Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެންޑިއެފްގެ ގާބިލްކަން އިތުރުކުރުން

މެރިޓައިމް ސެކިއުރިޓީއާއި މެރިޓައިމް ޑޮމެއިން އެވެއަރނަސްއާއި އެމްއެންޑީއެފްގެ ޤާބިލްކަން އިތުރުކުރުކުރަނީ

ސިފަވަރު ކޯސްޓް ގާޑު ބަނދަރާއި ޑޮކްޔާޑުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓު އިންޑިޔާއިން ހުށަހަޅާފައިވާކަން ފާހަގަކުރައްވާ، އެރިޕޯޓުގެ ރިވިޔު ދާދި އަވަހަށް ނިމޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 އެޕްރީލު 2022 | ބުދަ 12:57
މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ، އިންޑިޔާގެ ޗީފް އޮފް ނޭވީ ސްޓާފް އެޑްމިރަލް ހަރީ ކުމާރާ ބައްދަލުކުރެއްވުން

މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ، އިންޑިޔާގެ ޗީފް އޮފް ނޭވީ ސްޓާފް އެޑްމިރަލް ހަރީ ކުމާރާ ބައްދަލުކުރެއްވުން

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، އިންޑިޔާގެ ޗީފް އޮފް ނޭވީ ސްޓާފް އެޑްމިރަލް ހަރީ ކުމާރްއާއި ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސްގައި މިއަދު އޮތް ބައްދަލުކުރެއްވުމުގައި، މެރިޓައިމް ސެކިއުރިޓީއާއި މެރިޓައިމް ޑޮމެއިން އެވެއަރނަސްއާއި އެމްއެންޑީއެފްގެ ޤާބިލްކަން އިތުރުކުރުމުގެ ރޮނގުން، އެމްއެންޑީއެފްއާއި އިންޑިޔާގެ ނޭވީއާ ދެމެދު އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެފަރާތުންވަނީ މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރ މާރިޔާ ވަނީ، އެމްއެންޑީއެފްގެ ސިފަވަރު ކޯސްޓް ގާޑު ބަނދަރާއި ޑޮކްޔާޑުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓު އިންޑިޔާއިން ހުށަހަޅާފައިވާކަން ފާހަގަކުރައްވާ، އެރިޕޯޓުގެ ރިވިޔު ދާދި އަވަހަށް ނިމޭނެކަމަށް ވިދާޅުވެފައެވެ.

އިންޑިޔާއާއި ރާއްޖެއާ މެދު ދިފާޢީ އަދި ސަލާމަތީގޮތުން އޮތް ގުޅުން މީގެ ކުރިން ފެނިފައިނުވާ ވަރަށް ވަރުގަދަވެފައިވާކަން ފާހަގަކުރައްވާ، މިނިސްޓަރ މާރިޔާ ވަނީ ރާއްޖެއިން ބޭނުން ޖެހިއްޖެ ކޮންމެ ދަނޑިވަޅެއްގައި އިންޑިޔާއިން ފޯރުކޮށްދެމުންދާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މިގޮތުން، ކޯވިޑް-19 ގެ ތެރޭގައި ރާއްޖެއަށް ބޭހާއި ޞިއްޙީ އާލާތްތައް ފޯރުކޮށްދިނުމުގައި އިންޑިޔާގެ ނޭވީން ވެދިން އެހީތެރިކަމާއި އެމްއެންޑީއެފް ކޯސްޓް ގާޑުގެ އުޅަނދުތައް މަރާމާތުކޮށް ދިނުމުގައި ނޭވީން ވަމުން ގެންދާ އެހީތެރިކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

އެމްއެންޑީއެފް ކޯސްޓް ގާޑާއި އިންޑިޔާގެ ނޭވީއާ ދެމެދު ކުރިއަށްގެންދާ އެކަތަ ފަދަ ޖޮއިންޓް އެކްސަސައިޒް ތަކާއި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައި ފުޅާވެގެން ދާނެކަން ޔަޤީންކުރައްވާކަމަށް މިނިސްޓަރ މާރިޔާވަނީ ވިދާޅުވެފައެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޑިފެންސްގެ އަރިހުގައި، ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ޒަކަރިއްޔާ މަންސޫރާއި، މިލިޓަރީ ސެކްރެޓަރީ ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދާއި ރާއްޖެއިން އިންޑިޔާއަށް ކަނޑައަޅާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކާނަލް މުޙައްމަދު އިބްރާހީމާއި، ޑީއައިޑީސީގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް އަޙްމަދު ޝަރީފާއި ލެފްޓިނެންޓް ކާނަލް ޙަސަން ބުޝްރީއާއި ޑިރެކްޓަރ އޮފް އެންޓި-ހިއުމަން ޓްރެފިކިންގ ޢަލީ ޖައިޝަން ޢާމިރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެމްއެންޑީއެފްދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުމިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީމިނިސްޓްރީ އޮފް ޑިފެންސް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
13 ނޮވެމްބަރު 2025

355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު

13 ނޮވެމްބަރު 2025
355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
08 ނޮވެމްބަރު 2025

މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް

08 ނޮވެމްބަރު 2025
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު