Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންމެ ފާހަގަކޮށްލެވޭ ޑިޕްލޮމެޓް އެވޯޑު

ލަންޑަންގައި ހުންނަ އޭޝިއާ އަދި އޯޝަނިއާ ސަރަހައްދުގެ އެންމެ ފާހަގަކޮށްލެވޭ ޑިޕްލޮމެޓަކަށް ޑރ.ފަރަހްނާޒް

26 އެޕްރީލު 2022 | އަންގާރަ 05:37

ފޮރިިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މިކަމާއި ގުޅިގެން ޑރ.ފަރަހްނާޒަށް މަރުހަބާ ވިދާޅުވެފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 26 އެޕްރީލު 2022 | އަންގާރަ 05:37
ޑރ.ފަރަހްނާޒް ފައިޒަލް

ޑރ.ފަރަހްނާޒް ފައިޒަލް

ލަންޑަންގައި ހުންނަ އޭޝިއާ އަދި އޯޝަނިއާ ސަރަހައްދުގެ އެންމެ ފާހަގަކޮށްލެވޭ ޑިޕްލޮމެޓަކަށް ޑރ.ފަރަހްނާޒް ފައިސަލް ހޮވިވަޑައިގެންފިއެވެ.

ލަންޑަންގައި ގާއިމްވެ ތިބޭ އެކި ސަރަހައްދުތަކުގެ ޑިޕްލޮމެޓުންނަށް ޚާއްސަކޮށްގެން ޑިޕްލޮމެޓް މެގަޒިނުން ކޮންމެ އަހަރަކުން ބާއްވަމުން އަންނަ މި އިވެންޓް ފާއިތުވި ދެ އަހަރު ކޮވިޑްގެ ސަބަބުން ނުބާއްވަައެވެ. މިއީ ލަންޑަންގައި މަސައްކަތްކުރާ އެކި ގައުމުތަކުގެ ޑިޕްލޮމެޓުންގެ މަސައްކަތް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ.

Advertisement - newsAdvertisement

އެވޯޑަށް ނޮމިނޭޓް ކުރަން ޖެހެނީ އެ ސަރަހައްދެއްގެ ގައުމުތަކުން ލަންޑަންގައި މަސައްކަތް ކުރާ ޑިޕްލޮމެޓުންނަށް ފާހަގަކޮށްލެވޭ ނަމެކެއެވެ. އެގޮތުން މި އަހަރު އޭޝިއާ އަދި އޯޝަނިއާ ސަރަހައްދުން އެވޯޑު ލިބުނީ ރާއްޖެއަށެވެ.

ޑރ.ފަރަހްނާޒް ވިދާޅުވީ މިއީ ރާއްޖެއަށް ވަރަށް ފަޚުރުވެރި ވަގުތުކޮޅެއް ކަމަށެވެ.

ފޮރިިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މިކަމާއި ގުޅިގެން ޑރ.ފަރަހްނާޒަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރާއްޖެއާ ގުޅުންހުރި ކަންކަމުގައި ޑރ.ފަރަހްނާޒްގެ މަސައްކަތަށް މިނިސްޓަރު ތައުރީފު ކުރެއްވިއެވެ.

އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ޑރ.ފަރަހްނާޒް އައްޔަން ކުރެއްވީ 2019ވަނަ އަހަަރުގެ އެޕްރީލް މަހުގެ 18ވަނަ ދުވަހުއެވެ.

ޑރ.ފަރަޙްނާޒް ފައިސަލަކީ މީގެ ކުރިން، އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމާއި، ޑެންމާކް، ފިންލެންޑް، ފަރަންސޭސިވިލާތް، ނޯވޭ، ސްޕެއިން އަދި ސްވިޑްން އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް އެމްބެސެޑަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ.ފަރަޙްނާޒް ޕީ.އެޗް.ޑީ ހާސިލް ކުރައްވާފައިވަނީ ޕޮލިޓިކްސްގެ ދާއިރާއިން، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ހަލް އިންނެވެ.

ޑރ. ފަރަހަނާޒް ފައިޒަލްޢަބްދުﷲ ޝާހިދު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް
04 އޮކްޓޯބަރު 2025

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު
03 އޮކްޓޯބަރު 2025

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު
11 ސެޕްޓެމްބަރު 2025

"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

11 ސެޕްޓެމްބަރު 2025
"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"
18 ޖުލައި 2025

ޑޮލަރުގެ އަގުބޮޑުވެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު ގަވަރުނަރު ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލައްވައިފި

18 ޖުލައި 2025
ޑޮލަރުގެ އަގުބޮޑުވެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު ގަވަރުނަރު ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލައްވައިފި
01 މެއި 2025

ޒުވާނުން ކުރަމުންދިޔަ އިހުތިޖާޖަށް ފުލުހުން ވަދެ ބާރުގެ ބޭނުންކޮށް އަނިޔާކުރުން ޝާހިދު އާއި ފައްޔާޒު ކުށްވެރި ކުަރައްވައިފި

01 މެއި 2025
ޒުވާނުން ކުރަމުންދިޔަ އިހުތިޖާޖަށް ފުލުހުން ވަދެ ބާރުގެ ބޭނުންކޮށް އަނިޔާކުރުން ޝާހިދު އާއި ފައްޔާޒު ކުށްވެރި ކުަރައްވައިފި
31 ޖެނުއަރީ 2025

"ރައީސުލްޖުމްހޫރިއްޔާ ކުރައްވަންވީ ކަމަކީ ޚާރިޖީ ދާއިރާގައި ތިބި ސިޔާސީ މީހުން ވަކިކޮށްފަ ގެއަށް ފޮނުވާލެއްވުން"

31 ޖެނުއަރީ 2025
"ރައީސުލްޖުމްހޫރިއްޔާ ކުރައްވަންވީ ކަމަކީ ޚާރިޖީ ދާއިރާގައި ތިބި ސިޔާސީ މީހުން ވަކިކޮށްފަ ގެއަށް ފޮނުވާލެއްވުން"
25 ނޮވެމްބަރު 2024

2028ގެ ޕްރައިމަރީ ވާހަކަ ދައްކަން އަވަސް، މުޅި ފޯކަސްއަކީ މިސަރުކާރު ޖަވާބުދާރީކުރުވުން: ޝާހިދު

25 ނޮވެމްބަރު 2024
2028ގެ ޕްރައިމަރީ ވާހަކަ ދައްކަން އަވަސް، މުޅި ފޯކަސްއަކީ މިސަރުކާރު ޖަވާބުދާރީކުރުވުން: ޝާހިދު
21 ނޮވެމްބަރު 2024

ރާއްޖޭގެ ޑިމޮކްރަސީގެ އިރު އޮއްސިފައިވާ ކަމަށާއި، މިފެންނަނީ މި ސަރުކާރު ބަލިވަމުންދާ މަންޒަރު: ޝާހިދު

21 ނޮވެމްބަރު 2024
ރާއްޖޭގެ ޑިމޮކްރަސީގެ އިރު އޮއްސިފައިވާ ކަމަށާއި، މިފެންނަނީ މި ސަރުކާރު ބަލިވަމުންދާ މަންޒަރު: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް