Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިކްޓަރީގެ އަހަރީ އާންމު ޖަލްސާ

ވިކްޓަރީގެ ރައީސްކަމަށް ހުސައިން އާދަމް (އާދަމްބެ)!

30 އެޕްރީލު 2022 | ހޮނިހިރު 02:06

ހުރިހާ މެމްބަރުންވެސް ހޮވިފައިވަނީ ޖަލްސާއަށް ހާޒިރުވެތިބި ހުރިހާ މެމްބަރުންގެ އަޣުލަބިއްޔަތުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 30 އެޕްރީލު 2022 | ހޮނިހިރު 02:06
ވިކްޓަރީ ސްޕޯޓްސް ކްލަބުގެ އައު ރައީސް ހުސައިން އާދަމް

ވިކްޓަރީ ސްޕޯޓްސް ކްލަބުގެ އައު ރައީސް ހުސައިން އާދަމް

އެފްއޭއެމްގެ ސަސްޕެންޝަނެއްގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ރައީސްކަމަށް ހުސައިން އާދަމް (އާދަމްބެ) އިންތިޚާބުވެވަޑައިގެންފިއެވެ.

އާދަމްބެ މި މަގާމަށް އިންތިޚާބުވީ ހުކުރު ދުވަހުގެރޭ ކަލާފާނު ސްކޫލުގައި ކުރިއަށް ގެންދިޔަ ކްލަބުގެ އަހަރީ އާންމު ޖަލްސާގައެވެ. ވިކްޓަރީގެ ޗެއަރޕަރސަންގެ މަގާމުގައި މީގެ ކުރިން ހުރި ޑރ. އިބްރާހީމް ނާޝިދު (ނާޝް)އާއި ބޯޑުގެ ބައެއް މެމްބަރުން ވަނީ މީގެ މަހެއްހާ ދުވަސްކުރިން މަގާމުން އިސްތިއުފާ ދީފައެވެ. އެހެންކަމުން މިރޭގެ ޖަލްސާގައި ވަނީ ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން އިންތިޚާބުކޮށްފައެވެ.

މުލީއާގޭ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުރި އާދަމްބެ ވިކްޓަރީގެ ރައީސްކަމުގެ މަސްއޫލިއްޔަތާ ހަވާލުވީ ޖަލްސާގައި ބައިވެރިވި 46 މެމްބަރުގެ ފުރިހަމަ ތާއީދާއެކުއެވެ. ރައީސްކަމަށް ކުރިމަތިލީވެސް، 1980ގެ އަހަރުތަކުގައި ވިކްޓަރީއަށް ކުޅުނު އާދަމްބެ އެކަންޏެވެ. ނައިބު ރައީސަކަށް އިންޚާބުވީ އިސްމާއިލް ލަތީފުއެވެ. އަލަށް އިންތިޚާބުވި ބޯޑުގެ މެމްބަރުންގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު، ފާތިމަތު ޝެރިން، ވިކްޓަރީގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު ޝައްފާޒު، އިބްރާހީމް މުހައްމަދު، އަހުމަދު ފައިސަލް، އިބްރާހީމް އިޒްހާން، އިސްމާއީލް ޝަރީފް، އަހުމަދު އަރީސް އަދި ޓީމަށް ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މަޝްހޫރު ގޯލްކީޕަރު ޓްރެއިނަރު އަހުމަދު ރިޔާޒް (ގާނާ)އެވެ. މި މެމްބަރުންވެސް ހޮވިފައިވަނީ ޖަލްސާއަށް ހާޒިރުވެތިބި ހުރިހާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ވިކްޓަރީގެ އައު ޖެނެރަލް ސެކްރެޓަރީއެއްގެ މަގާމަށް އައްޔަނުކޮށްފައިވަނީ ކްލަބް މޯލްޑިވްސްގެ އިސް ދައުރެއް އަދާކުރަމުން އަންނަ މޫސާ ރަމީޒްއެވެ.

ކުޅުންތެރިންގެ މުސާރަ ނުދިނުމާއި އެޑްމިނިސްޓްރޭޓިވް ގިނަ މައްސަލަތަކުގެ ސަބަބުން އެފްއޭއެމުން ވަނީ 2019 ވަނަ އަހަރު ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ވިކްޓްރީ ސަސްޕެންޑު ކޮށްފައެވެ. އެހެން ކަމުން އައު ބޯޑުގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ކޯޗުންނާއި ކުޅުންތެރިންނަށް ދޭންޖެހޭ މުސާރައިގެ މައްސަލަ ހައްލު ކުރުމާއި، ކްލަބް ލައިސަންސްގެ ކަންކަން ފުރިހަމަކުރުމެވެ. މިއަހަރުގެ ދެވަނަ ޑިވިޝަންގެ ކުޅުން ފެށުމުގެ ކުރިން މިކަންކަން ހަމަޖެއްސިއްޖެ ނަމަ، ސަސްޕެންޝަން ފިލުވާލައި، ދެވަނަ ޑިވިޝަންގައި އެޓީމަށް ކުޅެވޭނެއެވެ.

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2020

ނިއުގެ މައްސަލަ ހައްލުކުރަން ކުރެވޭނެ ކަމެއް ނެތް، އެކަމަކު ވިކްޓަރީގެ މައްސަލަ އަދިވެސް ހައްލުވާނެ: ބައްސާމް

24 ސެޕްޓެމްބަރު 2020
ނިއުގެ މައްސަލަ ހައްލުކުރަން ކުރެވޭނެ ކަމެއް ނެތް، އެކަމަކު ވިކްޓަރީގެ މައްސަލަ އަދިވެސް ހައްލުވާނެ: ބައްސާމް
04 ފެބުރުއަރީ 2020

ވިކްޓަރީގެ ހާލަތު ވަރަށް ދެރަވަރު، ވަރަށް ދޯދިޔާ މެނޭޖްމަންޓެއް: ބައްސާމް

04 ފެބުރުއަރީ 2020
ވިކްޓަރީގެ ހާލަތު ވަރަށް ދެރަވަރު، ވަރަށް ދޯދިޔާ މެނޭޖްމަންޓެއް: ބައްސާމް
06 ޑިސެމްބަރު 2019

ދެވަނަ މެޗު ކާމިޔާބުކޮށް އާދަމް އާއި މުހައްމަދުގެ ޕެއާ ކުއާޓާ ފައިނަލަށް ދިއުމުގެ އުންމީދުގައި!

06 ޑިސެމްބަރު 2019
ދެވަނަ މެޗު ކާމިޔާބުކޮށް އާދަމް އާއި މުހައްމަދުގެ ޕެއާ ކުއާޓާ ފައިނަލަށް ދިއުމުގެ އުންމީދުގައި!
12 ނޮވެމްބަރު 2019

ޔޫވީގެ ކޯޗުކަމާ މުހައްމަދު އާދަމް ހަވާލުވެއްޖެ

12 ނޮވެމްބަރު 2019
ޔޫވީގެ ކޯޗުކަމާ މުހައްމަދު އާދަމް ހަވާލުވެއްޖެ
06 އެޕްރީލު 2019

އޭއެފްސީގެ ރައީސްކަމަށް ޝައިޙް ސަލްމާން އިންތިޙާބު ކޮށްފި

06 އެޕްރީލު 2019
އޭއެފްސީގެ ރައީސްކަމަށް ޝައިޙް ސަލްމާން އިންތިޙާބު ކޮށްފި
07 އޮކްޓޯބަރު 2018

ވިކްޓަރީގެ ކޯޗަކަށް ދެން ހުންނާނީ ނަޒީހު

07 އޮކްޓޯބަރު 2018
ވިކްޓަރީގެ ކޯޗަކަށް ދެން ހުންނާނީ ނަޒީހު
07 އޮކްޓޯބަރު 2018

ވިކްޓަރީގެ މަޤާމުތަކުން މުހައްމަދު އިސްމާއިލާއި އަލީ އާރިފް އިސްތިއުފާ ދެއްވައިފި

07 އޮކްޓޯބަރު 2018
ވިކްޓަރީގެ މަޤާމުތަކުން މުހައްމަދު އިސްމާއިލާއި އަލީ އާރިފް އިސްތިއުފާ ދެއްވައިފި
04 މާރިޗު 2017

މާލޭ ލީގު: ވިކްޓަރީގެ މައްޗަށް ނިއު ކުރި ހޯދައިފި

04 މާރިޗު 2017
މާލޭ ލީގު: ވިކްޓަރީގެ މައްޗަށް ނިއު ކުރި ހޯދައިފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
04 ޖެނުއަރީ 2017

ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް އިންތިހާބުކޮށްފި

04 ޖެނުއަރީ 2017
ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް  އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް