Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އދ ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް

ރަޝިއާ އަދި ޔޫކްރެއިނަށް ކުރައްވާ ދަތުރުފުޅުގެ ކުރިން ގުޓަރެސް ތުރުކީއަށް ވަޑައިގަންނަވަނީ

ގުޓަރެސް ޔޫކްރެއިން އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 24 އެޕްރީލު 2022 | އާދީއްތަ 11:46
އދ ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް

އދ ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް

އދ ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ރަޝިއާ އަދި ޔޫކްރެއިނަށް ދަތުރުކުރެއްވުމުގެ ކުރިން ތުރުކީއަށް ވެސް ވަޑައިގަންނަވަން ނިންމައިފިއެވެ.

އދ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ރަޝިއާއަށް ވަޑައިގަތުމުގެ ކުރިން ތުރުކީގެ އަންކަރާ އަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ.

އދ އާއި ހަވާލާދީ ރޮއިޓަރސް އިން ރިޕޯޓުކޮށްފައިވާގޮތުގައި އދ ގެ ސެކެޓްރީ ޖެނެރަލް ރަޝިއާއަށް ވަޑައިގެން އެގައުމުގެ ރައީސް ވްލަޑިމިއަރ ޕުޓިން އާ ބައްދަލުކުރައްވާނެއެވެ. އަދި އޭގެ ފަހުން ޔޫކްރެއިން އަށް ވަޑައިގެން އެގައުމުގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ އާ ބައްދަލުކުރަންވާނެއެވެ.

ގުޓަރެސް ތުރުކީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު އެވެ. އަދި އެގައުމުގެ ރައީސް ތޮއްޔިބު އުރުދުޤާން ގުޓަރެސް އަށް މަރުހަބާ ދަންނަވާނެ ކަމަށް އދގެ ބަޔާނާ ހަވާލާދީ ރޮއިޓަރސް އިން ރިޕޯޓުކޮށްފައިވެއެވެ.

މިދިޔަ ހޯމަ ދުވަހު އދ ގެ އެއިޑް ޗީފް މަރޓިން ގްރިފިތްސް ވަނީ ރަޝިއާ ޔޫކްރެއިން ހަނގުރާމާއިގެ ސުލްހައިގެ މަޝްވަރާތަކުގައި ތުރުކީ އަކީ މުހިންމު ބައިވެރިއެއް ކަމަށް ވިދާޅުވެފައެވެ.

ގުޓަރެސްގެ އެސޯސިއޭޓް ތަރުޖަމާން އެރި ކަނެކޯ ވަނީ ގުޓަރެސް ރަޝިޔާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހު ކަމަށް ވިދާޅުވެފައެވެ. މިދަތުރުފުޅުގައި ރަޝިއާގެ ރައީސް އާ ބައްދަލުކުރެއްވުމުގެ އިތުރުން އެގައުމުގެ ފޮރިން މިނިސްޓަރ ސަރުގެއި ލަވްރޯވް، ގުޓަރެސް އާއި ބައްދަލުކުރައްވާނެ ކަމަށް އޭނާގެ ތަރުޖަމާން ވަނީ ވިދާޅުވެފައެވެ. އަދި މިބައްދަލުވުންތަކުގައި ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް ކުރެވޭނެ ކަން ވަނީ ފާހަގަކުރައްވާފައެވެ.

ގުޓަރެސް ޔޫކްރެއިން އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހު ކަމަށް އދ އިން ބުނެއެވެ. މި ދަތުރުފުޅުގައި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ އަދި ފޮރިން މިނިސްޓަރު ޑިމިޓްރީ ކުލެބާ އާއި ގުޓަރެސް ބައްދަލުކުރައްވާ މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެންޓޯނިއޯ ގުޓަރޭޒް ތުރުކީރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު