Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވެޓަރެންސް ލީގު

ސިފައިންނާއި ހުޅުމާލެ ވެޓަރެންސް މެޗު އެއްވަރު

25 އެޕްރީލު 2022 | ހޯމަ 18:21

މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 25 އެޕްރީލު 2022 | ހޯމަ 18:21
ސިފައިންނާއި ހުޅުމާލެ ވެޓަރެންސް ބައްދަލުކުރި މެޗުގެ ތެރެއިން

ސިފައިންނާއި ހުޅުމާލެ ވެޓަރެންސް ބައްދަލުކުރި މެޗުގެ ތެރެއިން

މައިލޯ އެފްއޭއެމް ވެޓަރެންސް ލީގުގައި ދިވެހި ސިފައިންގެ ކްލަބާއި ހުޅުމާލެ ވެޓަރެންސް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

މިއަދު ހަވީރު ކުޅުނު މި މެޗު ނިމުނީ 1-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުތަމަ ލަނޑުޖަހައި ލީޑު ނެގީ ހުޅުމާލެ ވެޓަރަންސް ޓީމުންނެވެ. ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ހުޅުމާލެ ވެޓަރެންސަށް ލަނޑު ޖަހައިދިނީ އިބްރާހީމް މުހައްމަދުއެވެ. ނަމަވެސް ދެވަނަ ހާފުގައި ސިފައިންގެ މުހައްމަދު އަމީން ވަނީ ލަނޑެއްޖަހައި ހުޅުމާލެ ވެޓަރެންސާ އެއްވަރުކޮށްފައެވެ.

މި ފަހަރުގެ މުބާރާތުގެ ލީގު ބުުރުގައި ސިފައިން ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ އެއްވަރުވެފައެވެ. ސިފައިން ބަލިވީ ފުރަތަމަ މެޗުގައި ދަ ގްރާންޑޭ އަތުންނެވެ. ދެން އެ ޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ވަނީ އެއްވަރުވެފަ އެވެ. ސިފައިން މޮޅުވީ ޕޮލިސް އަތުންނެވެ. ސިފައިން ލީގު ބުރުގެ ހަތަރު ވަަނައިގައި އޮތީ ހަތް ޕޮއިންޓާ އެކުގައެވެ.

ފައިނަލުގެ ޖާގަ ޔަގީންކޮށްފައިވާ ހުޅުމާލެ ވެޓެރަންސްއިން ވަނީ ލީގު ބުރުގެ ހަ މެޗު ނިންމާލިއިރު، 14 ޕޮއިންޓް ހޯދާފައެވެ، ފައިނަލުގެ އަނެއް ޖާގަ ހޯދާފައިވާ މޯލްޑިވްސް ސޮކަރ މޭޓްސްއިން ވަނީ ކުޅުނު ފަސް މެޗުން 11 ޕޮއިންޓް ހޯދާފައެވެ. ސޮކަރ މޭޓްސްއިން ލީގު ބުރުގައި ކުޅޭ ފަހު މެޗުގައި ބުދަ ދުވަހު ހަވީރު ކުޅޭނީ އީގަލްސްއާއެވެ. ފައިނަލް މެޗު އޮތީ އަންނަ ހޮނިހިރު ދުވަހު ހަވީރުއެވެ.

އެފްއޭއެމާ ގުޅިގެން ކްލަބް އިވެންޓްސްއިން މިފަހަރުގެ މުބާރާތް އިންތިޒާމުކުރާއިރު، މުބާރާތް އަލުން ބާއްވަންފަށާފައި މިވަނީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްފައިވާ މުބާރާތުގައި މިފަހަރު 7 ޓީމު ވާދަކުރެއެވެ. ކޮންމެ ޓީމެއްގައިވެސް 35 އަހަރުން މަތީގެ ދެ ކުޅުންތެރިން ހިމަނަން ފުރުސަތު ލިބެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
12 އޮކްޓޯބަރު 2025

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި
11 އޮކްޓޯބަރު 2025

ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ

11 އޮކްޓޯބަރު 2025
ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ
11 އޮކްޓޯބަރު 2025

ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް

11 އޮކްޓޯބަރު 2025
ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް