Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ވީހާވެސް އަވަހަކަށް ހަނގުރާމަ ހުއްޓާލުން މުހިންމުކަމަށް އދ ގެ އެސްޖީ ވިދާޅުވެއްޖެ

ހަނގުރާމަ ހުއްޓާލުމަށްޓަކައި ކުރެވޭނެ ކަންތައްތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 26 އެޕްރީލު 2022 | އަންގާރަ 15:12
އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އަދި ރަޝިއާގެ ފޮރިން މިނިސްޓަރު ސެރްގެއި ލެވްރޯވް

އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އަދި ރަޝިއާގެ ފޮރިން މިނިސްޓަރު ސެރްގެއި ލެވްރޯވް

ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ވީހާވެސް އަވަހަކަށް ހުއްޓާލުމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އެދިވަޑައިގެންފިއެވެ.

ގުޓަރެސް ވަނީ އަންގާރަ ދުވަހު ރަޝިއާއަށް ވަޑައިގެން އެގައުމުގެ ފޮރިން މިނިސްޓަރު ސެރްގެއި ލެވްރޯވްއާ ބައްދަލުކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ހަނގުރާމައާގުޅޭ މަޝްވަރާތައް ކުރައްވާފައެވެ. އެގޮތުން ހަނގުރާމަ ހުއްޓާލުމަށްޓަކައި ކުރެވޭނެ ކަންތައްތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ހަނގުރާމަ ހުއްޓާލުމަށް ކުރެވެންހުރި ކަންތައްތައް ވީހާވެސް އަވަހަށް ކުރެއްވުމަށް ގުޓަރެސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރު ލެވްރޮވް ވަނީ، ސުލްހަ ގާއިމުކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމަށް ރަޝިއާއިން ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ.

ގުޓަރެސްގެ މިދަތުރުފުޅުގައި ރަޝިއާގެ ރައީސް ލެޑްމިއަރ ޕުޓިންއާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޕުޓިންއާ ބައްދަލުކުރައްވައި، ހަނގުރާމަ ހުއްޓާލައި ސުލްހައިގެ މަޝްވަރާތައް ކުރިއަށްގެންދިއުމާ ގުޅޭގޮތުން ގުޓަރެސް ވާހަކަދައްކަވާނެ ކަމަށް އދ އިން ވަނީ ހާމަކޮށްއެވެ.

އދ ގެ ސެކްރެޓަރީ ޖެނެރަލް ރަޝިއާއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޔޫކްރެއިނަށް ވަޑައިތުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުފުޅުގައި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ، އަދި ފޮރިން މިނިސްޓަރު ޑިމިޓްރީ ކުލެބާއާ ގުޓަރެސް ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަރަޝިއާއެންޓޯނިއޯ ގުޓަރޭޒް

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު