Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުވަޔޮލާ ޑޭވިސް ގެ ރައްދު

މިޝެލް އޮބާމާގެ ރޯލު އަދާކުރި ވަޔޮލާ ޑޭވިސް އަށް އަމާޒުވި ފާޑުކިޔުންތަކާއެކު އޭނާގެ ހިތް ކުދިކުދި

އެރޯލުގެ ސަބަބުން ޑޭވިސް އަށް ލިބެމުންދާ ނުރަނގަޅު ކޮމެންޓްތައް ރަނގަޅު ކޮމެޓްތަކަށްވުރެ ގިނަ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 26 އެޕްރީލު 2022 | އަންގާރަ 12:29
ދަ ފަސްޓް ލޭޑީގައި މިޝެލް އޮބާމާ ރޯލު އަދާކޮށްފައިވާ  ވަޔޮލާ ޑޭވިސް

ދަ ފަސްޓް ލޭޑީގައި މިޝެލް އޮބާމާ ރޯލު އަދާކޮށްފައިވާ ވަޔޮލާ ޑޭވިސް

މިހާރު ދައްކަމުން އަންނަ އެމެރިކާގެ އައު ޓީވީ ޑްރާމާ ސީރީޒްދަ ފަސްޓްލޭޑީގައި ކުރީގެ ފަސްޓް ލޭޑީ މިޝެލް އޮބާމާގެ ރޯލު އަދާކުރަނީ އޮސްކޯ އެވޯޑް ހާސިލުކޮށްފައިވާ ވަޔޮލާ ޑޭވިސްއެވެ. އޮބާމާގެ ރޯލު ޑޭވިސް ކުޅެފައިވާ ގޮތުން ވަކިން ޚާއްސަކޮށް ތުންފަތަށާއި މޫނު މައްޗަށް ގެންނަ އަސަރުތަކާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ޑޭވިސް އަށް ވަނީ އަމާޒުވެފައެވެ. އެއީ މިޝެލް އޮބާމާއަށްވެސް ކުރެވޭ މަލާމާތެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.

އެރޯލުގެ ސަބަބުން ޑޭވިސް އަށް ލިބެމުންދާ ނުރަނގަޅު ކޮމެންޓްތައް ރަނގަޅު ކޮމެޓްތަކަށްވުރެ ގިނައެވެ. އެކަމާއި ޑޭވިސް ހުރީ ވަރަށް ބޮޑަށް ދެރަވެފައެވެ. ބީބީސީ އާ ވާހަކަދައްކަމުން ޑޭވިސް ބުނީ ކުރާ މަސައްކަތާއި ގުޅޭގޮތުން ނެގެޓިވް ކޮމެންޓް މީހުންގެ ފަރާތުން ލިބުމަކީ ވަރަށް ހިތްދަތިވާ ކަމެއްކަމަށެވެ. ފާޑުކިޔުމަކީ އެކްޓިންގ ގައި ކުރިމަތިވާ މަސައްކަތުގެ މާހައުލުން އެމީހެއްގެ ސަލަމާތާއި ރައްކާތެރިކަމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުންކަމަށް ޑޭވިސް ބުނެފައިވެއެވެ.

އުމުރުން 56 އަހަރުގެ ޑޭވިސް އެކަމާއި ގުޅޭގޮތުން ކޮށްލީ ސުވާލެކެވެ. ފެއިލް ވުމުން ނުވަތަ ކުރިމަތިވާ ހިތްދަތިކަމަކުން އަރައިގަތުމަށް ކުރާނީ ކޮންކަމެއް ހެއްޔެވެ؟ އެސުވާލަށް އަމިއްލައަށް ޖަވާބު ދެމުން ޑޭވިސް ބުނީ އެހެންނަމަވެސް އެކަމުން އަރައިގަންނަން ޖެހޭކަމަށެވެ. ހުރިހާ ފަހަރު އަދާކުރެވޭ ރޯލުތަކާއި ކުރެވޭ އެކްޓިންގ އަކީ އެވޯޑް ލިބޭ ވަރަށް އަދާކުރެވޭ ރޯލުތަކެއް ނޫންކަމަށް ޑޭވިސް ބުންޏެވެ.

މިޝެލްގެ ރޯލު ޑޭވިސް ކުޅެފައިވާއިރު އެންމެ ބޮޑަށް މީޑިޔާތަކުން ފާޑުކިޔުން އަމާޒުކޮށްފައިވަނީ ޑޭވިސް، މިޝެލް ގެނެސްދީފައިވާ ގޮތަށެވެ. މިޝެލް އަކީ ލޯޔަރެއްގެ އިތުރުން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުންނެވެ.

ބައެއް މީޑިޔާ ރިޕޯޓްތަކުގައި ޑޭވިސް އަށް ފާޑުކިޔަމުން ބުނެފައިވަނީ ޑޭވިސް ވަނީ މިޝެލްގެ ރޯލު ގެނެސްދީފައިވާއިރު މާ ގޮތްބޮޑު ކޮށްލާފަކަމަށެވެ. ސީރީޒް ބެލި ބައެއް މީހުން ބުނެފައިވަނީ މުޅި ސީރީޒްގައި ޑޭވިސް އެގޮތަށް ތުންފަތަށް ހަދައިގެން ހުރުމުން ސީރީޒް ބަލަން ވަރަށް އުނދަގޫވާކަމަށެވެ.

ބައެއް މީހުން ޖޯކުޖަހަމުން ބުނެފައިވަނީ ޑޭވިސް އެގޮތަށް ތުންފަތަށް ހަދައިގެން ހުރުމުން ހީވަނީ ޑަކްފޭސްއެއް(ނުވަތަ އަދޫންޏެއްގެ އަގަމަތި) ހެންނެވެ. އަދި އެގޮތަށް މޫނަށް ހަދައިގެން ހުންނަށް ވަރުބަލި ނުވޭތޯވެސް ބައެއް މީހުން ސުވާލުކޮށްފައިވެއެވެ.

ލިބެމުންދާ ފާޑުކިޔުންތަކާއި ގުޅޭގޮތުން ޑޭވިސް އިތުރަށް ބުނީ ފާޑުކިޔާ ފަރާތްތަކަށް އަބަދުވެސް ހީވާނީ އެމީހުން އެބުނަނީ ފާޑުކިޔުން ރައްދުކުރާ ފަރާތްތަކަށް ނޭންގޭ ވާހަކައެއްކަމަށެވެ. ބައެއް ފަހަރު އުޅެންޖެހެނީ ދޮގުހަދާ މީހުންގެ ކައިރީކަމަށާއި ނަމަވެސް އެމީހުންނަކީ ތެދަށް ވާހަކަ ދައްކާ މީހުންކަމަށް ސާބިތުކުރުމަށް އެމީހުން މަސައްކަތްކުރާކަމަށެވެ. އެހެންކަމުން އެމީހުންނަށް ވާހަކަތައް ބުނުމުގައި އަނެކާގެ ހިތް ޒަހަމްކޮށްލާޒާތަށް ބަސްބުނުމުގެ ފުރުސަތު ލިބިގެންދާކަމަށެވެ.

އަދި އެކްޓަރެއްގެ ހައިސިއްޔަތުން ފެއިލްވި ނަމަވެސް އެރޯލް އަދާކުރުމަށް ކެރިގެން ކުމަތިލީކަން އެއީ ނެގުނު ރަގަޅު ޒިންމާއެއްކަމަށް ދެކޭކަމަށް ޑޭވިސް ބުންޏެވެ.

ޑޭވިސް އިތުރަށް ބުނީ މިޝެލް އޮބާމާފަދަ ގިނަ ބަޔަކަށް އެނގޭ ބޭފުޅެއް އެގޮތަށް ގެނެސްދިނުމަކީ ވަރަށް ނުވާނެ ކަމެއްކަމަށެވެ. އެރޯލު ގެނެސްދެވޭނީ މާބޮޑަށް ނޫނީ މާ ކުޑަކޮށްކަމަށް ޑޭވިސް ބުންޏެވެ. މީގެއިތުރުން މިޝެލް އޮބާމާ އާއި އޭނާއާ ދެމެދު އެއްވެސް ޒާތީ ގުޅުމެއް ނޯންނަކަމަށް ޑޭވިސް ބުނެފައިވެއެވެ. މާނަ އަކީ އޭނައަށް ޖެހުނީ ހަމަ ހުރިހާކަމެއްވެސް ދަސްކުރަން ކަމެވެ.

ޑޭވިސް އަށް ވަނީ 2017 ވަނަ އަހަރު ބެސްޓް ސަޕޯޓިންގ އެކްޓްރެސްގެ އޮސްކާ އެވޯޑް ލިބިފައެވެ.

ހޮލީވުޑް ލައިފް

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2022

ޕީޕަލް މެގަޒިނުން ހޮވާ އެންމެ "ސެކްސީ" ފިރިހެނަކަށް ކްރިސް އިވާންސް

08 ނޮވެމްބަރު 2022
ޕީޕަލް މެގަޒިނުން ހޮވާ އެންމެ "ސެކްސީ" ފިރިހެނަކަށް ކްރިސް އިވާންސް
15 އޮކްޓޯބަރު 2022

ހެރީ ޕޮޓަރގެ އެކްޓަރ، ރޮބީ ކޮލްޓްރޭން މަރުވެއްޖެ

15 އޮކްޓޯބަރު 2022
ހެރީ ޕޮޓަރގެ އެކްޓަރ، ރޮބީ ކޮލްޓްރޭން މަރުވެއްޖެ
02 ޖޫން 2022

ދެ މީހުންވެސް އަބުރަށް އަރައިގަތް، ބޮޑަށް ކާމިޔާބު ލިބުނީ ޑެޕްއަށް

02 ޖޫން 2022
ދެ މީހުންވެސް އަބުރަށް އަރައިގަތް، ބޮޑަށް ކާމިޔާބު ލިބުނީ ޑެޕްއަށް
10 މެއި 2022

ޑެޕްއާއި ހާޑްގެ ވާހަކަ: ކުށްވެރިއަކީ ކާކު؟

10 މެއި 2022
ޑެޕްއާއި ހާޑްގެ ވާހަކަ: ކުށްވެރިއަކީ ކާކު؟
02 އޮކްޓޯބަރު 2017

ވޯޓްލުމަށް ހިތްވަރު ދިނުމުން އޮބާމާގެ ތައުރީފް އޮހުނު އަންހެނާ 106 އަހަރުގައި މަރުވެއްޖެ

02 އޮކްޓޯބަރު 2017
ވޯޓްލުމަށް ހިތްވަރު ދިނުމުން އޮބާމާގެ ތައުރީފް އޮހުނު އަންހެނާ 106 އަހަރުގައި މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު