Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ ޔޫކްރެއިން ހަނގުރާމަ

ރަޝިއާއަށް ހަނގުރާމައިގެ އަމާޒުތައް ހާސިލެއް ނުކުރެވުނު: އެމެރިކާ

އެމެރިކާގެ އިސް އޮފިޝަލުންގެ ޓީމެއް ވަނީ އާދިއްތަ ދުވަހު ޔޫކްރެއިނަށް ވަޑައިންގަންނަވާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 26 އެޕްރީލު 2022 | އަންގާރަ 13:55
ޔޫކްރެއިން ރަޝިއާ ހަނގުރާމައަށް މިހާރު ވަނީ ދެ މަސް ދުވަސް ވެފައި

ޔޫކްރެއިން ރަޝިއާ ހަނގުރާމައަށް މިހާރު ވަނީ ދެ މަސް ދުވަސް ވެފައި

ޔޫކްރެއިންއަށް ހަމަލާދީ ރަޝިއާއިން ފެށި ހަނގުރާމައިން އެގައުމުން ހާސިލުކުރަން ބޭނުންވި އެއްވެސް އަމާޒެއް ހާސިލް ނުކުރެވޭ ކަމަށް އެމެރިކާއިން ބުނެފިއެވެ.

ފެބްރުއަރީ 24 ވަނަ ދުވަހު ޔޫކްރެއިން ރަޝިއާ ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް އެމެރިކާގެ އިސް އޮފިޝަލުންގެ ޓީމެއް ވަނީ އާދިއްތަ ދުވަހު ޔޫކްރެއިނަށް ވަޑައިންގަންނަވާފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އަދި ޑިފެންސް ސެކެޓްރީ ލޮއިޑް އޮސްޓިން ހިމެނިވަޑައިގަންނަވައެވެ.

މިދަތުރުފުޅުގައި އެބޭފުޅުން ވަނީ ޔޫކްރެއިންގެ ރައީސް ވޮލިޑިމިއަރ ޒެލެންސްކީ އަދި އެގައުމުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ.

މިމަޝްވަރާތަކުގެ ތެރެއިން އެމެރިކާއިން ވަނީ އެގައުމުގެ ޑިޕްލޮމެޓުން ވަރަށް އަވަހަށް އަނެއްކާވެސް ޔޫކްރެއިނަށް ވަޑައިގަންނަވާނެ ކަމަށާއި އެގައުމުގެ އެމްބަސީ ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ބުނެފައެވެ. އަދި އެމެރިކާގެ އޮފިޝަލުންނަށް ޔޫކްރެއިނަށް ވަޑައިގެން އެގައުމުގެ އިސްވެރިންނާއެކު މިގޮތަށް މަޝްވަރާތައް ކުރިއަށްގެންދިއުމަށް ފުރުސަތު ލިބިގެން ދިއުމަކީ ޔޫކްރެއިންގެ ވެރިރަށް ހިފުމަށް ރަޝިއާއިން ނުކުޅެދިފައިވާ ކަމުގެ ހެއްކެއް ކަމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އަދި ޑިފެންސް ސެކެޓްރީ ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ދަތުރު ނިންމަވާލެއްވުމަށްފަހު ވާހަކަ ދައްކަވަމުން ސެކެޓްރީ އޮފް ސްޓޭޓް، ބްލިންކެން ވަނީ ހަނގުރާމައިން ރަޝިއާ ހާސިލުކުރަން ބޭނުންވި އެއްވެސް ކަމެއް ކާމިޔާބު ނުވާ ކަމަށާއި މިހަނގުރާމައިން ޔޫކްރެއިން ކާމިޔާބު ހޯދާފައިވާކަމަށް ވިދާޅުވެފައެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގެއި ލަވްރޯވް ހޯމަ ދުވަހު ވިދާޅުވެފައި ވަނީ އެއްބަސްވުމަކާއެކު މިހާރު ކުރިއަށްދާ ހަނގުރާމަ ނިންމާލެވިދާނެ ކަމަށާއި ނަމަވެސް ހަނގުރާމައިގެ ކޮންޓެންޓް ބިނާވާނީ އަސްކަރީ ހާލަތުގެ މައްޗަށް ކަމަށެވެ. މިނިސްޓަރު ވަނީ ސުލްހައިގެ މަޝްވަރާތަކުގައި ޔޫކްރެއިނުން ގެންގުޅެމުންދާ އުސޫލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މީގެ އިތުރުން އެމެރިކާގައި ހުންނަވާ ރަޝިއާގެ އެމްބެސެޑަރު ވަނީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި މިގައުމުތަކުން ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދެމުންދިއުމަކީ ހަނގުރާމައިގެ މަސްރަހު އިތުރަށް ހޫނުވާން މެދުވެރިވާ ސަބަބެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރަޝިއާ ޔޫކްރެއިން ހަނގުރާމައަށް ދެ މަސް ދުވަސްވެފައި ވާއިރު އެތައް ހާސް ބަޔަކު މަރުވެ އެތައް ހާސް ބަޔަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އަދި ޔޫކްރެއިންގެ އިންފްރާސްޓްރަކްޗަރ މުޅިންހެން ހަކާލުވެ އެތައް މިލިއަން ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަޔުކްރެއިންރަޝިއާއެމެރިކާ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު