Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ޕޮލެންޑާއި ބަލްގޭރިއާއަށް ގޭސް އެކްސްޕޯޓްކުރުން ރަޝިއާއިން ހުއްޓާލައިފި

ގޭސް އެކްސްޕޯޓްކުރުން ހުއްޓާލީ، ރަޝިއާގެ ފައިސާ ރުބެލްއިން ގޭހުގެ އަގު ދެއްކުމަށް އެގައުމުން ކުރި ޑިމާންޑަށް ޕޮލެންޑާއި ބަލްގޭރިއާއިން ނޫނެކޭ ބުނުމުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 27 އެޕްރީލު 2022 | ބުދަ 15:29
ޕޮލެންޑާއި ބަލްގޭރިއާއަށް ގޭސް އެކްސްޕޯޓްކުރުން ހުއްޓާލުމަށް ރަޝިއާއިން ނިންމާފައިވަނީ، ރަޝިއާގެ ފައިސާ ރުބެލްއިން ގޭހުގެ އަގު ދެއްކުމަށް އެގައުމުން ކުރި ޑިމާންޑަށް އެ ދެގައުމުން ނޫނެކޭބުނުމުން

ޕޮލެންޑާއި ބަލްގޭރިއާއަށް ގޭސް އެކްސްޕޯޓްކުރުން ހުއްޓާލުމަށް ރަޝިއާއިން ނިންމާފައިވަނީ، ރަޝިއާގެ ފައިސާ ރުބެލްއިން ގޭހުގެ އަގު ދެއްކުމަށް އެގައުމުން ކުރި ޑިމާންޑަށް އެ ދެގައުމުން ނޫނެކޭބުނުމުން

ރަޝިއާއިން ޕޮލެންޑާއި ބަލްގޭރިއާއަށް ގޭސް އެކްސްޕޯޓްކުރުން ހުއްޓާލައިފިއެވެ.

ރަޝިއާއިން މި ނިންމުން ނިންމާފައި ވަނީ ބުދަ ދުވަހުއެވެ. އެ ދެ ގައުމަށް ގޭސް އެކްސްޕޯޓްކުރުން ހުއްޓާލުމަށް ރަޝިއާއިން ނިންމާފައި ވަނީ، ރަޝިއާގެ ފައިސާ ރުބެލްއިން ގޭހުގެ އަގު ދެއްކުމަށް އެގައުމުން ކުރި ޑިމާންޑަށް އެ ދެ ގައުމުން ނޫނެކޭ ބުނުމުން ކަމަށް ބޭރުގެ ނޫސްތަކުން ފާހަގަކުރެއެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން، ރަޝިއާގެ ގޭސް އެކްސްޕޯޓުކުރާ ކުންފުނި ގަޒްޕްރޮމްއިން ވަނީ ބަލްގޭރިއާގެ ބަލްގަރގޭޒްއާއި ޕޮލެންޑްގެ ޕީޖީއެންއައިޖީއަށް ގޭސް ފޯރުކޮށްދިނުން ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށް ބުނެފައެވެ. އަދި މިގޮތަށް ނިންމަން ޖެހުނީ އެ ދެކުންފުނިން ގޭހުގެ ވިޔަފާރިކުރުމަށްފަހު ރުބެލްއިން އަގު އަދާކުރުމަށް އެއްބަސް ނުވުމުން ކަމަށް ގަޒްޕްރޮމްއިން ބުނެއެވެ.

މިކަމާގުޅިގެން ޕޮލެންޑްގެ ރައީސް އަންދްރެޒް ޑޫޑާ ވަނީ، މިއީ ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށާއި، މިކަމާގުޅިގެން ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައް ބަލައި ފިޔަވަޅުއަޅާނެކަމަށް ވިދާޅުވެފައެވެ.

ރަޝިއާގެ މިނިންމުމާ ގުޅިގެން ބަލްގޭރިއާގެ އެނަރޖީ މިނިސްޓަރު އެލެގްޒެންޑަރ ނިކޮލޮވް ވަނީ، ރަޝިއާއިން މިދަނޑިވަޅުގައި ހަނގުރާމައިގެ ބޭނުމަށް ސިޔާސީ އަދި އިގުތިސާދީ ހަތިޔާރެއްގެ ގޮތުގައި ގޭސް ބޭނުންކުރާކަން ސާފުވެއްޖެކަމަށް ވިދާޅުވެފައެވެ.

ރަޝިއާގެ މި ނިންމުމާގުޅިގެން ހުޅަނގުގެ ގައުމުތަކުން ދަނީ، އެގައުމުން ގޭހުގެ ބޭނުން ކޮށްގެން ގައުމުތައް "ބްލެކްމެއިލް" ކުރާކަމަށް ބުނެފައެވެ. ނަމަވެސް ރަޝިއާއިން ވަނީ އެގައުމުން ގައުމުތައް ބްލެކްމެއިލް ނުކުރާކަމަށް ބުނެފައެވެ. ރަޝިއާގެ ރައީސް ލެޑްމިއަރ ޕުޓިން ވަނީ އެގައުމާއެކު ރަހުމަތްތެރިކަމުގެ ގުޅުން ނުބާއްވާ ގައުމުތަކަށް ގޭސް އެކްސްޕޯޓްކުރުން ހުއްޓާލުމަށް ގަޒްޕްރޮމްއަށް އަންގާފައެވެ.

ރަޝިއާރަޝިޔާ-ޔޫކްރެއިން ހަނގުރާމަޕޮލެންޑުަބަލްގޭރިއާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު