Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ރަޝިޔާއިން ދިން ސުންގަޑި ހަމަވިއިރުވެސް، ޔޫކްރެއިން ސިފައިން މަރިއަޕޯލްގައި އަމާނެއް ނުދިން

ހަނގުރާމަ ފެށުނީއްސުރެ އެންމެ ގަދަޔަށް ހަމަލާ ބަދަލުކުރެވެމުންދާ އެއް ސަރަހައްދަކީ ޔޫކްރެއިންގެ މަރިއަޕޯލް ސިޓީ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 20 އެޕްރީލު 2022 | ބުދަ 17:59
ޔޫކްރެއިންގައި ހަރަކާތްތެރިވާ، ރަޝިޔާއަށް ވާގިވެރިވާ ސިފައިން

ޔޫކްރެއިންގައި ހަރަކާތްތެރިވާ، ރަޝިޔާއަށް ވާގިވެރިވާ ސިފައިން

ޔޫކްރެއިންގެ މަރިއަޕޯލް ސިޓީގެ ދަނގަޑު އުފައްދާ ފެކްޓްރީއެއްގެ ތެރޭގައި ތިބި ޔޫކްރެއިންގެ ސިފައިން އަމާންނުދީފިނަމަ މަރާލާނެކަމުގެ އިންޒާރުދީ ރަޝިޔާއިން ދިން ސުންގަޑި ހަމަވިއިރުވެސް ޔޫކްރެއިންގެ ސިފައިން އަމާނެއްނުދިނެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ އައު ބާބެއް ފެށިފައިވާކަން ރަޝިޔާއިން ފާހަގަކޮށްފައިވާއިރު، ހަނގުރާމަ ފެށުނީއްސުރެ އެންމެ ގަދަޔަށް ހަމަލާ ބަދަލުކުރެވެމުންދާ އެއް ސަރަހައްދަކީ ޔޫކްރެއިންގެ މަރިއަޕޯލް ސިޓީއެވެ. އެސިޓީގައި ކުރިއަށްދާ ހަމަލާ ބަދަލުކުރުންތައް ވަރުގަދަވެފައިވާއިރު، ރަޝިޔާއިން ޔޫކްރެއިން ސިފައިންނަށް ދިން ސުންގަޑި ވަނީ ބުދަ ދުވަހުގެ މެންދުރުފަހަށް ހަމަވެފައެވެ.

ފެކްޓްރީގައި ހަރަކާތްތެރިވަމުންދާ ސިފައިންގެ ކޮމާންޑަރެއް ކަމަށް ބެލެވޭ މީހަކާ ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން, ޔޫކްރެއިންގެ ސިފައިން ވަނީ އެމީހުންނަށް އެގޮތުގައި ރަޝިޔާގެ އަސްކަރިއްޔާއާ ކުރިމަތިލެވޭނީ ދެން ކުޑަދުވަސްކޮޅަކު ކަމަށް ބުނެފައެވެ. ބައިނަލްއަގުވާމީ ގައުމުތަކުގެ އެހީއަށް އެދިފައިވާއިރު، ރަޝިޔާގެ އަސްކަރިއްޔާގެ ލަޝްކަރު އެމީހުންނަށްވުރެ އެތައް ގުނައެއް ބޮޑުކަމަށާއި, ހަތިޔާރުގެ ގޮތުން ވަރުގަދަކަމަށް ވަނީ ބުނެފައެވެ. މިއީ މެރިއަޕޯލްގައި ހަރަކާތްތެރިވާ ޔޫކްރެއިންގެ ސިފައިންގެ އެންމެ ފަހު ޔުނިޓްތަކުން ޔުނިޓެއްގެ ކޮމާންޑަރުކަމަށް ރިޕޯޓުތައް ބުނެއެވެ.

ރަޝިޔާ އަސްކަރިއްޔާގެ އެތައް ހާސް ސިފައިންނެއް މިހާރު އެންމެ ވަރުގަދައަށް ހަމަލާތައް ދޭން ފަށާފައި ވަނީ އިރުމަތީ ޔޫކްރެއިންގެ ޑޮންބަސް ސަރަހައްދުގައެވެ. މިއާއެކު "ބެޓްލް އޮފް ދަ ޑޮންބަސް" ފެށިފައިވާ ކަމަށް ޔޫކްރެއިންގެ އޮފިޝަލުން ވަނީ ބުނެފައެވެ. ރަޝިޔާއިން ބުނަމުންދަނީ ޑޮންބަސްގައި ކުރިއަށްދާ ހަމަލާ ބަދަލުކުރުން ތަކަކީ ޑޮނެސްކް އަދި ލުހާންސްކްގެ މިނިވަން ކަށަވަރުކުރުމަށް އެގައުމުން ކުރިއަށްދާ އޮޕަރޭޝަނެކެވެ.

އދ.އިން ބުދަ ދުވަހު އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ފެބްރުއަރީ 24 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޔޫކްރެއިން ދޫކޮށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރި މީހުންގެ އަދަދު ވަނީ 5 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ. އަދި މިގޮތަށް ހިޖުރަކުރި މީހުންގެ ދެބައިކުޅައެއްބައި މީހުންނަކީ ކުޑަކުދިންކަމަށް އެޖަމްއިއްޔާއިން ފާހަގަކުރެއެވެ.

ޔުކްރެއިންރަޝިއާރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު