Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވެޓަރެންސް ލީގު

ފަހުވަގުތު ލަނޑުޖަހައި، ދަ ގްރާންޑޭ އީގަލްސްއާ އެއްވަރުކޮށްފި

20 އެޕްރީލު 2022 | ބުދަ 15:36

މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 20 އެޕްރީލު 2022 | ބުދަ 15:36
ވެޓަރެންސް ލީގުގައި އީގަލްސްއާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން

ވެޓަރެންސް ލީގުގައި އީގަލްސްއާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން

މައިލޯ އެފްއޭއެމް ވެޓަރެންސް ލީގުގައި އީގަލްސްއާ ބައްދަލުކުރި މެޗުގެ ފަހު ވަގުތުގައި ލަނޑުޖަހައި, ދަ ގްރާންޑޭ އެއްވަރުކޮށްފިއެވެ.

މެޗު ނިމުނީ 1-1ގެ ނަތީޖާއަކުންނެވެ. މިއާއެކު ދެޓީމަށްވެސް އެއް ޕޮއިންޓު ލިބުނުއިރު، މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގައަށް ވާދަކުރަމުން އަންނަ ދަ ގްރާންޑޭއަށް މެޗުން މޮޅު ނުވެވުމުން ގެއްލުނީ މުހިންމު ދެ ޕޮއިންޓެވެ.

7 ޓީމުގެ މެދުގައި ކުޅޭ ލީގު ބުރުން އެއްވަނައާއި ދެވަނަ, ފައިނަލަށް ހޮވޭއިރު، ފައިނަލުގެ އެއް ޖާގަ ހުޅުމާލެ ވެޓްރަންސްއިން ވަނީ ޔަގީންކޮށްފައެވެ. ދެވަނަ ޖާގައަކަށް ވާދަކުރަނީ މުޅިން އަލަށް ވެޓެރަންސް މުބާރާތުގައި ކުޅެމުން އަންނަ ދަ ގްރާންޑޭއާއި, ތަރިން ގިނަ، މޯލްޑިވްސް ސޮކަރ މޭޓްސް ޓީމެވެ. ހުޅުމާލެ ވެޓެރަންސް ޓީމަށް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ދަ ގްރާންޑޭއަށް ވަނީ ފަސް މެޗުން 10 ޕޮއިންޓް ލިބިފައެވެ. ތިން ވަނައިގައި އޮތް ސޮކަރ މޭޓްސްއަށް ހަތަރު މެޗުން ލިބިފައިވަނީ 8 ޕޮއިންޓެވެ.

މިއަދު ކުޅުނު މެޗުގައި ދެޓީމުންވެސް ލަނޑު ޖެހީ މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައެވެ. މެޗުގެ 50 ވަނަ މިނެޓުގައި އީގަލްސްއަށް ލީޑު ނަގައިދިނީ އިބްރާހީމް އާމިރުއެވެ. ދަ ގްރާންޑޭ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރީ މެޗުގެ ފަހު މިނެޓުގައެވެ. އެޓީމަށް ލަނޑު ޖަހައިދިނީ ކެޕްޓަން އަހުމަދު ޝަކީބްއެވެ.

އެފްއޭއެމްއާ ގުޅިގެން ކްލަބް އިވެންޓްސްއިން މިފަހަރުގެ މުބާރާތް އިންތިޒާމުކުރާއިރު، މުބާރާތް އަލުން ބާއްވަންފަށާފައި މިވަނީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްފައިވާ މުބާރާތުގައި މިފަހަރު 7 ޓީމު ވާދަކުރެއެވެ. ކޮންމެ ޓީމެއްގައިވެސް 35 އަހަރުން މަތީގެ ދެ ކުޅުންތެރިން ހިމަނަން ފުރުސަތު ލިބެއެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ސިފައިންނާއެކު ކުޅޭނީ ޕޮލިހެވެ. މެޗު ފަށާނީ 16:30ގައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
12 އޮކްޓޯބަރު 2025

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި
11 އޮކްޓޯބަރު 2025

ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ

11 އޮކްޓޯބަރު 2025
ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ
11 އޮކްޓޯބަރު 2025

ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް

11 އޮކްޓޯބަރު 2025
ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް