Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް

ޓޭބަލް ޓެނިހުގެ ދުނިޔޭގެ އިސް ބޭފުޅުން ރާއްޖެއަށް!

މުބާރާތުގެ ތައްޔާރީތައް ހުންނާނީ ސާފް ޗެމްޕިއަންޝިޕްގެ ތައްޔާރީތަކާ އެއްހަމައެއްގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 25 އެޕްރީލު 2022 | ހޯމަ 10:00
ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު

ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު

އަންނަ މަހު ރާއްޖޭގައި އޮންނަ ސައުތު އޭޝިޔަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް ދުނިޔޭގެ ޓޭބަލް ޓެނިހުގެ އިސް ބޭފުޅުން ވަޑައިގަންނަވާނެކަމަށް ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނުން ބުނެފިއެވެ.

ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވީ މުބާރާތުގެ ތައްޔާރީތައް ދަނީ ވަރަށް ރަނގަޅަށް ކަމަށާއި, މުބާރާތަށް ދުނިޔޭގެ ޓީޓީގެ އިސް ބޭފުޅުން ރާއްޖެ ވަޑައިގަންނަވާނެކަމަށެވެ. އެބޭފުޅުން ވަޑައިގަންނަވަނީ ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ޚާއްޞަ ދައުވަތަކަށްކަމަށްވެސް އައްޔަ ވިދާޅުވިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ މިއީ ތަފާތެއް ފެންނާނެ މުބާރާތަކަށްވާން ބޭނުންވާކަމަށެވެ. އެގޮތުން މިމުބާރާތުގެ އިންތިޒާމްތައް ހުންނާނީ ރާއްޖޭގައި އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ އިންތިޒާމްތަކާ އެއްވަރެއްގައިކަމަށް ވިދާޅުވިއެވެ. މަސައްކަތްކުރައްވަނީ ފުޓްބޯޅައާއި އެހެން ކުޅިވަރުތަކާ ތަފާތުނުކޮށް ކަންކަން ކުރައްވަން ކަމަށް ވިދާޅުވިއެވެ. އެގޮތުން ފުޓްބޯޅައާއި ޓީޓީގައިވެސް ތަފާތެއް ނޯންނާނެކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހަމައެކަނި މުބާރާތުގެ ލޯގޯ ލޯންޗްކޮށްލުމުންވެސް ބައެއް ޤައުމުތަކުގެ އެސޯސިއޭޝަންތަކުގެ ރައީސުން ވަރަށްބޮޑަށް ތައުރީފްކުރެއްވިކަމަށެވެ. އެގޮތުން އޭޝިޔަން ޓޭބަލް ޓެނިސް ޔޫނިއަންގެ ރައީސްގެ ނަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެބޭފުޅުން މުބާރާތަށް އަންނަން ވަރަށް ބޮޑަށް އެކްސައިޓް ވެފައިވާކަމަށެވެ. މީގެކުރިން މިމުބާރާތަކީ އާދައިގެ ގޮތަކަށް ކުޑަކޮށް ބާއްވާ މުބާރާތެއް ނަމަވސް ރާއްޖެއިން މުބާރާތުގެ ސްކޭލް ބަދަލުކޮށްލަން އުޅެނީތޯ ސުވާލުކުރެއްވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މުބާރާތް ފަށަން ޒުވާނުންގެ މަރުކަޒަށް ވަންނައިރު އެތަފާތު ފެންނަވަރަށް މަސައްކަތްކުރައްވާނެކަމަށެވެ.

ޓީޓީ އެސޯސިއޭޝަންގެ ނައިބުރައީސް އިބްރާހީމް ޝިއުރީ ވިދާޅުވީ ރާއްޖެއިން ބޭރުގައި ދިވެހި ކުޅުންތެރިން ކުޅެނީ ވަރަށް ޕްރެޝަރުގައި ކަމަށެވެ. އެންމެފަހުން އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައިވެސް ދިވެހި ކުޅުންތެރިން ކުޅެ ކާމިޔާބު ހޯދީވެސް އެފަދަ މާހައުލެއްގައި ކުޅެގެން ކަމަށެވެ. އެހެންކަމުން މިފަހަރު ހޯމް އެޑްވާންޓޭޖް ދިވެހި ކުޅުންތެރިންނަށް ނެގޭނެ ގޮތަށް ދިވެހި ސަޕޯޓަރުން އަންނަ މަހުގެ 9-11 އަށް ވަގުތު ހުސްކޮށްދެއްވުމަށް ޝިއުރީ ވަނީ ސަޕޯޓަރުންގެ ކިބައިން އެދިފައެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

31 އޯގަސްޓު 2025
ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި
11 ޖޫން 2024

ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

11 ޖޫން 2024
ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!
21 މެއި 2024

ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

21 މެއި 2024
ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި
18 މެއި 2024

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

18 މެއި 2024
ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!
16 މެއި 2024

ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ

16 މެއި 2024
ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު