Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕާކިސްތާނު ސަރުކާރުން ޚަރަދުކުޑަކުރަން ނިންމުން

އައިއެމްއެފްގެ ޕްރޮގްރާމް އަލުން ފެށުމުގެ އުންމީދުގައި ޕާކިސްތާނުން ޚަރަދުކުޑަކުރަނީ

ޕަބްލިކް ސަރވިސް ޑިވެލޮޕްމެންޓް ފަންޑްސް ހިފަހައްޓައި، ސަރުކާރުގެ ޚަރަދުކުޑަކުރަން ޕާކިސްތާނުން ވަނީ ނިންމާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 20 އެޕްރީލު 2022 | ބުދަ 15:18
ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރު މިފްތާހް އިސްމާއީލް

ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރު މިފްތާހް އިސްމާއީލް

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އާއެކު ޕާކިސްތާނުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ފެށުމަށްފަހު ހުއްޓުމަކަށް އައިސްފައިވާ ޕްރޮގްރާމް އަލުން ފެށުމުގެ އުންމީދުގައި, އެގައުމުގެ ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް, ފަންޑު އިތުރުކުރުމަށް ނިންމާފައިވާކަމަށް ޕާކިސްތާންގެ ފިނޭންސް މިނިސްޓަރު މިފްތާހް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ޕާކިސްތާންގެ ފިނޭންސް މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ ބުދަ ދުވަހުއެވެ. މިނިސްޓަރު ވަނީ ޕަބްލިކް ސަރވިސް ޑިވެލޮޕްމެންޓް ފަންޑްސް ހިފަހައްޓައި, ސަރުކާރުގެ ޚަރަދުކުޑަކޮށް, އައިއެމްއެފާއެކު މަޝްވަރާތައްކޮށް ހުއްޓިފައިވާ ޕްރޮގްރާމް އަލުން ފެށުމުގެ މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ވަނީ އައިއެމްއެފާއެކު މަޝްވަރާތައް ކުރެއްވުމަށް އެމެރިކާގެ ވޮޝިންގޓަނަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށްވެސް ވިދާޅުވެފައެވެ. އަދި މިބައްދަލުވުމުގައި ޕާކިސްތާންގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު ރާޒާ ބާގިރްވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ޕާކިސްތާނުން މިހާރު މަސައްކަތްކުރަމުން ދަނީ, އެގައުމުން އައިއެމްއެފާއެކު 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެއްބަސްވި 6 ބިލިއަން ޑޮލަރުގެ ރެސްކިއު ޕެކޭޖުގެ 7 ވަނަ ރިވިއުގެ މަޝްވަރާތައް އަލުން ފެށުމަށެވެ. އެގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ބައެއް ނިންމެވުންތަކާއެކު ގައުމުގެ އިގުތިސާދަށް އަންނަމުން ދިޔަ ބަދަލުތަކާއެކު އައިއެމްއެފާއެކު ކުރަމުންދިޔަ މަޝްވަރާތައް ވަނީ ހުއްޓިފައެވެ.

މަޑުޖެހިފައިވާ މަޝްވަރާތައް އަލުން ފެށިއްޖެނަމަ އައިއެމްއެފުން ޕާކިސްތާނަށް 900 މިލިއަން ޑޮލަރުގެ އެހީ ލިބޭނެއެވެ. އަދި އެއާއެކު އެހެން އެކްސްޓަރނަލް ފަންޑުތައްވެސް ހުޅުވިގެންދާނެއެވެ.

ޕާކިސްތާނުގެ މިހާރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް, އަދި އެގައުމުގެ ފޮރިން ރިޒަރވް 10.8 ބިލިއަން ޑޮލަރަށް ވެއްޓިފައިވާ މިދަނޑިވަޅުގައި އެގައުމަށް ވަނީ ބޭރުގެ ފައިސާގެ އެހީ ވަރަށް މުހިންމުވެފައެވެ.

މަޖިލީހުގެ އިތުބާރުނެތްކަމުގެ ވޯޓާއެކު އިމްރާން ޚާން މަގާމުން ވަކިކުރެވިގެން ދިޔައީ ގައުމުގެ އިގުތިސާދީ ހާލަތު ދަށްވާން ފަށައި, އެކަންކަން ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރައްވާކަމަށް ބުނެއެވެ. އެގޮތުން މި ޖޫން މަހު, މިހާރު ކުރިއަށްދާ މާލީ އަހަރު ނިމުމުގެ ކުރިން އެގައުމުގެ ފިސްކަލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 10 އިންސައްތަ އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ޕާކިސްތާނުގެ މިހާރުގެ ފިނޭންސް މިނިސްޓަރު ހާމަކުރައްވާފައިވާ ނަންބަރުތަކަކީ ދެކޮޅުޖެހޭ ނަންބަރުތަކެއް ނޫންކަމަށް ކުރީގެ ބޮޑުވަޒީރުގެ އެނަރޖީ މިނިސްޓަރު ހައްމަދު އަޒްހަރު ވަނީ ވިދާޅުވެފައެވެ.

އިގުތިސާދީ ހާލަތު ގޯސްވުމާގުޅިގެން ކުރީގެ ބޮޑުވަޒީރު މަގާމުން ވަކިކުރެވުނުނަމަވެސް, އަލަށް ސަރުކާރާ ހަވާލުވެވަޑައިގެންނެވި ބޮޑުވަޒީރު ޝަހްބާޒް ޝަރީފަށް ވަނީ ގައުމުގައި އުފުލިފައިވާ އިންފްލޭޝަން ރޭޓާއެކު އިގުތިސާދު ހަމައަކަށް އެޅުވުމުގެ މަސައްކަތްކުރައްވަން ޖެހިފައެވެ. އެގޮތުން ބޮޑުވަޒީރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ (އާންމު ރައްޔިތުންގެ ތާއީދު ހޯއްދެވުމަށްޓަކައި) ތެލާއި ގޭހުގެ އަގު ދުނިޔޭގެ ބާޒާރުގައި އުފުލިފައިވާ މިދަނޑިވަޅުގައި ސަރުކާރުގެ ބަޖެޓުގައި ނެތް ފައިސާއިން އެތަކެއްޗަށް ސަބްސިޑީ ފޯރުކޮށްދިނުމަށް އިމްރާން ޚާން ނިންމަވާފައިވާ ނިންމެވުމެވެ.

މި ނިންމެވުމާއެކު ސަރުކާރުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލަން ޖެހިފައި ވީނަމަވެސް, ސަރުކާރާ ހަވާލުވެވަޑައިގަތުމަށްފަހު ސަބްސިޑީ ކަނޑުއްވާލައިފިނަމަ, ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވާނެކަމަށް ވިދާޅުވެ ބޮޑުވަޒީރު ޝަހްބާޒް ވަނީ, ތެލާއި ގޭހަށް ދެމުން އަންނަ ސަބްސިޑީ ކަނޑުއްވާނުލާނެކަމަށް ވިދާޅުވެފައެވެ. މިކަންތައް މިހާރުގެ ފިނޭންސް މިނިސްޓަރު ސިފަކުރައްވަނީ އިމްރާން ޚާންގެ ސަރުކާރުން ދެން އަންނަ ސަރުކާރަކަށް އުނދަގޫކުރުމަށް ގަސްދުގައި ކޮށްފައިވާ ކަމެއްގެގޮތުގައެވެ.

ޕާކިސްތާން

ކޮމެންޓް

އިތުރަށް ކިޔާލަން

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު