Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕެޓިޝަން ކޮމިޓީގެ ބައްދަލުވުން

މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅުމާއި، ނާއިންސާފުން ކަންކަން ކުރުމުގެ ސިޔާސަތެއް ކުންފުނިން ނުގެންގުޅޭ - އެމްއޭސީއެލް

ކުންފުނީގެ ތެރެއިން އެއްފަހަރާ އެއްތަނުން އަނެއްތަނަށް މުވައްޒަފުން ބަދަލު ކުރުމަކީ އެކަމަށް ޑަބަލް ޚަރަދު ކުރަން ޖެހޭ ކަމެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 20 އެޕްރީލު 2022 | ބުދަ 12:35
އެއަރޓްރެފިކް ކޮންޓްރޯލަރުންގެ ފަރާތުން ހުށައަޅުއްވާފައިވާ ޕެޓިޝަނާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއިން، އެމްއޭސީއެލްގެ ބޭފުޅުންނާ ބައްދަލުކުރުން

އެއަރޓްރެފިކް ކޮންޓްރޯލަރުންގެ ފަރާތުން ހުށައަޅުއްވާފައިވާ ޕެޓިޝަނާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއިން، އެމްއޭސީއެލްގެ ބޭފުޅުންނާ ބައްދަލުކުރުން

މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅުމާއި، ނާއިންސާފުން ކަންކަން ކުރުމުގެ ސިޔާސަތެއް ކުންފުނިން ނުގެންގުޅޭ ކަމަށް އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭހިންގ ޑިރެކްޓަރ އިބްރާހިމް ތާހާ ވިދާޅުވެއްޖެއެވެ.

އެއަރޓްރެފިކް ކޮންޓްރޯލަރުންގެ ޕެޓިޝަނާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި މެމްބަރުންނަށް މައުލޫމާތު ދެއްވަމުން ތޯހާ ވިދާޅުވީ، މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ބަލައި ކުރިން ކުންފުންޏަށް ބޭރުން ނެގުމަށް ނިންމާފައިވާ 10 މުވައްޒަފުންގެ ތެރެއިން 5 މުވައްޒަފުން މިހާރު ކުންފުނީގެ ތެރެއިން ނެގުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މުވައްޒަފުންގެ ކަންބޮޑުވުން ފެށިގެން އައީ، އެމްއޭޓީސީސީއަށް 10 މުވައްޒަފުން ނެގުމަށް ނިންމުމުން މާލޭ ޓަވަރުގައި ތިބި މުވައްޒަފުން އެތަނަށް ބަދަލުވާން ބޭނުންވި ހިސާބުންނެވެ. މިކަމާ ގުޅޭ ގޮތުން ކޮމިޓީގައި ތޯހާ ވިދާޅުވީ، ކުންފުނީގެ އެތެރޭގައި އެއްފަހަރާ އެއްތަނުން އަނެއްތަނަށް މުވައްޒަފުން ބަދަލު ކުރުމަކީ އެކަމަށް ޑަބަލް ޚަރަދު ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ޕެޓިޝަންގައި ފާހަގަކޮށްފައިވަނީ، އެއަރޓްރެފިކް ކޮންޓްރޯލުގެ ޖުމްލަ އުޖޫރައިގެ ބޮޑު ބައެއް ބިނާވެފައިވަނީ ރޭޓިންގ އެލަވަންސްގެ މައްޗަށް ކަމަށާއި، މި ރޭޓިންގ އެލަވަންސް ބިނާވެފައިވަނީ ކޮންޓްރޯލަރުންނަށް ލިބޭ ތަމްރީނުތަކަށް ކަމަށެވެ. ޖޫން 2021ގައި އެއަރޓްރެފިކް ސަރވިސް ދެ ޔުނިޓަކަށް ބަދަލުކޮށްފައިވާ ކަމަށާއި، އެއާއެކު މާލޭ ޓަވަރ ޔުނިޓުގެ މުވައްޒަފުން ކެރިއަރ ޕްރޮގްރެސްވުމަށް ބޭނުންވާ ތަމްރީނުތައް ލިބުމުގެ ފުރުޞަތު ގެއްލިފައިވާކަމަށެވެ. އަލަށް ހަމަޖެއްސި އުސޫލުގެ ދަށުން މޯލްޑިވްސް އެއަރޓްރެފިކް ކޮންޓްރޯލް ސެންޓަރ (އެމް.އޭ.ޓީ.ސީ.ސީ) ޔުނިޓަށް ގިނަ އަދަދެއްގެ ތަމްރީނުތަކެއް ހިމަނާފައި އޮތުމުން، ޓަވަރ ޔުނިޓުގެ މުވައްޒަފުންނާއި އެމް.އޭ.ޓީ.ސީ.ސީގެ މުވައްޒަފުންނަށް ލިބޭ ރޭޓިންގ އެލަވަންސްގެ ވަރަށް ބޮޑު ފަރަޤު އެބަހުރި ކަމަށްވަނީ ފާހަގަކޮށްފައެވެ. މީގެ ސަބަބުން އަލަށް އެމް.އޭ.ޓީ.ސީ.ސީއަށް ވަޒީފާއަށް ނަގާ މުވައްޒަފުންގެ ރޭޓިންގ އެލަވަންސް ޓަވަރ ޔުނިޓުގައި ދިހަ އަހަރާއި ފަނަރަ އަހަރަށްވުރެ ގިނަ ދުވަސްވަންދެން މަސައްކަތްކުރަމުން އަންނަ މުވައްޒަފުންގެ ރޭޓިންގ އެލަވަންސްއަށްވުރެ %50 ބޮޑު ކަމަށާއި، މިއީ ބޮޑު ބޭއިންސާފެއް ކަމަށެވެ.

އެމް.އޭ.ޓީ.ސީ.ސީގެ މެނޭޖުމަންޓާއި އެމް.އޭ.ސީ.އެލްގެ ވެރިންނަށް މިކަން ތަކުރާރުކޮށް ހިއްސާކުރުމުން ވެސް މިކަންކަމަށް ބީރު ކަންފަތެއް ދީފައިވާކަމަށް ބުނެފައިވެއެވެ. އެހެންކަމުން އެކަންތައްތަކަށް އެންމެ އިންސާފުވެރި ޙައްލެއް ކަމުގައި ގިނަ އަދަދެއްގެ ކޮންޓްރޯލަރުންނަށް ފެންނަނީ، ޓަވަރު ޔުނިޓާއި އެމް.އޭ.ޓީ.ސީ.ސީ ޔުނިޓުގެ މުވައްޒަފުންގެ ތަމްރީނުތައް ދިނުމުގައި ހަމަހަމަ އުސޫލެއް ގާއިމުކޮށް، އެކަން ލިޔެކިޔުމުން އަންގައިދިނުމާއި، ކޮންޓްރޯލަރުންނަށް ހާއްސަކުރެވިފައިވާ ރޭޓިންގ އެލަވަންސް ސިސްޓަމް ބަދަލުކޮށް އެއަރޓްރެފިކް ކޮންޓްރޯލަރ ލައިސަންސްގެ ޚިދުމަތް ކޮށްފައިވާ އަހަރުތަކަށް ބިނާކޮށް، އެލަވަންސެއް ކަނޑައެޅުން ކަމަށް ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.

އަންޖަސްޓް ކަލްޗާގެ ސަބަބުން ސޭފްޓީއާ ގުޅުންހުރި ޝަކުވާތަކާއި މައްސަލަތައް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓް ކުރަން ކޮންޓްރޯލަރުން ޖެހިލުންވާކަމަށްވެސް ޕެޓިޝަންގައި ބުނެފައިވެއެވެ.

ޕެޓިޝަންގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭ ގޮތުން ތޯހާ ވިދާޅުވީ، ދެ ޔުނިޓަކަށް ބަދަލުކުރި ވާހަކައަކީ މުޅިން ރަނގަޅު ވާހަކައެއް ނޫން ކަމަށާއި، ކުރި ކަމަކީ 2010ވަނަ އަހަރު ބޯޑުން ފާސްކޮށްފައިވާ އޮނިގަނޑު 2021 ޖޫންގައި އައު ފޯމެޓަކަށް ބަދަލު ކުރީ ކަމަށެވެ. އެކަމުން މުވައްޒަފުން ކުރަންޖެހޭ މަސައްކަތާއި މަސްއޫލިއްޔަތަށް ބަދަލެއް ނާންނަ ކަމަށެވެ.

ރޭޓިންގެ ފަރަގު ބޮޑުވާކަމަށް ޕެޓިޝަންގައި ބުނެފައި އޮތް ޕޮއިންޓާ ގުޅޭ ގޮތުން ތޯހާ ވިދާޅުވީ، މާލޭ ޓަވަރު އަދި އެއަރޓްރެފިކް ކޮންޓްރޯލް ސެންޓަރުގައި މަސައްކަތްކުރާ ހުރިހާ ކޮންޓްރޯލަރުންނަށް 1 މާޗް 2016ގައި ރޭޓިން ޕޮލިސީއެއް ކަނޑައަޅާފައިވާ ކަމަށެވެ. އޭގައިވާ ގޮތުން މާލޭގެ ޓަވަރާއި، އެއަރޓްރެފިކް ކޮންޓްރޯލް ސެންޓަރުގައި މަސައްކަތްކުރާ މީހަކަށް ރޭޓިން އަކަށް ދުވާލަކަށް 220 ރުފިޔާ ދޭން ޖެހޭ ކަމަށާއި އެންމެ ގިނަވެގެން ގެންގުޅެވޭނީ، 4 ރޭޓިންގ ކަމަށެވެ. މާލެއާއި އަތޮޅުތެރޭގެ ރޭޓިންގ ތަފާތުވާނެ ކަމަށާއި، އަތޮޅުތެރޭގައި ރޭޓިންއަކަށް ދެނީ 85 ރުފިޔާ ކަމަށް ތޯހާ ވިދާޅުވިއެވެ. ސަބަބަކީ މާލޭގެ އެއަރޕޯޓް ބާރު ބޮޑުވުން ކަމަށްވެސް ތޯހާ ވިދާޅުވިއެވެ. ތޯހާ އިތުރަށް ވިދަޅުވީ، އެ އޮންނަ އަދަދަށް ފައިސާ ލިބޭނީ 4 ރޭޓިން ނުވަތަ 4 ލައިސަންސެއް ލިބުމުން ކަމަށެވެ.

ރޭޓިންގ އަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކުރާ ލައިސަންސެކެވެ.

ތޯހާ ވިދާޅުވީ، އެމްއޭޓީސީސީއާއި، މާލޭ  ޓަވަރުގެ ޒިންމާތައް ތަފާތު ކަމަށެވެ. އެމްއޭޓީސީސީން މުޅި ރާއްޖޭގެ އެއަރ ސްޕޭސް ބަލަހައްޓަމުންދާނެ ކަމަށެވެ. އަދި ހުރިހާ އެއަރޕޯޓަކުން ފުރާ ބޯޓުތައްވެސް ފުރަތަމަ ބަލަހައްޓާނީ އެމްއޭޓީސީސީން ކަމަށެވެ. އެހެންނަމަވެސް މާލޭ ޓަވަރުގެ ކޮންޓްރޯލަރުން ބަލަހައްޓާނީ ހަމަ އެކަނި މާލޭ  ޓަވަރަށް ޖައްސާ އަދި ފުރާ ބޯޓުތައް ކަމަށެވެ. މި ސަބަބާހުރެ މުސާރައިގެ ތަފާތު ހުންނާނެ ކަމަށެވެ. ތޯހާ ވިދާޅުވީ، ގިނައިން ޕެޓިޝަންގައި ސޮއި ކޮށްފައިވަނީ ޖޫނިއަރ މުވައްޒަފުން ކަމަށެވެ.

ތޯހާ ވިދާޅުވީ، ޕެޓިޝަނާ ގުޅިގެން މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލު ކުރުމަށް މުވައްޒަފުންނާ ބައްދަލުކޮށް މަޝްވަރާ ކުރެއްވި ކަމަށެވެ. ހައްލު ހޯދުމަށް ބޯޑާއެކުވެސް މަޝްވަރާކުރެވެމުންދާ ކަމަށް ތޯހާ ވިދާޅުވިއެވެ.

ޕެޓިޝަންގައި މުވައްޒަފުން ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ލިޔުމުން ޖަވާބުދިނުމަށް ކޮމިޓީންވަނީ އެމްއޭސީއެލްއަށް އަންގާފައެވެ.   

ޕެޓިޝަނުގައި 24 ކޮންޓްރޯލަރުން ވަނީ ސޮއި ކޮށްފައެވެ.

ރައްޔިތުންގެ މަޖިލިސްއެމްއޭސީއެލް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

23 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު