Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލުން

އަފްޣާނިސްތާނުގައި ދިން ބޮމުގެ ހަމަލާތަކެއްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެ

21 އެޕްރީލު 2022 | ބުރާސްފަތި 15:19

އަފްޣާނިސްތާނުގެ އުތުރުގައި އޮންނަ މަޒަރް-އި-ޝާރިފްގެ ޝީއާ މިސްކިތެއްގައި ބުރާސްފަތި ދުވަހު ގޮއްވާލި ބޮމުގެ ސަބަބުން 10 މީހުން ވަނީ މަރުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 21 އެޕްރީލު 2022 | ބުރާސްފަތި 15:19
އައިއެސްއައިއެސްއަށް ވާގިވެރިވާ އިސްލާމިކް ސްޓޭޓް އޮފް ޚޮރަސަން ޕްރޮވިންސް (އައިއެސްކޭޕީ)ން ވަނީ، އަފްޣާނިސްތާންގެ އުތުރުގައި އޮންނަ މަޒަރް-އި-ޝާރިފްގެ ޝީއާ މިސްކިތަށް ދިން ހަމަލާގެ ޒިންމާ ނަގާފައި

އައިއެސްއައިއެސްއަށް ވާގިވެރިވާ އިސްލާމިކް ސްޓޭޓް އޮފް ޚޮރަސަން ޕްރޮވިންސް (އައިއެސްކޭޕީ)ން ވަނީ، އަފްޣާނިސްތާންގެ އުތުރުގައި އޮންނަ މަޒަރް-އި-ޝާރިފްގެ ޝީއާ މިސްކިތަށް ދިން ހަމަލާގެ ޒިންމާ ނަގާފައި

އަފްޣާނިސްތާނުގެ އެކި ސަރަހައްދުތަކުގައި ބޮމުގެ ހަމަލާތައް ދިނުމުގެ ސަބަބުން އެތައް ބަޔަކަށް އެކި ވަރުގެ އަނިޔާލިބި, ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުން ބުރާސްފަތި ދުވަހު އަފްޣާނިސްތާންގެ އުތުރުގައި އޮންނަ މަޒަރް-އި-ޝާރިފްގެ ޝީއާ މިސްކިތެއްގައި ގޮއްވާލި ބޮމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކަށް ވަނީ އަނިޔާވެފައެވެ.

އެންމެފަހުގެ ރިޕޯޓުތަކަށް ބަލައި އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުން, މިހަމަލާގައި އަނިޔާލިބުނު މީހުންގެ އަދަދު 40ށް އަރައެވެ. އަދި ހަމަލާގައި މަރުވި މީހުންގެ އަދަދު 10ށް އަރާކަމަށް މަޒަރް-އި-ޝާރިފްގެ މައި ހޮސްޕިޓަލާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

އެގޮތުން މިސްކިތަށް ހަމަލާދިން އިރު މިސްކިތުގައި ތިބި ގިނަ އަދަދެއްގެ މީހުން ހޮސްޕިޓަލަށް ގެނެސްފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ.

އައިއެސްއައިއެސްއަށް ވާގިވެރިވާ އިސްލާމިކް ސްޓޭޓް އޮފް ޚޮރަސަން ޕްރޮވިންސް (އައިއެސްކޭޕީ)ން މިހަމަލާގެ ޒިންމާ ނަގާފައިވާ ކަމަށް އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ މަގެއްގައި ބުރާސްފަތި ދުވަހު ގޮއްވާލި ބޮމެއްގެ ސަބަބުން ކުޑަ ދެކުދިންނަށް ވަނީ އަނިޔާ ލިބިފައެވެ.

ކާބުލް ޕޮލިސް ސްޓޭޝަންގެ ތަރުޖަމާނު ޚާލިދު ޒަދްރަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ, ބޮން ގޮއްވާލާފައި ވަނީ ގިނަ އަދަދެއްގެ ޝީއާ މުސްލިމުން ދިރިއުޅެމުންދާ ސަރަހައްދެއްގައި ކަމަށެވެ.

މީގެ ދެދުވަސްކުރިން ހަމަ މިސަރަހައްދުގައި ތައުލީމުގެ ޚިދުމަތްތައް ފޯރުކޮށްދޭ އިދާރާތަކަށް އަމާޒުކޮށް, ދިން ބޮމުގެ ހަމަލާތަކުގައި 6 މީހުން މަރުވެ 17 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.

އަފްޣާނިސްތާންގެ ކުންދުޒް ސިޓީގައި ބުރާސްފަތި ދުވަހު ދިން ބޮމުގެ ހަމަލާގައި 4 މީހުން މަރުވެ 18 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އަފްޣާނިސްތާން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
01 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ

01 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ
04 ޖުލައި 2025

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ

04 ޖުލައި 2025
އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ
12 ޑިސެމްބަރު 2024

މިނިސްޓްރީގެ ދޮރުމަތިން ބޮމެއް ގޮއްވާލާ ޠާލިބާނުގެ މިނިސްޓަރެއް އަވަހާރަކޮށްލައިފި

12 ޑިސެމްބަރު 2024
މިނިސްޓްރީގެ ދޮރުމަތިން ބޮމެއް ގޮއްވާލާ ޠާލިބާނުގެ މިނިސްޓަރެއް އަވަހާރަކޮށްލައިފި
26 ޑިސެމްބަރު 2023

ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ބަޔަކު އެކުގައި ކައިވެނި ހަފްލާ ބާއްބައިފި

26 ޑިސެމްބަރު 2023
ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ބަޔަކު އެކުގައި ކައިވެނި ހަފްލާ ބާއްބައިފި
04 ނޮވެމްބަރު 2023

އަފްޣާން ރެފިއުޖީންގެ ގެތަށް، ބުލްޑޯޒަރުތަކުން ބިމާ ހަމަ ކުރަނީ!

04 ނޮވެމްބަރު 2023
އަފްޣާން ރެފިއުޖީންގެ ގެތަށް، ބުލްޑޯޒަރުތަކުން ބިމާ ހަމަ ކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް