Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންގެ ތަރައްގީ

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެކި ދާއިރާއިން 3625 ފުލުހުން ތަމްރީނުކޮށްފައިވޭ

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގަމުންގެންދާ ޕްރޮގްރާމްތައް ހިމެނޭގޮތުން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ތަފާތު 134 ތަމްރީން ޕްރޮގްރާމް ހިންގާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 ނޮވެމްބަރު 2022 | ބުރާސްފަތި 06:38
އިންސްޕެކްޓަރ ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

އިންސްޕެކްޓަރ ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެކި ދާއިރާއިން 3625 ފުލުހުން ތަމްރީނުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނަކީ މަސައްކަތަށް ގާބިލު އަދި މަސައްކަތުގެ ދާއިރާއިން ހުނަރާއި ތަމްރީނު ލިބިފައިވާ މުވައްޒަފުންނަށް ހެދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް، މިހާރު ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގަމުންގެންދާ ޕްރޮގްރާމްތައް ހިމެނޭގޮތުން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ތަފާތު 134 ތަމްރީން ޕްރޮގްރާމް ހިންގާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެ ޕްރޮގްރާމްތަކުން 3625 މުވައްޒަފުން ތަމްރީނުވެފައިވެއެވެ. މި ތަމްރީނުތަކުގެ ތެރޭގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެޕްރޫވް ކުރެވިގެން ހިންގާ ކޯސްތަކުގެ އިތުރުން ސްކިލްސް ޑިވަލޮޕްމަންޓް ކޯސްތައް ހިމެނެއެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެޕްރޫވް ކޮށްގެން ހިންގާފައިވާ ކޯސްތަކުގެ ތެރެއިން މާސްޓަރސް އޮފް ލީޑަރޝިޕް އެންޑް މެނޭޖްމަންޓްގެ ދެ ކޯސް ހިންގައި 37 ފުލުހުން ތަމްރީނުކޮށްފައިވެއެވެ. ޑިޕްލޮމާއިން ކްރިމިނަލް އިންވެސްޓިގޭޝަން ދާއިރާއިން ނުވަ ކޯސް މިހާރުވެސްދަނީ ހިންގަމުންދާއިރު އެ ކޯސްތަކުގައި 271 ފުލުހަކު ދަނީ ތަމްރީނުވަމުންނެވެ.

ޑިޕްލޮމާއިން ފޮރެންސިކް އިންވެސްޓިގޭޝަންގެ ދާއިރާއިން 28 ފުލުހުން ތަމްރީނުވެފައިވާއިރު ޑިޕްލޮމާއިން ސެކިއުރިޓީ އެންޑް ރިސްކު މެނޭޖްމަންޓު ކޯހުގައި 27 ފުލުހަކު ދަނީ ތަމްރީނު ވަމުންނެވެ. އަދި ޑިޕްލޮމާއިން ލޯ އެންފޯސްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ކޯހުން 27 ފުލުހުން އަދި ޑިޕްލޮމާއިން ޕޮލިސިންގެ ދާއިރާއިން 23 ފުލުހަކު ތައުލީމު ހާސިލުކޮށްފައިވެއެވެ.

މީގެ އިތުރުން ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމްގެ ތިން ޕްރޮގްރާމްގައި 71 ފުލުހުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެއެވެ. އަދި ސެޓްފިކެޓް ލެވެލް 4 ގެ 4 ކޯހުން 339 ފުލުހުންނާއި ސެޓްފިކެޓް ލެވެލް 3 ގެ 5 ކޯހުން 110 ފުލުހުންނާއި ޕޮލިސް އިނީޝިއަލް ޓްރޭނިންގ ކޯހުން 191 ފުލުހުން ދަނީ ތަމްރީންވަމުންނެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގާފައިވާ ޖޫނިއަރ އޮފިސަރސް ކޮމާންޑް ކޯހުގެ ދެ ބެޗު ހިންގައި 59 ފުލުހުން ތަމްރީންކޮށްފައިވާއިރު, އިންސްޕެކްޓަރ ކޯހުން 50 ފުލުހުންނާއި ފަސްޓްލައިން ކޯހުގެ 9 ބެޗުން 278 ފުލުހުން ތަމްރީންކޮށްފައިވެއެވެ. އަދި ކުރުމުއްދަތުގެ ޕްރޮގްރާމްތަކުގެ 94 ޕްރޮގްރާމްގައި 2114 ފުލުހުން ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ.

މީގެ އިތުރުން އެކި ގައުމުތަކުގައި ކުރިއަށް ގެންދާ ފުލުހުންނާ ގުޅުންހުރި ތަމްރީނުތަކާއި ތަހުގީގު ދާއިރާގެ އިތުރުން އެހެނިހެން ދާއިރާކުގެ ކޯސްތަކުގައިވެސް ފުލުހުން ބައިވެރިވެފައިވެއެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު