Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫގައި ފުލުހުންގެ ވަޒީފާގެ ފުރުޞަތު

ފުލުހުންގެ ވަޒީފާގެ ފުރުޞަތު އައްޑޫސިޓީއަށް ހުޅުވާލަނީ

28 އެޕްރީލު 2022 | ބުރާސްފަތި 12:47

ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ އޯޕަންޑޭއެއް މެއި މަހު އޮންނާނެ

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު | 28 އެޕްރީލު 2022 | ބުރާސްފަތި 12:47
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންގް ލޯ އެންފޯސްމަންޓް ހުޅުވުމުގެ ތެރެއިން

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންގް ލޯ އެންފޯސްމަންޓް ހުޅުވުމުގެ ތެރެއިން

އައްޑޫސިޓީގެ ޒުވާނުންގެ ތެރެއިން ފުލުހުންގެ ވަޒީފާއާއި ގުޅެން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން އެފުރުސަތު ހުޅުވާލައިފިއެވެ.

ފުލުހުންގެ ޚިދުމަތާއި ގުޅެން ބޭނުންވާ ޒުވާނުންނަށް މިކަމާ ގުޅޭ މަޢުލޫމާތު ދިނުމަށްޓަކައި މިފެށޭ މެއި މަހު އޯޕަންޑޭއެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން މިއަދު އާއްމުކުރި ވީޑިއޯ ކްލިޕެއްގައި ހާމަކޮށްފައިވެއެވެ.

އައްޑޫ ބަހުން ގެނެސްދިން މި ކްލިޕްގައި ދައްކުވައިދިނީ އައްޑޫސިޓީއަށް ނިސްބަތްވާ ފުލުހުން އެމީހުންގެ ޚިދުމަތުގެ މާޙައުލުގައި ތިބެގެން އައްޑޫގެ ޒުވާނުންނަށް ހުޅުވާލި މިފުރުސަތުގެ ބޭނުން ހިފުމަށް އިލްތިމާސް ކުރަމުންދިޔަ މެސެޖްތަކެކެވެ. ހަމައެކަނި އައްޑޫއަށް ޚާއްސަކޮށްގެން އޯޕަންޑޭއެއް ބާއްވާއިރު، އެކަމުގައި ބައިވެރިވުމުގެ އިތުރަށް ފުލުހުންގެ ވަޒީފާއަށް ވެސް ކުރިމަތިލުމަށް ފުލުހުންގެ އިދާރާއިން ވަނީ އެދިފައެވެ.

40000 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ އައްޑޫސިޓީގައި ވައްކަންކުރުމާއި މާރާމާރީއާއި އަދި އެހެނިހެން ކުށްތަކަށް އަރައިގަތުންވެސް ކަންބޮޑުވާ ދަރަޖައަށް އިތުރުވެފައިވާއިރު މިކަމަށް އެދެވޭ ޙައްލެއް އަދިވަނީ ނުލިބިއެވެ. މިކަންކަން ހަމަމަގަށް އެޅުވުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އާބާދީއާ އެއްވަރަށް އިންސާނީ ވަސީލަތްތައް ލިބެން ނެތުންކަން ދިވެހި ފުލުހުންނާއި އަދި އައްޑޫސިޓީ ކައުންސިލުންވެސް ތަކުރާރުކޮށް ބުނެ އެކަމުގެ ކަންބޮޑުވުން މީގެކުރިން ވަނީ ފާޅުކޮށްފައެވެ.

މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު އައްޑޫސިޓީގައި ހުޅުވުނު "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ބޭނުންވާ އިލްމާއި ހުނަރު ފޯރުކޮށްދީ، އެ މުއައްސަސާގެ ހިންގުމުގެ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ބޭނުންވާ ތަމްރީނު ދީ މީހުން ބިނާކުރުމަށް ހުޅުވި ތަނެކެވެ. އައްޑޫގައި ތިބެގެން މި ސެންޓަރުން ތަމްރީނުވުމުގެ ފުރުސަތު ފަހިވެގެން ދިއުމަކީ އައްޑޫސިޓީގެ ޒުވާނުންނަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށް ކޮމިޝަނަރ އޮޕް ޕޮލިސް މުޙައްމަދު ޙަމީދުވަނީ ވިދާޅުވެފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙުގެ ތަސައްވުރެކެވެ. އައްޑޫގައި ގާއިމް ކުރެވުނު މަރުކަޒުގެ ސަބަބުން މުޅި ރާއްޖޭގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ބޭނުންވާ ތަމްރީނާއި ހުނަރު ލިއްބައިދެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.

މިދިޔަ މާރޗް މަހު އަލަށް ހުޅުވި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އެންސީޕޯލް) ހުޅުވުމަށްފަހު ފުރަތަމަ ޕްރޮގްރާމެއްގެ ގޮތުން އެ ކޮލެޖްގައިވަނީ 30 ބައިވެރިންނާއެކު އިންވެސްޓިގޭޝަން އޮފިސާރސް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ހިންގާފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއާއި އަލަށް ގުޅޭ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތާއި ޙަވާލުވުމުގެ ކުރިން ފުލުހުންގެ މަސައްކަތަށް ތައްޔާރުކޮށްދޭ ރެކްރޫޓް ޓްރެއިނިންއެއް ފުރިހަމަ ކުރަން ޖެހެއެވެ. މި ޓްރެއިނިން އަމިއްލަ ފަސްގަނޑުގައި ތިބެ ހަދައިގެން އަމިއްލަ ރަށަށް ޚިދުމަތް ކުރުމަށް ނުކުތުމުގެ ފުރުސަތު ލިބުންވެގެންދާނީ އައްޑޫސިޓީގެ ޒުވާނުންނަށް އެތައް ގޮތަކުން ފަސޭހަވެގެންދާނެ ކަމަކަށެވެ.

އިތުރަށް ކިޔާލަން

03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
02 މާރިޗު 2017

ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"

02 މާރިޗު 2017
ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
26 ފެބުރުއަރީ 2017

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް