Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސަމަރ ޓްރާންސްފަރ މާކެޓް

ޖީސޫސް އާސެނަލްއަށް ދިއުން ގާތް!

ދެފަރާތުން މިކަމަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނޭ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 23 އެޕްރީލު 2022 | ހޮނިހިރު 13:01
މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ގަބްރިއެލް ޖީސޫސް

މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ގަބްރިއެލް ޖީސޫސް

މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ސްޓްރައިކަރް ގެބްރިއެލް ޖީސޫސް މިއަންނަ ސީޒަންގައި އާސެނަލްއަށް ބަދަލުވުން ގާތްކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިކަމަށް ބޭނުންވާ ހުރިހާ އިންތިޒާމުތަކެއް މިހާރު ވަނީ ހަމަޖެހިފައެވެ. އަދި ދެފަރާތުން މިކަމަށް އެއްބަސްވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ބްރެޒިލްގެ ޖާނަލިސްޓް ޖޯޖް ނިކޯލާވެސް ވަނީ މިކަމަށް ބާރުދީ ވާހަކަ ދައްކާފައެވެ. އޭނާ ބުނީ މިހާރު ހަމައެކަނި ބޭނުންވަނީ އާސެނަލްއާއި ސިޓީއާއި ދެމެދު އެއްބަސްވުމެއް ހެދުން ކަމަށެވެ.

ޖީސޫސްގެ އެންމެ ބޮޑު އަމާޒަކީ މިއަހަރު ނިމޭ ކޮޅުގައި އޮންނަ ވޯލްޑް ކަޕުގައި ބްރެޒިލްގެ ޓީމަށް ކުޅުމެވެ. ނަމަވެސް ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ޖީސޫސްއަށް ސިޓީގެ ފުރަތަމަ 11 ން ޖާގަ ލިބެނީ މިހާރު މަދު ފަހަރެއްގައެވެ. މި ސީޒަންގައި ޕްރިމިއަރ ލީގުގެ 16 މެޗެއް ޖީސޫސް ފަށާފައި ވާއިރު، ޗެމްޕިއަންސް ލީގުގައި ޓީމުގެ ފުރަތަމަ 11 ން އޭނާއަށް ފުރުސަތު ލިބުނީ އެންމެ މެޗަކުންނެވެ.

އުމުރުން 25 އަހަރުގެ ޖީސޫސް މިހާތަނަށް ބްރެޒިލްގެ ގައުމީ ޓީމަށް 54 މެޗު ކުޅެދީ 18 ލަނޑު ޖަހައިދީފައިވެއެވެ. އޭނާ ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ ކުޅުނީ 2016 ވަނަ އަހަރުއެވެ.

އާސެނަލްމެންޗެސްޓަރ ސިޓީގަބްރިއެލް ޖީސޫސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު