Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އދ ގެ މައި މަރުކަޒުގައި ޝާހިދު ހުކުރު ކުރެއްވުން

އދގެ މައި މަރުކަޒުގައި ޝާހިދު އިމާމުވެ ހުކުރު ކުރައްވައިފި

ކޮންމެ ހުކުރު ދުވަހަކު އދ ގެ މައި މަރުކަޒުގައި އިސްލާމީ ގައުމުތަކުގެ މަންދޫބުންނާއި އދ ގައި މަސައްކަތްކުރާ މުސްލިމު މުވައްޒަފުން ޖަމާއަތުގައި ހުކުރު ނަމާދުކުރޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 30 އެޕްރީލު 2022 | ހޮނިހިރު 02:14
އދ ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިމާމުވެ ހުކުރު ކުރައްވަނީ

އދ ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިމާމުވެ ހުކުރު ކުރައްވަނީ

ނިއުޔޯކުގައި ހުންނަ އދ ގެ މައި މަރުކަޒުގައި, އދ ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިމާމުވެ ހުކުރު ނަމާދުކުރައްވައިފިއެވެ.

މިއީ އދ ގެ އާންމު މަޖިލީހުގެ ރައީސަކު، އެޖަމްއިއްޔާގެ މައި އިދާރާގައި އިމާމުވެ ހުކުރު ކުރައްވާ ފުރަތަމަ ފަހަރެވެ. ކޮންމެ ހުކުރު ދުވަހަކު އދ ގެ މައި މަރުކަޒުގައި އިސްލާމީ ގައުމުތަކުގެ މަންދޫބުންނާއި އދ ގައި މަސައްކަތްކުރާ މުސްލިމު މުވައްޒަފުން ޖަމާއަތުގައި ހުކުރު ނަމާދުކުރެއެވެ.

Advertisement - newsAdvertisement

ޝާހިދު ދެއްވި ހުކުރު ޚުތުބާގައި ވިދާޅުވީ, ލީޑަރޝިޕްގެ އެންމެ މުހިންމު އަސާސަކީ ދެކޮޅުވެރިކަމުގައި އިސްވެ ގޮސްފައިވާ ކަންކަމަށް މައާފުކުރުމާއެކު، ކުރިމަގަށް ވިސްނައި، އަނެކުންގެ މައްޗަށް ރަހުމުކުރުމުގެ ގާބިލުކަން މީހާގެ ކިބައިގައި ހުރުން ކަމަށެވެ. ޝާހިދު ވިދާޅުވީ ކީރިތި ރަސޫލާ صلى الله عليه وسلم ވެސް އެކަލޭގެފާނު ވަށައިގެން ހިނގަމުންދިޔަ އަނިޔާވެރި ކަންތައްތަކަށާއި އެކަލޭގެފާނުގެ ސަހާބީންނަށް ކުރިމަތިކުރަމުންދިޔަ ވޭންދެނިވި ދުއްތުރާތަކަށް ބަދަލު ހިއްޕެވުމެއް ނެތި އިސްކުރެއްވީ ސުލްހައާއި ސިލްމު ކަމަށާއި، އެކަލޭގެފާނު ފެއްޓެވީ އިޖުތިމާއީ އަދާލަތުގެ މަތިވެރި އުސޫލުތަކާ އެއްގޮތަށް އިސްލާމީ މުޖުތަމައެއް ބިނާކުރެއްވުމުގެ މަސައްކަތް ކަމަށެވެ. އަދި އެކަލޭގެފާނު މީސްތަކުންނަށް އުނގަންނަވައިދެއްވީ ރަހުމުކުރުމާއި އަޅައިލުމާއި އޯގާތެރިކަން އިސްކުރުން ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން މި މައްސަރުގައި މުސްލިމުންގެ މައްޗަށް ފިތުރު ޒަކާތް ވާޖިބުކޮށް، ފިތުރު އީދު ނަމާދު ފެށުމުގެ ކުރިން ޒަކާތް ނެރެންޖެހޭ ކަމަށާއި، އެއީ ތައުބާވުމަށާއި މީހާގެ ނަފްސު ތާހިރުކުރުމަށްޓަކައި ކަނޑައަޅުއްވާފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އެއީ މާތްﷲއާ ކުއްތަންވުމަށް އިންސާނާ ކުރަން ޖެހޭ ހެޔޮ އަމަލެއް ކަމަށް ވެސް ވިދާޅުވިއެވެ. ޝާހިދުގެ ޚުތުބާގައި އިތުރަށް ވިދާޅުވީ، އަމިއްލަ ބާރު ނުހިނގާ ކަންކަމުގައި މާޔޫސްވާ ހިނދު، ގަދައަޅައި މަސައްކަތްކުރަންވީ އަމިއްލަ ބާރުގެ ދަށުގައިވާ ރަނގަޅު ކުރެވިދާނެ ކަންކަން ރަނގަޅުކޮށް އިސްލާހުކުރުމަށް ކަމަށާއި، އެގޮތުން އަމިއްލަ ދިރިއުޅުމުގެ ކަންކަން އިސްލާހުކުރެވިދާނެ ކަމަށެވެ. އަދި ކަންކަން ރަނގަޅުވާނެ ކަމަށް އުންމީދުކޮށްގެން މަސައްކަތުގައި ދެމިތިބެންވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޚުތުބާގައި ވިދާޅުވީ، މިޒަމާނުގައި ދިމާވާ ދުނިޔޭގެ ފެންވަރުގެ ގޮންޖެހުންތައް ހައްލުކުރެވޭނީ، އަމިއްލައަށް ކުރާ ކަންކަމުން އެހެން މީހުންނަށް ކުރާ އަސަރުތަކާމެދު ހޭލުންތެރިވެގެންކަމަށާއި، އެއްބަޔަކު އަނެއް ބަޔަކަށް ގުޅުވާލަދޭ އިންސާނީ ގުޅުންތައް ބަލައިގަނެގެންކަމަށެވެ. އަދި ހަމަނުޖެހުންތަކާއި ކާރިސާތައް ކުރިމަތިވިޔަ ނުދިނުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް އަމިއްލައަށް ތަބާވެގެންކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު