Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނިއު އާއި ވިކްޓަރީގެ މައްސަލަ

ނިއުގެ މައްސަލަ ހައްލުކުރަން ކުރެވޭނެ ކަމެއް ނެތް، އެކަމަކު ވިކްޓަރީގެ މައްސަލަ އަދިވެސް ހައްލުވާނެ: ބައްސާމް

ނިއު އޮތީ ދަރަނި ބޮޑުވެ، މައްސަލަ ހައްލުކުރަން އުނދަގޫ ހާލަތެއްގައި

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2020 | ބުރާސްފަތި 09:52
2018 ވަނަ އަހަރުގެ މާލޭ ލީގުގެ އައްޑަނަ ނިއުއިން އުފުލާލަނީ

2018 ވަނަ އަހަރުގެ މާލޭ ލީގުގެ އައްޑަނަ ނިއުއިން އުފުލާލަނީ

ކުޅުންތެރިންގެ މުސާރައިގެ މައްސަލައިގެ ސަބަބުން ފިޔަވަޅު އަޅާފައިވާ ދިވެހި ފުޓްބޯޅައިގެ މަޝްހޫރު ދެ ކުލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓަރީ ސްޕޯޓްސް ކުލަބުގެ މައްސަލަ ހައްލުކުރުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި، އެހެން ނަމަވެސް ނިއުގެ މައްސަލައިގައި މިހާރު އެފްއޭއެމަށް ކޮށްދެވޭނެ މާ ބޮޑު ކަމެއް ނެތް ކަމަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ނިއު ސަސްޕެންޑް ކުރަން އެފްއޭއެމުން ނިންމާފައިވަނީ ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އައި އެންމެ ޒަމާންވީ ކުލަބު ކަމަށްވާ ވިކްޓަރީ ސަސްޕެންޑް ކުރީ އެ ކުލަބުން ކުޅުންތެރިންނާއި ކޯޗުންނަށް ނުދީ ހުރި މުސާރަ ދިނުމަށާއި، ކުލަބު ލައިސަންސްގެ ކަންކަން ފުރިހަމަކުރަން އެފްއޭއެމުން ދިން މުއްދަތުގައި އެކަންކަންކޮށްފައި ނުވާތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި ސަސްޕެންޝަނުތަކުގެ ސަބަބުން ނިއު އާއި ވިކްޓަރީ މިހާރު ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެފައެވެ.

ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި މީގެ ކުރިން ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކުލަބަކީވެސް އެފްއޭއެމުގެ ރައީސްގެ ހައިސިއްޔަތުން ހަމަހަމަ ކުލަބުތަކެއް ކަމަށާއި، މިއަހަރު އަލަށް ފުރަތަމަ ޑިވިޝަން އަރާ ކުލަބާއި، މާޒީގައި މަޝްހޫރު ކުލަބަކާ ދެމެދު ތަފާތެއް ނުކުރާނެ ކަމަށެވެ.

ބައްސާމް ވިދާޅުވީ އެ ދެ ކުލަބުގެ ސަސްޕެންޝަން އުވާލައި، އެކަމުން ސަލާމަތް ކުރުމަށް އެފްއޭއެމުގެ ރައީސްގެ ހައިސިއްޔަތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި، ގޮތެއް ނުނިމި އޮތީ އެ ކުލަބުތަކުން އެއްބާރުލުން ނުދިނުމުގެ ސަބަބުން ކަމަށެވެ.

އަދި ބޮޑެތި ނަން މަޝްހޫރު ކުލަބުތަކުން މުބާރާތްތަކުގައި ވާދަކުރާތަން ފެންނަން ބޭނުންވާ ކަމަށާއި، އެހެން ނަމަވެސް ކޮންމެ ކުލަބެއްވެސް ހިންގަން ވާނީ ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ދައްކަން ޖެހޭ ފައިސާގެ ދަރަންޏެއް އޮތް ނަމަ، އެ ދަރަނި އަދާކޮށްގެން ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ނިއު އާއި ވިކްޓަރީގެ ދަރަނި އަދާކުރުމަށް ލޯނެއްގެ ގޮތުގައި ކޮންމެވެސް ވަރެއްގެ އެހީއެއް ދިނުމަށް އެފްއޭއެމުން ހުށަހެޅި ކަމަށާއި، އެހެން ނަމަވެސް އެ ކުލަބުތަކުގެ ދަރަނި ބޮޑުކަމުން އެފްއޭއެމުން ދޭ ފައިސާއިން ހައްލުކުރެވޭނެ ގޮތެއް ނެތްއިރު، ނިއުގެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެގެން އައިރު، އޭރު ބިދޭސީ ކުޅުންތެރިޔާއަށް ދޭން އޮތް ފައިސާ އެފްއޭއެމުން ދީގެން އެ މައްސަލަ ހައްލުކުރުމަށް ކުރި މަސައްކަތްވެސް ކޮޅެއްގައި ނުޖެހުނީ ކުޅުންތެރިޔާ އާއި ކުލަބާ އޮތް މައްސަލަ ބޮޑުވެ، ވާހަކަ ނުދެކެވިގެން ކަމަށް ބައްސާމް ވިދާޅުވިއެވެ.

އަދި މިހާރު އޮތް ދަރަންޏައް ބަލާއިރު، ނިއުގެ މައްސަލަ އަކީ އެފްއޭއެމަށްވެސް އަތްފޯރާ ވަރަށް ވުރެން ބޮޑުކޮށް އޮތް މައްސަލައެއް ކަމަށާއި، އެހެން ނަމަވެސް ވިކްޓަރީ އޮތް ދަރަނި މިލިޔަނަކަށްވެސް ނާރާއިރު، އެފްއޭއެމާ ވާހަކަ ދެކެވި، އެ މައްސަލައަށް ހައްލެއް ހޯދޭނެ ވަގުތު އަދިވެސް އެބައޮތް ކަމަށް ބައްސާމް ވިދާޅުވިއެވެ.

މީގެ އިތުރުން ބައްސާމް ވިދާޅުވީ މީގެ ކުރިންވެސް ވިކްޓަރީގެ މައްސަލައަށް ހަލެއް ހޯދުމަށް ގިނަ މަޝްވަރާތަކެއް ކުރި ކަމަށާއި، އެހެން ނަމަވެސް އެފްއޭއެމުން ދޭ ލޯނެއް ނަގަން ވިކްޓަރީގެ މިހާރުގެ ޗެއާމަން ބޭނުންނުވާ ކަމަށާއި، އެހެން ކަމުން އަމިއްލައަށް އެކަން ހައްލުކުރާނެ ކަމަށް އެފްއޭއެމުން ގަބޫލުކޮށްގެން ތިބި ކަމަށެވެ.

ފުޓްބޯޅައިގެ ހުރިހާ ކަމަކުން ނިއު ސަސްޕެންޑް ކުރިއިރު، ނިއުއިން ދިވެހި ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި 2.4 މިލިޔަން ރުފިޔާ ދޭން އޭރު ޖެހުނެވެ. އެކަމަކު އެފްއޭއެމުގައި ހުރި ނިއުގެ ފައިސާއިން ދިވެހި ކުޅުންތެރިންނަށް ވަނީ މުސާރަ ދީފައެވެ. އެކަމަކު އަފްޣާނިސްތާނުގެ ޑިފެންޑަރު ހާރޫން އަމީރީއަށް މުސާރައިގެ ގޮތުގައި އަދި އުސޫލުން ބޭރުން އެއްބަސްވުން ބާތިލުކޮށްފައިވާތީ 703،707 (ހަތް ލައްކަ ތިންހާސް ހަތްސަތޭކަ ހަތް) ރުފިޔާ ދޭން ފީފާއިން ވަނީ ނިއުއަށް އަންގާފައެވެ. އަދި ކުރީގެ ކޯޗު ބެނާޑޯ ޓަވަރޭޒަށް 511،342 (ފަސް ލައްކަ އެގާރަހާސް ތިންސަތޭކަ ސާޅީސް ދޭއް) ރުފިޔާ ދޭންވެސް ވަނީ އަންގާފައެވެ. އެކަމަކު ޖޫރިމަނާ އާއެކު މި އަދަދުތައް މިހާރު އެތައް ގުނައެއް ބޮޑުވާނެ ކަމަށް ގަބޫލުކުރެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު

ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު

05 ފެބުރުއަރީ 2017
ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި

ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި

05 ފެބުރުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު