Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިފައިންގެ 130 ވަނަ އަހަރީ ދުވަސް

ގައުމީ ދިފާއީ ބާރަކީ ރައްޔިތުން ބަލައިގަންނަ ތަނަކަށް ހެދުމަކީ އަމާޒެއް: ޝަމާލް

ރައްޔިތުންގެ ފަރާތުން އެކި ލެވެލްގައި ސިފައިންނަށް އެއްބާރުލުން ލިބޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 21 އެޕްރީލު 2022 | ބުރާސްފަތި 16:53
ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް

ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް

ގައުމީ ދިފާއީ ބާރަކީ ރައްޔިތުން ބަލައިގަންނަ ތަނަކަށް ހެދުމަކީ އަމާޒެއްކަމަށް ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ސިފައިންގެ 130 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޝަމާލް ވިދާޅުވީ, ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގައުމީ ދިފާއީ ބާރުގެ އޮޕަރޭޝަނަލް ސްޓްރަކްޗަރއެއް ތައާރަފުކުރެވިފައިވާ ކަމަށާއި, މިކަން ވެގެންދިޔައީ ކުރެވުނު މަސައްކަތުގެ އެންމެ މުހިންމު ބިންގާކަމަށެވެ.

އެ މިސްރާބަށް ދިޔުމަށްޓަކައި ތަފާތު މަސައްކަތްތައް ކުރެވުންދާކަން ފާހަގަކުރައްވަމުން ޝަމާލް ވިދާޅުވީ, އިންސާނީ ވަސީލަތް އިތުރަށް ތަރައްގީކުރުމާއި, އިތުރު އާލާތްތައް ހޯދުމާއި, ބޭރުގެ ގައުމުތަކުގެ ގުޅުން ބަދަހިކޮށް، މަސައްކަތް ކުރެވޭނެ ނިޒާމުތައް ކަނޑައަޅަމުންދާކަމަށެވެ.

ސަލާމަތީގޮތުން ދިމާވާ އެކި ގޮންޖެހުންތަކާ ކުރިމަތިލުމަށާއި އިންޑިއަން އޯޝަން ސަލާމަތީ ތަނަކަށް ހެދުމަށްޓަކައި, ބޭރު ގައުމުތަކާއި ގުޅިގެން ވަރަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ގައުމީ ދިފާއީ ބާރުގެ ގާބިލުކަން އިތުރުކޮށް، އެކި ތަމްރީނު ޕްރޮގްރާމުތައް ހިންގަމުންދާކަމަށްވެސް ވިދާޅުވިއެވެ.

މަދަނީ ދިފާއުގެ ވަރަށް ގިނަ މަސައްކަތްތައް ވެސް ދިފާއީ ބާރުން ކުރާކަމަށާއި, މި ޚިދުމަތްތައް އެންމެ ރަނގަޅަށް ފޯރުކޮށްދިނުމަކީ އެއް އަމާޒުކަމަށް ޝަމާލް ވިދާޅުވިއެވެ. "ގާޒީ ޝިޕް" ވެސް 7 އަހަރަށްފަހު މަރާމާތުކޮށް، ރައްޔިތުންނަށް އެންމެ ފުރިހަމައަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ވަސީލަތްތައް ވެސް ރަނގަޅަށް ބަލަހައްޓަމުންދާކަމަށް ވިދާޅުވިއެވެ.

ގައުމީ ދިފާއީ ބާރުގެ ތެރޭގައި ނިޒާމުތައް ގާއިމުކުރުމާއި އޮޕަރޭޝަން ގާބިލުކަންވެސް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޝަމާލް ވިދާޅުވިއެވެ.

ސްޕެޝަލް ފޯރސްގެ މަސައްކަތަށް އިތުރަށް އެހީވުމަށް މެރިން ކޯގައި ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕެއް ގާއިމުކުރެވިފައިވާކަމަށް ވެސް ވިދާޅުވިއެވެ.

ސަލާމަތީ ޚިދުމަތެއްގެ ގޮތުން ވެސް މަސްއޫލިއްޔަތުތަކެއް ވާކަމަށާއި, ރާއްޖޭގައި އަމާންވެއްޓެއް ގާއިމުކުރުމަށް ފުލުހުންނާ ގުޅިގެން, ކްރައިމް ޓާސްކް ފޯހުގެ ތެރެއިން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ, ރައްޔިތުންގެ ފަރާތުން އެކި ލެވެލްގައި ސިފައިންނަށް އެއްބާރުލުން ލިބޭކަމަށް ޝަމާލް ފާހަގަކުރެއްވިއެވެ.

ރާއްޖެ ފަތުރުވެރިކަމަށް ބަރޯސާވެފައިވާއިރު, ރާއްޖޭގެ ހަމަޖެހުން ގާއިމުކުރުމަކީ މުހިންމުކަމެއް ކަމަށް ވިދާޅުވިއެވެ. ސިފައިން ވެސް މަސައްކަތް ކުރަނީ އެ އަމާޒަށް ކަމަށް ވިދާޅުވިއެވެ.

އެކި ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންދާއިރު ފައިޓިންގް ފިޓް ފޯހަކަށް ގައުމީ ދިފާއީ ބާރު ހެދުމަކީވެސް އަމާޒެއްކަމަށް ޝަމާލް ވިދާޅުވިއެވެ.

އެމްއެންޑީއެފްޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު