Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާރލްސް އިން އަސީޓީ ޑޭ

އަންހެން ކުދިންނަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ފުރުސަތު ކުޑަ: މިނިސްޓަރު ޝައުނާ

29 އެޕްރީލު 2022 | ހުކުރު 06:22

އަންހެން ކުދިންނަކީ ވަކި ބާވަތެއްގެ މަސައްކަތްތަކެއް ކުރާ ބައެއްކަން ގިނަ ބަޔަކު ގަބޫލުކުރޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 29 އެޕްރީލު 2022 | ހުކުރު 06:22
މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ

މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ

އަންހެންކުދިންނަށް ތައުލީމާއި، ރަނގަޅު ވަޒީފާއާއި އާމްދަނީ ހޯދުމަށްޓަކައި ތަފާތު މަސައްކަތް ކުރުމަށް ރައްކާތެރިކަމާއެކު މައުލޫމާތު ހޯދައި ލިބިގަތުމުގެ ފުރުސަތު ކުޑަކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ގާރލްސް އިން އަސީޓީ ދުވަހާއި ގުޅިގެން ދެއްވި މެސެޖްގައެވެ. މިނިސްޓަރުގެ މެސެޖުގައި ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން ގިނަ ބަޔަކަށް ގަބޫލު ކުރެވިފައި އޮތީ އަންހެން ކުދިންނަކީ ވަކިބާވަތެއްގެ މަސަތްކަތްތަކެއް ނޫނީ ނުކުރެވޭނެ ބައެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް މިހާރު އެކަން މި އޮތީ ބަދަލުވެފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން އަންހެން ކުދިންނަށް ޚާއްސަކޮށްގެން "އިންޓަރނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ" ގެ ގޮތުގައި މިދުވަސް ކަނޑައެޅުމުގެ ބޭނުމަކީ ޓެކްނޯލޮޖީގެ ދާއިރާއިން ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ކުރެވޭ ތަފާތު މަސައްކަތްތަކުގައި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކޮށް، ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި ހާއްސަކޮށް މި އަހަރުގެ ޝިއާރުގެ ދަށުން އަންހެން ކުދިންނަށް ރައްކާތެރިކަމާއެކު މިދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ އެހީތެރިކަން ހޯދައިދިނުން ކަމަށެވެ.

މިނިސްޓަރު ޝައުނާގެ މެސެޖްގައި ވަނީ މުޖުތަމައުގައި އޮތް ދުވަސްވީ އާދަކާދައާއި ގަބޫލުކުރުންތައް ބަދަލުކޮށް ހުރިހާ އެންމެން އެކުގައި އައިސީޓީ ދާއިރާއިން އަންހެން ކުދިންނަށް ހުރި ގޮންޖެހުންތައް ނައްތާލައި ފިރިހެންކުދިންނެކޭ އެއްފަދައިން މި ދާއިރާއިން އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތު ހޯދައިދީ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ. އަދި ސަލާމަތްތެރިކަމާ ރައްކާތެރިކަމާއެކު ހިދުމަތް ހޯދައި ލިބިގަތުމުގައި ޓެކްނޯލޮޖީގެ ބޭނުން ހިފުމަށް ވަނީ އެދިވަޑައިގެންފައެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ "އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން" ގެ ދިރާސާތަކުން ދައްކާ ގޮތުގައި މުޅި ދުނިޔޭގަ އިންޓަނެޓް ބޭނުންކުރުމުގައި އަންހެނުންނާއި ފިރިހެނުންގެ ދެމެދު 17 އިންސައްތައިގެ ތަފާތެއް އެބަހުރި ކަމަށެވެ. އަދި މިތަފާތު ކުޑަކޮށް ތަރައްގީވެފައިވާ މުޖުތަމައުތަކުގައި މިއަށްވުރެވެސް ބޮޑު ކަމަށާއި، މި ހިސާބުތަކުން ދައްކުވައިދެނީ އަންހެން ކުދިންނަށް އައިސީޓީ ދާއިރާއިން ރައްކާތެރިކާމާއެކު މައުލޫމާތު ހޯދައި ލިބިގަތުމުގައި ގޮންޖެހުންތަކެއް އެބަހުރިކަން ކަމަށެވެ. މިކަމުން އެނގެނީ އަންހެންކުދިންނަށް ތައުލީމާއި، ރަނގަޅު ވަޒީފާއާ އާމްދަނީ ހޯދުމަށްޓަކައި ތަފާތު މަސައްކަތް ކުރުމަށް ރައްކާތެރިކަމާއެކު މައުލޫމާތު ހޯދައި ލިބިގަތުމުގެ ފުރުސަތު ކުޑަކަން ކަމަށް ދުވަހާއި ގުޅިގެން މިނިސްޓަރު ޝައުނާ ދެއްވި މެސެޖްގައި ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
05 ފެބުރުއަރީ 2017

މަސް ހިފަން މޫދަށްފޭބި ތިން މީހުން އެމްއެންޑީއެފް އިން ހޯދައިފި

05 ފެބުރުއަރީ 2017
މަސް ހިފަން މޫދަށްފޭބި ތިން މީހުން އެމްއެންޑީއެފް އިން ހޯދައިފި
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް