގައި އުމްރާނީ ތަރައްގީގެ އައު 57 މަސްރޫއެއް އެ ކުންފުންޏާ ހަވާލުކޮށް، 27 މަޝްރޫއެއްގެ މަސައްކަތް ކާމިޔާބުކަމާއެކު ވަނީ ނިންމިފައެވެ. ކުންފުނީގެ އާންމު ވިޔަފާރި ދާއިރާއާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތުއެކި މާކެޓިންގ ހަރަކާތްތަކެއްވެސް ވަނީ ހިންގާފައެވެ.

އަދި މުޅި ދިވެހިރާއްޖޭގެ އާންމު ދަތުރުފަތުރުގެ ޚިދުމަތް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން، ގްރޭޓަރ މާލެ ސަރަހައްދާއި އަތޮޅުތެރޭގައި ދެމުންއައި އާންމު ބަހާއި ފެރީގެ ޚިދުމަތްވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ. ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީގެ ނިޒާމަކުން، އެއް ވިއުގައަކުން ގުޅާލުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީވެސް 2021 ވަނަ އަހަރު ތެރޭގައެވެ. އަދި ކުންފުނީގެ މަޝްރޫއުތައް ހިނގަމުންދާ ރަށްރަށަށް ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަނީ ޖުމުލަ 304 ހަރަކާތެއް ހިންގައި، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ ގިނަ މަސައްކްތަކެއް ކޮށްދީފައެވެ.

އެމްޓީސީސީން މިހާރު ގެންދަނީ އެ ކުންފުނީގެ އެކި ވިޔަފާރިތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތައް އެކުލަވާލައި، ހާލަތު ބަދަދަލުވަމުންދާ މިންވަރަށް ރިއާޔަތްކޮށް މުރާޖައާކުރަމުންނެވެ. އަދި އީޖާދީ ތަރައްގީއަށް ހިތްވަރުދިނުމާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނީގެ ކަންކަން އިސްލާހުކުރުމުގައި މެދުނުކެނޑި މަސައްކަތް ކުރާނެކަމަށް އެމްޓީސީސީން ބުނެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
23 ޖެނުއަރީ 2017

އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި

23 ޖެނުއަރީ 2017
އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
15 ޖެނުއަރީ 2017

މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

15 ޖެނުއަރީ 2017
މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
07 ޖެނުއަރީ 2017

2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް 73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ

07 ޖެނުއަރީ 2017
2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް  73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް