Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި 31 އަހަރު، ނަތީޖާއަކީ ކޮބާ؟

ގާނޫނަކުން ބާރުލިބިގެން ވަކި ކޮމިޝަނެއް އުފެދި، އެމަސައްކަތް ކުރަމުންދާތާ 14 އަހަރު ވަނީ ވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 21 އެޕްރީލު 2022 | ބުރާސްފަތި 15:51
އެންޓި ކޮރަޕްޝަން ކޮމިޝަން

އެންޓި ކޮރަޕްޝަން ކޮމިޝަން

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި ވަކި މުއައްސަސާއެއް ކަނޑައެޅި, އެމަސައްކަތް ކުރެވެމުންދާތާ 31 އަހަރު ވީއެވެ. ކޮރަޕްޝަންގެ ސަބަބުން މުޖުތަމައު ފަސާދަވުމަށް އިތުރަށް މަގުފަހިވެގެންދާއިރު މުޖުތަމައުގެ އަމަން އަމާންކަން ގެއްލި, ދެބަސްވުމާއި ހަމަނުޖެހުމަށް މަގުފަހިވެގެންދެއެވެ. ވަކިން ޚާއްސަކޮށް ފަގީރުން އިންތިހާއަށް ފަގީރުވެ, ނުހައްގު މުއްސަނދިކަން ލިބި, އެތައް ބައެއްގެ ހައްގުތައް ގެއްލިގެންދެއެވެ. އެހެންކަމުން ކޮރަޕްޝަން ހުއްޓުވުމަކީ މުޖުތަމައުގެ އަމާންކަމާއި ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް ނުހަނު ބޭނުންތެރި ކަމެކެވެ. އެކަމަށް ވަކި މުއައްސަސާއެއް އުފައްދައި ގާނޫނުން ބާރު ދީގެން މުއައްސަސާއެއް ހިނގަމުންދާއިރު, މިހާރު އެކަން ކުރަމުންދަނީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ންނެވެ. އެއީ 2008 ވަނަ އަހަރު ތަސްދީގުކުރެވިގެންދިޔަ އައު ގާނޫނު އަސާސީގެ ދަށުންނެވެ. އެމުއައްސަސާ ހިނގަމުންދަނީ އެކަމަށް އެކުލަވާލެވިފައިވާ ވަކި ގާނޫނަކުންނެވެ. އެއީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނެވެ.

އޭސީސީން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްތަކެއް ކުރަމުންދާއިރު, ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތައްވެސް ހުރެއެވެ. މިހުރިހާ ފަރާތްތަކުންވެސް މަސައްކަތްކުރަމުންދަނީ ކޮރަޕްޝަނާ ގުޅޭގޮތުން އާންމުން ހޭލުންތެރިކޮށް, ކޮރަޕްޝަން ހުއްޓުވުމަށެވެ. ނުވަތަ މަދުކުރުމަށެވެ. ގާނޫނަކުން ބާރުލިބިގެން ވަކި ކޮމިޝަނެއް އުފެދިގެން އެމަސައްކަތް ކުރަމުންދާތާވެސް 14 އަހަރު މިވަނީ ވެފައެވެ. އޭގެކުރިއްސުރެވެސް މިމަސައްކަތް ކުރަމުންދާއިރު, އުފެދޭ ސުވާލަކީ ކޮރަޕްޝަން ހުއްޓުވުމަށް ކުރެވެމުންދާ މިމަސައްކަތުން ނިކުންނަ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ އެސުވާލުގެ ޖަވާބު އެކި މީހުން ދޭނީ އެކިގޮތަށެވެ. ކުރީގައި ނުދައްކާ މިންވަރަށް މިހާރު ކޮރަޕްޝަންގެ ވާހަކަ ދެއްކުން އާންމުވުމާއި, އެފަދަ މައްސަލަތައް ކަމާބެހޭ މުއައްސަސާތަކާ ހަމައަށް ހުށަހެޅޭނެ ފަހި މަގެއް މިހާރު ގާއިމުވެފައި ވުމަކީ މިކަމުގައި ލިބިފައިވާ ކުރިއެރުމެއްގެ ގޮތުގައި އެއްބަޔަކު ދެކެއެވެ.

ކޮރަޕްޝަންގެ އަމަލުތަކާމެދު މީހުންގެ މެދުގައި ހުރި މައުލޫމާތު ކުރިއާ އަޅާބަލާއިރު އިތުރުވެފައިވުމާއި, އެފަދަ ކަމެއް ހިނގާނަމަ ސޯޝަލް މީޑިޔާ މެދުވެރިކޮށް ފަސޭހަކަމާއެކު އެކަމެއް މިހާރު ތިލަވެގެންދެއެވެ. ނަމަވެސް އުފުދޭ ސުވާލަކީ މިހުރިހާ މަސައްކަތްތަކާއެކުވެސް ކޮރަޕްޝަންގެ އަމަލުތައް މުޖުތަމައުގެ ތެރޭގައި ހިންގާވަރު މަދުވޭހެއްޔެވެ؟

ގައުމުތަކުގައި ކޮރަޕްޝަން ހުރި މިންވަރު ދެނެގަތުމަށް ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް (ސީ.ޕީ.އައި) ކޮންމެ އަހަރަކުވެސް ނެރެއެވެ. ސީ.ޕީ.އައިއަކީ ދުނިޔޭގެ 180 ގައުމެއްގައި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސަރވޭތަކާއި, ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި އެ ގައުމުތައް ގިންތިކޮށް ޕޮއިންޓް ދޭ އިންޑެކްސްއެކެވެ. މި އިންޑެކްސްގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކައާއި (0 - 100) ދެމެދުގެ މިންގަނޑެއް ކަމަށް ވާއިރު, ސުމެއް ލިބެނީ ވަރަށް ކޮރަޕްޓް ގައުމުތަކަށެވެ. އަދި 100 ލިބެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު, އަދި ހާމަކަން ބޮޑު ގައުމުތަކަށެވެ.

ގައުމުތަކުގައި ކޮރަޕްޝަން އަށަގެންފައިވާ މިންވަރު ދެނެގަތުމުގެ މަގުސަދުގައި ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް (ޓީ.އައި)ގެ ފަރާތުން ކޮންމެ އަހަރަކުވެސް މި ރިޕޯޓް ނެރެއެވެ. މި ރިޕޯޓުގައި ރާއްޖޭގެ ހާލަތަށް ބަލާއިރު, 2020 ވަނަ އަހަރުގެ ސީ.ޕީ.އައިން ދިވެހިރާއްޖެއަށް ލިބުނީ 180 ގައުމުގެ ތެރެއިން 75 ވަނަ ގިންތި, އަދި 43 ޕޮއިންޓެވެ. 2021ގައި ދިވެހިރާއްޖެއަށް ލިބިފައިވަނީ 85 ވަނަ ގިންތި, އަދި 40 ޕޮއިންޓެވެ. 2019 ވަނަ އަހަރުގެ ސީ.ޕީ.އައިން ދައްކާގޮތުގައި 29 ޕޮއިންޓާއެކު ރާއްޖެ އޮތީ 180 ގައުމުގެ ތެރެއިން 130 ވަނައިގައެވެ. 2018 ވަނަ އަހަރުގެ ސީ.ޕީ.އައިގެ ނަތީޖާއާ އަޅާ ބަލާއިރު, އެއަހަރު ރާއްޖެ ވަނީ ދެ ޕޮއިންޓް ދަށްވެ، ގައުމުތަކުގެ ތަރުތީބުކުރުމަށްބަލާއިރު 6 ދަރަޖަ ވެއްޓިފައެވެ. 2017 ވަނަ އަހަރު ރާއްޖެ އޮތީ 112 ވަނައިގައެވެ. އަދި 2016 ވަނަ އަހަރު ރާއްޖެ އޮތީ 95 ވަނައިގައެވެ.

މިއީ ފާއިތުވި އަހަރުތަކުގައި ސީޕީއައިގައި ރާއްޖެ އޮތް ހިސާބުތަކެވެ. ކޮންމެ އަހަރެއްގެވެސް ރޭންކަށް ބަލައި, ރަނގަޅުކުރަން ހުރި ކަންކަމަށް ރިއާޔަތްކޮށް ޓްރާންސްޕޭރެންސީ ބަޔާނެއް ނެރެއެވެ. އެ އަހަރެއްގައި ކަނޑައަޅާފައިވާ ކަންކަން އިސްލާހު ނުކުރާނަމަ އެކަމުގެ ގެއްލުންތައް މުޖުތަމައަށް ވެގެންދެއެވެ. އަނެއްކޮޅުން ކޮރަޕްޝަންގެ ސަބަބުން ގެއްލިގެންދާ އެތައް ފައިސާއެއް ހޯދުމަކީވެސް ފަސޭހަކަމަކަށް ނުވެއެވެ. ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު, ތާރީޚުގައި ހިނގި އެންމެ ބޮޑު ޚިޔާނާތް ކަމުގައިވާ އެމްއެމްޕީއާރުސީގެ ވައްކަމުގެ ތެރެއިން ގެއްލުނު ފައިސާ އަދިވެސް ނުހޯދެއެވެ. އެފައިސާ ހޯދޭނެކަމަށް އޭސީސީން ބުނަމުންދިޔަނަމަވެސް އެކަން ގަބޫލުކުރެވޭ ތިބީ މަދު ބަޔެކެވެ. އެއީ މާޒީގައި ކަން ހިނގާފައިވާ ގޮތުންނެވެ. އަލަށް އެކުލަވާލެވުނު ކޮމިޝަނުން ބުނަމުން އަންނަ ވާހަކައަކީ ރައްޔިތުންގެ އިތުބާރު އަނބުރާ ހޯދާނެކަމެވެ. އެކަމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

ދުވަހުގެ މުނާސަބަތުގައި ކޮމިޝަންގެ ރައީސް އާދަމް ޝާމިލު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ, ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި ކާމިޔާބު ހޯދަމުންދާ ގައުމުތަކުގައި ގެންގުޅޭ ވިސްނުމާއި ސިޔާސަތުތައް ދިވެހި ވެއްޓަށް އެންމެ ފެތޭހެން ބަދަލުކޮށްގެން ބޭނުންކުރަން ޖެހޭކަމަށެވެ. އަދި އެވިސްނުމަށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ގާނޫނީ އޮނިގަނޑު ދީލާލަންޖެހޭކަމަށެވެ. ދައުލަތުގެ ހިންގުމުގެ ނިޒާމު ބަދަލުކުރަންޖެހޭކަމަށެވެ. އަދި ހަމައެކަނި ވާހަކަދައްކައިގެން ރައްޔިތުން އިތުބާރުކުރާ މުއައްސަސާއަކަށް އޭސީސީ ނުހެދޭނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އެއިތުބާރު ލިބޭނީ ނަތީޖާ ނެރެވިގެންކަމަށާއި, އެކަން ކުރުމަށް ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުން ބޭނުންވާކަމަށެވެ.

ތެދެކެވެ. ގުޅިގެން އެތައް ބަޔަކު ހިންގަމުން އަންނަ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކުން އެކުގައި މަސައްކަތްކުރަން ޖެހެއެވެ. އަދި ކޮރަޕްޝަންގެ އަމަލެއް ހިންގުމުން އެކަމަށް އަމަލުކުރުމުގެ ސިޔާސަތު ބަދަލުކޮށް, އެ އަމަލު ދުރާލައި ހުއްޓުވުމުގެ ސިޔާސަތެއް އެބަ އަށަގަންނުވަންޖެހެއެވެ.

އޭސީސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

20 ނޮވެމްބަރު 2025
މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

02 ނޮވެމްބަރު 2025
ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

28 އޮކްޓޯބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު