Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަނޑިޔާރަށް ބިރު ދެއްކުން

ބެނަރ ނަގަން ކޯޓު އަމުރުދިން ފަނޑިޔާރަށް އިދިކޮޅު ކޯލިޝަނުން ބިރު ދެއްކި މައްސަލަ ބަލަނީ

21 އެޕްރީލު 2022 | ބުރާސްފަތި 22:46

ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ގައުމީ ސަލާމަތާ ގުޅުންހުރި, އަދި ނުރައްކާ އޮތް ކަމެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 21 އެޕްރީލު 2022 | ބުރާސްފަތި 22:46
ފުލުހުން ކޯޓު އަމުރާއެކު ޕީޕީއެމް އޮފީހާއި ކުރީގެ ރައީސް ޔާމީނުގެ ގެކޮޅަށް ވަދެ އިންޑިއާ އައުޓް ބެނަރ ނެގުން

ފުލުހުން ކޯޓު އަމުރާއެކު ޕީޕީއެމް އޮފީހާއި ކުރީގެ ރައީސް ޔާމީނުގެ ގެކޮޅަށް ވަދެ އިންޑިއާ އައުޓް ބެނަރ ނެގުން

އިންޑިއާ އައުޓް ބެނަރ ނަގަން ކޯޓު އަމުރު ދިން ފަނޑިޔާރަށް އިދިކޮޅު ކޯލިޝަނުން ބިރު ދެއްކި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ރައީސް އޮފީހުގެ ކުރީގެ ސްޕޯކްސްޕާރސަން އައްބާސް އާދިލް ރިޒާ ކޮށްފައިވާ ޓްވީޓަކީ ފަނޑިޔާރަށް ބިރު ދެއްކުމުގެ ގޮތުން ކޮށްފައިވާ ޓްވީޓަކަށްވާތީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ, ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައިވާ އިންޑިއާ އައުޓް ބޮޑު ބެނަރ ކޯޓު އަމުރުގެ ދަށުން ފުލުހުން ނެގީ ބުރާސްފަތި ދުވަހުއެވެ. މި ބެނަރ ހަރުކުރީ އަންގާރަ ދުވަހުގެ ހަވީރުއެވެ.

ބެނާރ ނެގުމަށް ކޯޓުން ނެރުނު އަމުރުގައި ގާޒީގެ ނަމާއި ސޮއި އޮތް ބައި ފޮޓޯއާއެކު ހިއްސާ ކުރަމުން އައްބާސް އާދިލް ރިޒާ ކުރި ޓްވީޓްގައި ބުނެފައިވަނީ، ގާޒީގެ ނަން ހަނދާން ނެތިދާނެތީ ކުރި ޓްވީޓެއް ކަމަށާއި، ވަރަށް ރަނގަޅަށް ބަލައި ފާސް ކުރަން ވާނެ ކަމަށެވެ. އަދި "މަޖީދީ މަގުގައި ހުރިހާ ގާއްދާރުން ވާޖަހާ ދަމަންވާނެ" ކަމަށެވެ.

ސިޔާސީ ބޭނުމެއްގައި, ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ގައުމީ ސަލާމަތާ ގުޅުންހުރި, އަދި ނުރައްކާ އޮތް ކަމެއް ކަމަށްވާތީ އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި, ތަންފީޒުކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބުރާސްފަތި ދުވަހު ވަނީ ގަރާރެއްވެސް ނެރުއްވާފައެވެ.

ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި, ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެކަމެއް ހުއްޓުވަންޖެހޭނެ ކަމެއް ކަމުގައިވާތީ، ދިވެހި ދައުލަތުގެ ފުދުންތެރިކަމާއި ފާގަތިކަމަށާއި ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރާ ނޭދެވޭ ކޮންމެ އަސަރަކީ ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންދާނެ އަނިޔާއެކެވެ.

ވުމާއެކު، އެއްވެސް ޖާއިޒު މަގުސަދެއް ނެތި, ސިޔާސީ ބޭނުމެއްގައި, ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ގައުމީ ސަލާމަތާ ގުޅުންހުރި, އަދި ނުރައްކާ އޮތް ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މިކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އަވަށްޓެރި ގައުމަކާ ގުޅޭ ގޮތުން ބަދުބަސް ބުނެ ބެނަރތައް ހަރުކުރުން ފުލުހުން ނުކުމެ ވަގުތުން ވަގުތަށް ހުއްޓުވަން ޖެހޭ ކަމަށެވެ.

އިދިކޮޅުން ގެންދަނީ އިންޑިއާ އައުޓް ޖަހައި މާލޭގެ އެކި ސަރަހައްދުތަކުގައި ބެނަރ ހަރުކޮށް މަގުމަތީގައާއި ފާރުތަކުގައި ލިޔަމުންނެވެ.

ކްރިމިނަލް ކޯޓްޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންއިންޑިއާ އައުޓްފަނޑިޔާރުން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް