Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޫދޫ އެއާޕޯޓުގެ މަޝްރޫޢު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ދަންވަރު ނެރުއްވި ޤަރާރަކާއެކު، މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓުމަކަށް އައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 އެޕްރީލު 2024 | އަންގާރަ 04:32
މަގޫދޫ އެއާޕޯޓުގެ މަސައްކަތް ފެށީ ކަމަށް ބުނެ ސަރުކާރުގެ ކެންޑިޑޭޓް އެ ރަށުގައި

މަގޫދޫ އެއާޕޯޓުގެ މަސައްކަތް ފެށީ ކަމަށް ބުނެ ސަރުކާރުގެ ކެންޑިޑޭޓް އެ ރަށުގައި

ފ.މަގޫދޫގައި އެއާޕޯޓެއް ޤާއިމްކުރުމުގެ މަސައްކަތް ފެށީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގަ އެވެ. އެ ސަރުކާރު ނިމުނުއިރު، މަގޫދޫ އެއާޕޯޓު މަޝްރޫއުގެ ބޮޑު އިންސަައްތައެއްގެ މަސައްކަތް އޮތީ ނިމިފަ އެވެ. އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންގޮސް، ރަންވޭގައި ތާރު އަޅަން އޮތީ ތައްޔާރުވެފަ އެވެ.

އެހެން ނަމަވެސް، މަގޫދޫ އެއާޕޯޓުގެ މަސައްކަތް އެ ހިސާބަށް ގޮސްފައި ވަނިކޮށް، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ދަންވަރު ނެރުއްވި ޤަރާރަކާއެކު، މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓުމަކަށް އައެވެ. އެ ޤަރާރުގައި ރައީސް މުޢިއްޒު ނިންމަވާފައި އޮތީ، ފ.އަތޮޅު ނިލަންދޫގައި އެއާޕޯޓު ޤާއިމްކުރުމަށެވެ. އެއީ ޒާތީ މަންފާއެއް ޙާސިިލު ކުރުމުގެ މަޤުސަދުގައި ރައީސް މުޢިއްޒު ކުރެއްވި ކަމެކެވެ.

އެގޮތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފ.ނިލަންދޫ ދާއިރާ އަށް ވާދަކުރައްވާ ރައީސް މުޢިއްޒުގެ ކޮއްކޮ، ފާތިމަތު ސައުދާ އަށް އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް މަގުފަހި ކުރެއްވުމުގެ ގޮތުންނެވެ. ނިލަންދޫ ރައްޔިތުންގެ ތާއީދު ސައުދާ އަށް ލިބެން އޮތީ، މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލުމަށްފަހު، ނިލަންދޫގައި އެއާޕޯޓު ޤާއިމްކުރުމުގެ މަސައްކަތް ފަށައިގެން ކަމަށް ވެސް ވާތީ އެވެ.

އެހެން ނަމަވެސް، އެ ވާހަކަ ބާއްވާލުމަށްފަހު، މަގޫދޫ އެއާޕޯޓު މަޝްރޫއުގެ ވާހަކަ ދައްކާލަން ޤަސްދު ކުރާނަމެވެ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލުމަށްފަހު، އެތައް ދުވަހެއްވީ ފަހުން، ރައީސް މުޢިއްޒު ފ،އަތޮޅަށް ވަޑައިގެންނެވި އެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ މަގޫދޫ ފިޔަވައި، އަތޮޅުގެ ދެން އޮތް ހަތަރު ރަށަށް ވަޑައިގެންފަ އެވެ. އަދި ފ.ބިލެތްދޫ އަށް ވަޑައިގެން، އެ ރަށުގައި ވަނީ މަގޫދޫ ކައުންސިލާ ބައްދަލު ކުރައްވައިފަ އެވެ. މަގޫދޫގެ އާންމު ރައްޔިތުންގެ ކުރިމައްޗަށް ވަޑައިނުގަންނަވައެވެ.

މަގޫދޫ އެއާޕޯޓުގެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި ކަމަށް، ވަޒީރު އާދަމް ޝަރީފް ޢުމަރު ޓުވީޓު ކުރެއްވި އެވެ. ނަމަވެސް މަގޫދޫ ކައުންސިލުން ވަނީ އެ ވާހަކަތައް ދޮގު ކޮށްފަ އެވެ. އެކަމުގެ އެއްވެސް ޔަޤީންކަމެއް ރައީސް މުޢިއްޒު ނުދެއްވާ ކަމަށް މަގޫދޫ ކައުންސިލުން ވަނީ އެ ދުވަހު ބުނެފަ އެވެ. އެ ބައްދަލުވުމުގައި މަގޫދޫ ކައުންސިލުން ވަނީ ރައީސަށް ތިން ސުވާލެއް ދަންނަވާފަ އެވެ.

އެއީ މަގޫދޫ އެއާޕޯޓުގެ މަސައްކަތް މަޑުޖައްސާލަން ޖެހުނު ސަބަބު ސާފުކޮށްދެެއްވުމަށާއި، އަލުން އެ މަޝްރޫއުގެ މަސައްކަތް ފެށޭނެ ދުވަހެއް ވިދާޅުވެ ދެއްވުމަށާއި އަދި މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ތާރީޚެއް ވިދާޅުވުމަށެވެ. ނަމަވެސް ރައީސް މުޢިއްޒަށް އެ ސުވާލުތަކަށް ޖަވާބެއް ނުދެއްވުނެވެ. ސަރުކާރުން މަސައްކަތް ކުރީ އެކަން ވެސް އޮޅުވާލުމަށެވެ.

މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލުމާއެކު، ސަރުކާރަށް ވަނީ އެތައް ޕްރެޝަރުތަކެއް ކުރިމަތިވެފަ އެވެ. ޚާއްސަކޮށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ބިލެތްދޫ ދާއިރާގެ ގޮނޑި ސަރުކާރަށް ނުލިބިދާނެ ކަމުގެ ބިރު ވެސް ބޮޑުވި އެވެ. އެކަން އެހެން އޮއްވާ، ހޯމަ ދުވަހު، ބިލެތްދޫ ދާއިރާ އަށް ވާދަކުރާ ސަރުކާރުގެ ކެންޑިޑޭޓް އަޙުމަދު އަސްލަމް ވަނީ މަގޫދޫ އަށް ގޮސްފަ އެވެ.

ފީއަލީ އަދި ބިލެތްދޫގެ ޕީޕީއެމް/ޕީއެންސީ ސަޕޯޓަރުންނާއެކު މަގޫދޫ އަށް ގޮސް، އަސްލަމް ވަނީ އެއާޕޯޓުގެ މަސައްކަތް އަލުން ފެށީ ކަމަށް ބުނެ، ވާހަކަ ދައްކައިފަ އެވެ. އަދި އެކަމުގެ ވީޑިއޯތަކާއި، ފޮޓޯތައް ވެސް ވަނީ ސޯޝަލް މީޑިއާގައި ދައުރުކޮށްފަ އެވެ. އެހެން ނަމަވެސް، މަގޫދޫގެ ގިނަ ރައްޔިތުން މިކަން ޤަބޫލު ކުރާނެ ގޮތެއް ނުވިއެވެ.

މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މަގޫދޫގެ ރައްޔިތަކު ބުނީ، އެއްވެސް ޙައިސިއްޔަތެެއް ނެތް މީހަކު، މަގޫދޫ އަށް އައިސް އެއާޕޯޓުގެ މަސައްކަތް ފެށީ ކަމަށް ބުނުމުން، އެކަން ޤަބޫލު ކުރާނެ މީހަކު ނެތް ކަމަށެވެ. އަަސްލަމަކީ އެއްވެސް ޙައިސިއްޔަތެއް ނެތް މީހެއްކަން ފާހަގަކޮށް އޭނާ ބުނީ، ސަރުކާރުން އަދި އަސްލަމް މަސައްކަތް ކުރަނީ މަގޫދޫ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ކަމަށެވެ.

މީގެ ކުރިން ކަޑަ ޖަހައިގެން ރައްޔިތުން ގުނބޯ ހެއްދި ޒަމާން މާޒީވެއްޖެކަން ފާހަގަކޮށް އޭނާ ބުނީ، ސަރުކާރުން އުޅެނީ، އަމިއްލަ އަށް ކުރެވުނު ކަމަކުން ކުރިމަތިވި ޕްރެޝަރު ކުޑަ ކުރަން ކަމަށެވެ. ޚާއްސަކޮށް މަޖިލިސް އިންތިޚާބުގައި ސަރުކާރު ކެންޑިޑޭޓް އަސްލަމަށް ތާއީދު އިތުރު ކުރުމަށް ކުރި ކަަމެއްގެ ގޮތަށް ވެސް ވަނީ ސިފަ ކޮށްފަ އެވެ.

ހިނގަ ހިނގާ އޮތް އެއާޕޯޓެއްގެ މަސައްކަތް ހުއްޓުވާލެއްވި ވެރިޔަކު، ރައްޔިތުންނަށް ހެޔޮ އެދިވަޑައިގެން އެ މަސައްކަތް އަލުން ފައްޓަވާނެ ކަމަށް މަގޫދޫ ގިނަ ރައްޔިތުން ޤަބޫލު ވެސް ނުކުރެ އެވެ. މިއަދު އެ ރައްޔިތުން ތިބީ، ސަރުކާރަށް ވެސް ދޫދޭ ގޮތަކަށް ނޫނެވެ. މަގޫދޫ ރައްޔިތުން ބޭނުން ވަނީ ސަރުކާރަށް އެ ރައްޔިތުންގެ އަޑު އިއްވުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު