Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕާޓީއަށް މެމްބަރުން ވެއްދުން

އޮޅުވާލައިގެން އަދާލަތު ޕާޓީއަށް މީހުން ވާއްދާފައިވާ ކަމަށް ބުނާ މައްސަލަ އެ ޕާޓީން ދޮގުކޮށްފި

29 އެޕްރީލު 2022 | ހުކުރު 17:12

ކޯޓަށް މައްސަލަ ހުށައަޅާނެ ކަމަށްވެސް ޕީޕީއެމުންވަނީ ބުނެފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 29 އެޕްރީލު 2022 | ހުކުރު 17:12
އްސަލަ ބެލުމަށްފަހު ފިޔަވަޅު އަޅާނެކަމަށް އަދާލަތު ޕާޓީން ބުނޭ

އްސަލަ ބެލުމަށްފަހު ފިޔަވަޅު އަޅާނެކަމަށް އަދާލަތު ޕާޓީން ބުނޭ

އަދަލާތު ޕާޓީގެ މެމްބަރަކަށް ވުމަށް ހުށަހަޅާ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަމުން އަންނަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ގަވާއިިދާ އެއްގޮތުގެ މަތިން ފުރިހަމަ ކުރަންޖެހޭ އެންމެހައި އިޖުރާއަތުތައް ފުރިހަމަ ކުރުމަށްފަހު ކަމަށް އެޕާޓީން ބުނެފިއެވެ.

އަދާލަތު ޕާޓީން މިހެން ބުނެފައިވަނީ ޕީޕީއެމްގެ މެންބަރުންތަކެއް އޮޅުވާލައިގެން އަދާލަތު ޕާޓިއަށް ވައްދާފައިވާކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ޕީޕީއެމުން އާންމުކޮށްފައިވާ ވީޑިއޯއަކާ ގުޅިގެންނެވެ. ޕީޕީއެމުން ވަނީ އޮޅުވާލައިގެން އަދާލަތު ޕާޓީއަށް މެމްބަރުން ވައްދާފައިވާ ކަމަށާއި، "ވަގަށް" ވައްދާފައިވާ މެމްބަރުން ޕާޓީގެ ދަފްތަރުން އުނިކުރުމަށް ގޮވާލާފައެވެ.

Advertisement - newsAdvertisement

ޕީއެންސީގެ ނާއިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، ޕީޕީއެމް ގެ އާއިލާއެއް "ވަގަށް" އަދާލަތު ޕާޓީއަށް ވެއްދިކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި، އެ ފޯމްގައި ޖަހާފައިވާ ފޯނު ނަމްބަރަކީވެސް ވުޖޫދުގައި ނެތް ނަމްބަރެއް ކަމަށެވެ.

ފޯމުގައިވާ އިނގިލީގެ ނިޝާން ދިމާނުވާކަމަށާއި ހީވަނީ ފައިގެ ބޮޑުވާ އިނގިލީގެ ނިޝާނެއްހެންކަމަށްވެސް ޝުޖާއު ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅިގެން އަދާލަތު ޕާޓީން ބުނީ، ޕާޓީއަށް ލިބޭ ފޯމުތަކުގެ ސައްޚަކަން ޕާޓީން ކަށަވަރުކުރާ ކަމަށެވެ. އަދި މެމްބަރަކު ޕާޓީގެ ދަފްތަރުން އުނިކުރުމަށް އެދިއްޖެނަމަ އެކަންވެސް ކުރާ ކަމަށެވެ.

މިކަމާ ގުޅިގެން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެމްބަރު ތޫބާ ރަޝީދު ވިދާޅުވީ، މިއީ ޕާޓީގެ އަގުވެއްޓުމަށް ޕީޕީއެމުން ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށެވެ. މި މައްސަލަ ބެލުމަށްފަހު ފިޔަވަޅު އަޅާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމުން ދަނީ އެ ޕާޓީގެ މެމްބަރުން އެހެން ޕާޓީތަކަށް ވައްދާކަމަށް ތުހުމަތު ކުރަމުންނެވެ. އަދި އެކަން ބެލުމަށް ކޯޓަށް މައްސަލަ ހުށައަޅާނެ ކަމަށްވެސް ޕީޕީއެމުންވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ

12 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ
12 ފެބުރުއަރީ 2017

ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން

12 ފެބުރުއަރީ 2017
ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
28 ޖެނުއަރީ 2017

ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި

28 ޖެނުއަރީ 2017
ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް