Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީދު ދުވަހު ވެހިކަލް ދުއްވުން މަނާ ގަޑި

ފިތުރު އީދު ދުވަހު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ގަޑި ކަނޑައަޅައިފި

ކައުންސިލުން ނިންމީ ހަވީރު 4:00ން ރޭގަނޑު 8:00ށް ވެހިކަލް ދުއްވުން މަނާކުރުމަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 27 އެޕްރީލު 2022 | ބުދަ 10:53
ކޮންމެ އީދަކާ ގުޅިގެން މަގު މަތީގައި ވެހިކަލް ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅާ

ކޮންމެ އީދަކާ ގުޅިގެން މަގު މަތީގައި ވެހިކަލް ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅާ

ފިތުރު އީދު ދުވަހު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ގަޑި މާލޭ ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އައިމިނަތު ޔުމްނާ ހުށައެޅުއްވީ، މާލޭ އަދި ހުޅުމާލޭގެ މަގުތަކުގައި ފިތުރު އީދު ދުވަހު ވެހިކަލް ދުއްވުން މަނާ ވަގުތައް ކަނޑައެޅުމަށެވެ. ޔުމްނާގެ ހުށައެޅުމަށް ބައެއް މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދުނީ، ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާ ކުރުމާ ގުޅޭ ގޮތުންނެވެ. މެމްބަރުން ވިދާޅުވީ، ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި ނަމަ، އާންމުންނަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. ހުޅުމާލޭ ފޭސް 2 ގައި އަދިވެސް ޒަރޫރީ ބައެއް ކަންކަން ފުރިހަމަވެފައި ނުވާތީ، ވެހިކަލް ދުއްވުން މަނާ ކުރުމުން އެތަނުގައި އުޅޭ ރައްޔިތުންނަށް ދިތިވާނެ ކަން މެމްބަރުން ފާހަގަކުރިއެވެ.

Advertisement - newsAdvertisement

މެމްބަރުންގެ ވާހަކަތަކަށް ބިނާކޮށް މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު ހުށައެޅުއްވީ، ހަމައެކަނި މާލޭގައި ވެހިކަލްތައް ދުއްވުން ވަކި ގަޑިތަކެއްގައި މަނާ ކުރުމަށެވެ. އީދު ދުވަހުގެ ހަވީރުގެ ވަގުތު އާއިލާތަކާ އެކު ހަމަޖެހިލައިގެން މަގުމަތީގައި އުޅެވޭނެ ފުރުސަތު ހޯދައިދިނުމުގެ މަގްސަދުގައި ކައުންސިލުން ނިންމީ ހަވީރު 4:00ން ރޭގަނޑު 8:00ށް ވެހިކަލް ދުއްވުން މަނާކުރުމަށެވެ. އެ ނިންމުން ތަންފީޒު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމަން ޖެހޭ ކަންކަން ކުރިއަށް ގެންދިޔުމަށް ކައުންސިލުންވަނީ ނިންމާފައެވެ.

މި ގަޑީގައި ވެހިކަލް ދުއްވުން މަނާ ނަމަވެސް ސަލާމަތީ ހިދުމަތްތަކުގެ އުޅަނދުފަހަރާއި އެމަޖެންސީގައި ކޮންމެހެން ދުއްވަންޖެހޭ ވެހިކަލްތައް ދުއްވުމުގެ ހުއްދަ އޮންނާނެއެވެ. އީދާ ގުޅިގެން މީގެ ކުރީ އަހަރުތަކުގައިވެސް އަންނަނީ ވަކި ވަގުތެއްގައި މާލެ ސަރަަހއްދުގައި ވެހިކަލް ދުވުން މަނާކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު