Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންސްޕެކްޓަރ ކޯސް

އިންސްޕެކްޓަރ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

26 އޯގަސްޓު 2022 | ހުކުރު 11:06

އިންސްޕެކްޓަރ ކޯސް ފުރިހަމަކޮށް 48 އޮފިސަރުން ވަނީ ދަސްވެނިވެފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 އޯގަސްޓު 2022 | ހުކުރު 11:06
އިންސްޕެކްޓަރ ކޯސް ނިންމުމުގެ ރަސްމިއްޔާތު

އިންސްޕެކްޓަރ ކޯސް ނިންމުމުގެ ރަސްމިއްޔާތު

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ހިންގި ފުރަތަމަ އިންހައުސް ޓްރެއިނިންގ “އިންސްޕެކްޓަރ ކޯސް” ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ކޯސް ނިންމުމަށް ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އޮޑިޓޯރިއަމްގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ. އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ އިންސްޕެކްޓަރ ކޯސް ފުރިހަމަކޮށް، ރަސްމިއްޔާތުގައި 48 އޮފިސަރުން ވަނީ ދަސްވެނިވެފައިވެއެވެ.

Advertisement - newsAdvertisement

ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު، ހެޑް އޮފް ޕީޕަލްސް ޑައިރެކްޓްރޭޓް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އެގްޒެކެޓިވް ޑައިރެކްޓަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން، ސައުތު ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީމް އަދި ފުލުހުންގެ އިސް އޮފިސަރުންނާއި ދައުވަތު އެރުވިގެން ވަޑައިގެންނެވި އެހެނިހެން ބޭފުޅުންގެ އިތުރުން އެންސިޕޯލްގެ މުވައްޒަފުންނާއި ކޯހުގެ ބައިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، އިންސްޕެކްޓަރ ކޯހުގެ ބައިވެރިންނަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް އައްޑޫ ސިޓީގައި ގާއިމުކުރިފަހުން ކޮލެޖުން ދަސްވެނިވާ ފުރަތަމަ ބައިވެރިންކަން ފާހަގަކުރައްވައި އެ އޮފިސަރުންނަށް މަރުހަބާ ވިދާޅުވިއެވެ. އަދި މި ކޯހަކީ ކޮމިޝަންޑު އޮފިސަރުންގެ ރޭންކަށް ބަދަލުކުރެވޭ އޮފިސަރުންނަށް ހިންގިފައިވާ މިފަދަ އެހެން ކޯސްތަކާ އަޅާބަލާއިރު ކޯހުގެ ބައިވެރިން އެންމެ ގިނަ އަދަދަކަށް ހިމެނިގެންދިޔަ ކޯސްކަން ފާހަގަކުރެއްވިއެވެ. އަދި މީގެ ކުރިން ޖޫނިއަރ އޮފިސާސް ކޮމާންޑު ކޯހުގެ ނަމުގައި ދެ ބެޗެއް ދ. ވާނީ ޕޮލިސް ޓްރެއިނިންގ ސްކޫލްގައި ހިންގާފައިވާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން މި ކޯހުގެ ސިލަބަހާއި ކޯހުގެ ނަން އިންސްޕެކްޓަރ ކޯހުގެ ނަމަށް ބަދަލުކޮށް ހިންގޭ ފުރަތަމަ ފަހަރުކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓަށް މިއަދަކީ ތާރީހީ ދުވަހެއްކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ކެރިއަރގައި މުހިންމު ހަރުފަތެއް ގިރާކުރުމަށް ފަރުމާކުރެވިފައިވާ އިންސްޕެކްޓަރ ކޯހަކީ ވަރަށް މުހިންމު މަގުސަދުތަކެއްގެ މައްޗަށް ހިންގަމުންދާ ކޯހެއްކަން ފާހަގަކުރެއްވިއެވެ. އަދި އެއީ ފުލުހުންގެ ފަންކްޝަން ތައް މެނޭޖްކުރުމާއި ހަވާލުވުމަށް ކޮމިޝަންޑު ރޭންކަށް ޕްރޮމޯޓްވުމަށް ބޭނުންވާ ތަޖުރިބާ ހާސިލުކުރުމަށް ފަރުމާކުރެވިފައިވާ ވަރަށް މުހިންމު ކޯހެއްކަމަށް ވިދާޅުވިއެވެ.

އަދި އިންސްޕެކްޓަރ ކޯސް ހިންގުމުގައި އެކި ދައުރު އަދާކޮށްފައިވާ ހުރިހާ މުވައްޒަފުންނާއި ފުލުހުންގެ ޚިދުމަތުގެ ބަހާތަކާ އަދި އެހެނިހެން ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އިންސްޕެކްޓަރ ކޯހުގެ މުހިންމުކަމުން މި ކޯސް އިތުރަށް ތަރައްގީކުރުމަކީ ވަރަށް އިސްކަމެއްދީގެން ކުރިއަށް ގެންދާނެކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ހިންގި ފުރަތަމަ އިންސްޕެކްޓަރ ކޯހުން އެއް ވަނަ އަށް ގޮސްފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުފްލިހް އިބްރާހީމްއެވެ. ދެ ވަނަ އަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފާރިޝް ހޮވިފައިވާއިރު ކޯހުގެ ތިން ވަނައަށް ހޮވިފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުަހައްމަދު އަފީފްއެވެ.

ހަތް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ކޯހުގައި ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި މުހިންމު ގާނޫނުތަކާއި ފުލުހުންގެ ގާނޫނު އަދި ލީޑަރޝިޕް އެންޑް މެނޭޖްމަންޓް، ޕޮލިސިންގ އެންޑް އިންވެސްޓިގޭޝަން، ސެކިއުރިޓި އެންޑް އޮޕަރޭޝަންސް ފަދަ މުހިންމު މޮޑިއުލްތައް ކިޔަވައިދީފައިވެއެވެ. އެ ކޯހަށް ބައިވެރިން ހޮވާފައިވަނީ ކޯހުގައި ބައިވެރިވުމަށް ހަދަންޖެހޭ އިމްތިހާނެއް ހެދުމަށް ފަހުއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

02 މާރިޗު 2017

ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވިލާއިން ހުޅުވާލައިފި

02 މާރިޗު 2017
ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވިލާއިން ހުޅުވާލައިފި
25 ފެބުރުއަރީ 2017

އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

25 ފެބުރުއަރީ 2017
އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި
19 ފެބުރުއަރީ 2017

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި
16 ފެބުރުއަރީ 2017

ޑައިވިނަށް ދިޔަ ދިވެއްސެއްގެ ޚަބަރެއް ނުވެގެން ކޯސްޓް ގާޑުން ހޯދަން ފަށައިފި

16 ފެބުރުއަރީ 2017
ޑައިވިނަށް ދިޔަ ދިވެއްސެއްގެ ޚަބަރެއް ނުވެގެން ކޯސްޓް ގާޑުން ހޯދަން ފަށައިފި
16 ފެބުރުއަރީ 2017

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނިންމުމުގެ ބާރެއް ރައީސް ޔާމީނަކަށް ނޯންނާނެ: ޝިފާޒް

16 ފެބުރުއަރީ 2017
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނިންމުމުގެ ބާރެއް ރައީސް ޔާމީނަކަށް ނޯންނާނެ: ޝިފާޒް
04 ފެބުރުއަރީ 2017

ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި

04 ފެބުރުއަރީ 2017
ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް