Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީގެ ޕްރައިމަރީ

2023 ގެ ރިޔާސީ އިންތިޚާބަށް ރައީސް ނަޝީދު ކުރިމަތިލައްވާނެ: އީވާ

ސޯޝަލް މީޑިޔާގައި އާންމުވެފައިވާ 37 ސިކުންތުގެ ވީޑިއޯގައި އީވާ ވިދާޅުވެފައިވަނީ 2023 ގައި އެންމެންވެސް ބޭނުންވަނީ އެމްޑީޕީގެ ވެރިކަމެއްކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 26 އެޕްރީލު 2022 | އަންގާރަ 23:41
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޖަލްސާގައި ކުޅުދުއްފުށި ސިޓީގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ 2023ގެ އިންތިޚާބުގައި ރައީސް ނަޝީދު ވާދަކުރައްވާނެކަމަށެވެ. އަދި އިންތިޚާބުގައި ވާދަކުރުމަށް ބާއްވާ ޕްރައިމަރީގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާކަމަށެވެ.

Advertisement - newsAdvertisement

ސޯޝަލް މީޑިޔާގައި އާންމުވެފައިވާ 37 ސިކުންތުގެ ވީޑިއޯގައި އީވާ ވިދާޅުވެފައިވަނީ 2023 ގައި އެންމެންވެސް ބޭނުންވަނީ އެމްޑީޕީގެ ވެރިކަމެއްކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރައްވަމުން ގެންދަވާ އީވާ މިމޭރުމުން ވާހަކަދައްކަވާފައިވާއިރު މީގެކުރިން ރައީސް ނަޝީދު ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށާއި ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް ވިދާޅުވެފައެވެ. މިދިޔަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލަމުން ބޭއްވި "އާސްކް ސްޕީކާރ" ޕްރޮގްރާމްގައި ރައީސް ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުނުވާނަމަ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް ވިދާޅުވެފައެވެ.

2021 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު މިމޭރުމުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތާ ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ. ނަމަވެސް އޭފަހުން ބަރުލަމާނީ ނިޒާމީ ގެނައުމާއި ގުޅޭގޮތުން މާބޮޑެތި ވާހަކަތަކެއް ދައްކަވާފައެއްނުވެއެވެ. ނަމަވެސް ނިޒާމަށް ބަދަލު ގެނައުމަށާއި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވޭ ކެންޑިޑޭޓް ކަނޑައެޅުމުގައި މިހާރު އޮންނަ އުސޫލު ބަދަލުކުރުމަށް ގާނޫނު އަސާސީއަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ގުޅޭގޮތުން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހަށްވެސް ކަންތައްތަކެއް ހުށަހަޅުއްވާފައެވެ. އަދި ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލު ގެނެއުމުގައި ގޮތެއް ނިންމުމަށް 4 އޮގަސްޓް 2022ގައި ކޮންގްރެސް ބޭއްވުމަށް ވަނީ އެ މަޖިލީހުގައި ނިންމާފައެވެ.

މިހާރު އެމްޑީޕީއަށް އައު ޗެއަރޕާސަން އެއް ކަނޑައެޅުމުގެ ކެމްޕެއިންގެ ފޯރިގަދަވެފައިވާއިރު ޕާޓީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. ރައީސް ނަޝީދު އާއި ރައީސް ޞާލިހުގެ ގުޅުން ގޯސްވެފައިވާއިރު ދާދިފަހުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ މިއީ ފެތެމުންދާ ސަރުކާރެއްކަމަށެވެ. މިވަގުތު ޕާޓީއަށް އެންމެ ރަނގަޅީ ފެތެމުންދާ ސަރުކާރަކާއެކު ނެތުންކަމަށް ވަނީ ވިދާޅުވެފައެވެ. އޭގެފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީ އާއި އެމަނިކުފާނުވެސް ބޭނުންފުޅުވަނީ ވަރަށް އާދައިގެ ކަމެއްކަމަށެވެ. އެއީ އެއްވެސް ސަރުކާރަކުން ހިޔާނާތްތެރި ނުވުމާއި އެކަކު އަނެކަކު ތަފާތު ނުކުރުމާއި އަނިޔާވެރި ނުވުމެވެ. އަދި އެމްއެމްޕީއާރުސީ އާއި މި ސަރުކާރުން ހިންގި ކަމަށް ބުނާ ވެންޓިލޭޓަރުގެ ކޮރަޕްޝަންގެ މައްސަލަ ބެލިއްޖެ ނަމަ އިތުބާރު ލިބޭނެ ކަަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއް ނެރުމަށް ބޭއްވި ޕްރައިމަރީގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަތެވެ. ނަމަވެސް އެފަހަރު ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސުން ކަނޑައަޅައި، އިންތިހާބު ހުއްޓުވަން ކޯޓު އަމުރެއް ނެރުނެވެ.

އެހެންކަމުން އއ.އުކުޅަހުގައި ބޭއްވި ކޮންގްރެސްގައި އޭރު އެމްޑީޕީގެ ޕީޖީ ކަމުގައި ހުންނެވި އިބްރާހީމް މުހައްމަދު ޞާލިހަށް އެޕާޓީގެ ޓިކެޓް ދިނުމަށް ނިންމީއެވެ.

އެމްޑީޕީރައީސް ނަޝީދުރައީސް ސާލިހު

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު